Advertisement

ފޮޓޯ: Baramyou0708

25 Apr 2023
ދީން
މިފްތާޙް މުޙައްމަދު

ހަ ރޯދަ ހިފައި މުޅި އަހަރު ދުވަހު ރޯދަ ހިފުމުގެ ޘަވާބު

ރަމަޟާން މަސް އަހަރެމެންނާއި ވަކިވެގެން ހިނގައްޖެއެވެ. ރަމަޟާން މަހުގެ ބޭނުން ހެޔޮގޮތުގައި ހިފައިފި މީހާ ވާކަން ކަށަވަރީ ބާއްޖަވެރިންގެ ތެރެއިންނެވެ. އެމީހުންނަށް ދެން އޮތީ ހެޔޮ ޢަމަލުތައް ކުރުންމަތީ ދެމިތިބުމެވެ. ރަމަޟާން މަހު ބަރާބަރަށް ފަރުޟު ފަސް ނަމާދު ކޮށްފައިވާނަމަ, އެ ނަމާދުތައް ރަމަޟާން މަހަށް ފަހުގައި ވެސް ކުރުން މަތީ ދެމި ތިބޭށެވެ. ކޮންމެ ދުވަހަކު ވެސް ޤުރުއާނުން ޞަފްޙާއެއް ކިޔެވޭތޯ ބަލާށެވެ

ރަމަޟާން މަސް އަހަރެމެންނާ ވަކިވެގެން ދިޔައީ, ޝައްވާލު މަހުގެ ހަ ރޯދައިގެ ނިޢުމަތަށް މަގު ފަހިކޮށްދީފައެވެ. އެހެންކަމުން ތިބާއީ ހެޔޮކަމަށް އެދޭ މީހާއަށްވެ, ދީލަތިވަންތަ الله ދެއްވި މި ނިޢުމަތުގެ ފައިދާ ހޯދުމަށް އަވަސްވެ ގަންނާށެވެ. އެހެނީ މި ނިޢުމަތުން މުޅި އަހަރު ދުވަހުގައި ރޯދަ ހިފުމުން ލިބޭ ޘަވާބާއި ދަރުމެ ލިބޭނެއެވެ

ހަ ރޯދަ އާއި ގުޅޭގޮތުން މާތް ނަބިއްޔާ ﷺ ގެ ހަދީޘްފުޅެއްގެ މާނައިގައިވެއެވެ. "ރަމަޟާންމަހު ރޯދަ ހިފައި އެއަށްފަހު އެއާ ވިދިގެން ޝައްވާލު މަހުން ހަ ރޯދަ ހިފައިފި މީހާ މުޅި އަހަރު ރޯދަ ހިފި ފަދައެވެ."

ހަ ރޯދަ އަކީ ނިމިދިޔަ ރޯދަ މަހު ފަރުވާ ކުޑަކުރެވިފައިވާނަމަ އެކަން ފޫބެއްދުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. ތައުބާގެ ހިތަކާއެކު الله ގެ ހަޟްރަތަށް ރުޖޫޢަވުމުގެ ރަނގަޅު ފުރުސަތެކެވެ. އެހެނީ ހެޔޮ ޢަމަލުތަކަކީ ނުބައި ކަންތައް ފޮހެލާ ކައްފާރާއެކެވެ.

ޝައްވާލުމަހުގެ ހަ ރޯދަ, އެ މަހުގެ ކޮންމެ ދުވަސް ކޮޅެއްގައި ވެސް ހިފޭނެކަމަށް ވާރިދުވެފައިވެއެވެ. ބޭނުން ނަމަ ކުރީކޮޅުގައި ހަ ރޯދަ ހިފާނީއެވެ. ނުވަތަ މެދު ތެރޭގައި ހިފާނީއެވެ. ނުވަތަ ފަހު ކޮޅުގައި ހިފާނީއެވެ. އަދި ބޭނުން ނަމަ ޝައްވާލު މަހުގެ އެކި ދުވަސްތަކުގައި ހަ ރޯދަ ހިފައިގެންވެސް ހަމަ ކުރެވިދާނެއެވެ. އަސްހާބު ބޭކަލުންގެ ފަރާތުން ވާރިދުވެފައިވާ ގޮތުގައި އެންމެ މޮޅު އިތުރު ގޮތަކީ ޝައްވާލު މަހުގެ ކުރީ ކޮޅު ރޯދަތައް ހިފާ ހަމަ ކުރުމެވެ

މަސްދަރު: ހުކުރު ޚުޠުބާ: 21 އޭޕްރިލް 2023 (ރަމަޟާން މަހަށްފަހު ހެޔޮޢަމަލު ކުރުންމަތީ ދެމިތިބޭށެވެ!)

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.