Advertisement

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް --

04 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

ރައްޔިތުން ޤަބޫލު ކުރަނީ، ރައީސް ޑރ. މުޢިއްޒުގެ ވަޢުދުތަކަކީ ދޮގުތަކެއް ކަމަށް: ރައީސް ޞާލިޙް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށް ވެވަޑައިގެންނެވި ވަޢުދުތަކަކީ ބޮޑު ދޮގުތަކެއް ކަމަށް ރައްޔިތުން މިހާރު ޤަބޫލު ކުރާ ކަމުގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިސްރާބު ހަމަމަގަށް ކެމްޕޭން ހަރަކާތުގައި އައްޑޫ ސިޓީއަށް ވާދަކުރައްވާ ކެންޑިޑޭޓުންނާއި އެކު މިރޭ ލޮނު ޒިޔާރަތްކޮޅު ރާޅުގަނޑު ސަރަހައްދުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޞާލިހް ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުތަކަކީ ދޮގުތަކެއް ކަމާއި މެދު ޝައްކުކުރާ އެއްވެސް މީހަކު މިހާރު ރާއްޖޭގައި ނޫޅޭ ކަމަށެވެ. އަދި އަނެއްކާވެސް އެމްޑީޕީން ކަންބޮޑުވަނީ، ކުރިޔަށް މިއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކާމިޔާބުކުުރުމަށް، ދޮގުމައްޗަށް އަނެއްކާވެސް ދޮގު ހަދައި އޮޅުވާލަމުން ގެންދާތީ ކަމުގައިވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ. އަދި އެކަމަކީ ހުއްޓުވަން ޖެހޭ ކަމެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ސުވާލުކުރެވެން އެބަޖެހޭ! ކޮބައިތޯ ވީ ވަޢުދުތައް. ބަޖެޓަށް ލިބުނު ފައިސާ ޚަރަދު ކުރަނީ ކިހިނެއްތޯ؟ ވަޒީފާތައް ޑަޒަނުން ޑަޒަނުން ތިޔަ ދޭއިރުގައި، ޢަދަދަކީ ކޮބައިތޯ؟ ހާމައެއް ނުކުރޭ! ވިދާޅުވީ ތިމަންނާއަކީ ހާމަކޮށް، ހުރިހާއެއްޗެއް ހާމަކޮށް، ވެރިކަން ކުރާނެ ބޭފުޅެކޭ! މިއަދު އެވަނީ އިންފޮމޭޝަން ކޮމިޝަނަރު އަމުރުކޮށްފައި. މީގެ ދެތިން ދުވަސްކުރިން. ވެރިކަަމަށް ވަޑަިއގެންނެވި ފަހުން ސިޔާސީ މަޤާމުތަކަށް ޢައްޔަނުކުރީ ކިތައް މީހުންތޯ ހާމަކުރާށޭ!"

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް --

ރައީސް ޞާލިހް ވިދާޅުވީ، އިންފޮމޭޝަން ކޮމިޝަނަރު ބޭއްވެވި އަޑުއެހުމަށް ރައީސް އޮފީހުން މީހަކު ދާން ބުނީމާ، ބިޒީކަމުންނޭ ވިދާޅުވެ ބައިވެރި ނުވިކަމަށެވެ. އަދި އެއަދަދު ހާމަކުރަން ކެރިވަޑައި ނުގަންނަވާނޭ ކަމަށް ޔަޤީން ކުރެވޭ ކަމުގައިވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މިސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި މީހުންގެ އަދަދު 1500އަށްވުރެ މައްޗަށް އަރައިގެން ގޮސްފައިވާ ކަމަށެވެ. އެކަމާއި ގުޅޭ ގޮތުން ރައީސް، ޑރ. މުހައްމަދު މުޢިއްޒު ކުރިން ދެއްކެވި ވާހަކަފުޅުތަކަށް އަލިއަޅުއްވާލައްވައި ރައީސް ޞާލިޙް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ކޮންމެހެން ބޭނުމެއް ޖެހިގެން ނޫނިއްޔާ ވަޒީފާއަށް އިތުރު މީހަކު ނުނަގާނެކަމަށް ވިދާޅުވެފައި ވާކަމަށެވެ. އެހެން ނަމަވެސް ސަރުކާރު އެމައުލޫމާތު ހާމަ ނުކުރުމުގެ ކަންބޮޑުުވުން ފާޅު ކުރައްވައި ރައީސް ޞާލިހް ވިދާޅުވީ، އެޚަރަދުކުރާ ފައިސާ އަކީ ރައްޔިތުންގެ ފައިސާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ނުނިމެނީސް އެއިން އެއްވެސް ކަމެއް ހާމަ ނުކުރާނޭ ކަން ޔަޤީންވެވަޑައިގަންނަވާ ކަމުގައިވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ސަރުކާރުން އަމަލުތައް ކުރަމުން އަންނަކަމާއި، ސަރުކާރު ހިންގާ ޕާޓީގެ ކެމްޕޭނަށް ދައުލަތުގެ މުދަލާއި ވަޞީލަތްތައް ނުހަމަ ގޮތުގައި ބޭނުން ކުރަމުންދާ ކަމުގެ ތުހުމަތުވެސް މިސަރުކާރަށް ވަނީ ކުރިމަތިވެފައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.