Advertisement

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް --

04 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

އައްޑޫ ސިޓީގެ ތަރައްޤީއަށް ކުރެވުނު މަސައްކަތެއް ކުރެވިފައި އޮތީ އެމްޑީޕީގެ ވެރިކަމުގައި: ރައީސް ޞާލިހް

އައްޑޫ ސިޓީގެ ތަރައްޤީއަށް ކުރެވުނު މަސައްކަތެއް ކުރެވިފައި އޮތީ އެމްޑީޕީގެ ވެރިކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިސްރާބު ހަމަމަގަށް ކެމްޕޭން ހަރަކާތުގައި އައްޑޫ ސިޓީއަށް ވާދަކުރައްވާ ކެންޑިޑޭޓުންނާއި އެކު މިރޭ ލޮނު ޒިޔާރަތްކޮޅު ރާޅުގަނޑު ސަރަހައްދުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޞާލިޙްގެ ވާހަކަފުޅުގައި، ރާއްޖެއަށް އިސްލާޙީ ބަދަލުތައް ގެނައުމުގައި އައްޑޫ ސިޓީގެ ރައްޔިތުން ކޮށްފައިވާ މަސައްކަތްތައް ފާހަގަކުރައްވައި، 2008 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރެއް އުފެދިގެން ދިޔުމުގައި އައްޑޫގެ ރައްޔިތުން އަދާކުރި މުހިއްމު ދައުރުގެ މައްޗަށްވެސް އަލި އަޅުއްވާލެއްވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ، އެމްޑީޕީގެ ފުރަތަމަ ވެރިކަން ނިމިގެން ދިޔުމަށްފަހުގައި ދެން އައި 8 އަހަރަކީ އައްޑޫ ސިޓީ ވީރާނާކޮށްލި އަދި އައްޑޫ ސިޓީގެ ރައްޔިތުންނަށް ހިތްދަތިކަން ގެނުވި އަހަރުތަކެއް ކަމަށެވެ. އަދި އައްޑޫ ސިޓީގެ ތަރައްޤީއަށް ކުރިނަމަ ކުރި މަސައްކަތެއް ކޮށްފައިވަނީ އެމްޑީޕީގެ ސަރުކާރުތަކުގައި ކަމަށާއި، ޚާއްޞަކޮށް މިދިޔަ ފަސްއަހަރު އައްޑޫ ސިޓީގެ ތަރައްޤީއަށް ކުރެވިފައިވާ މަސައްކަތްތައް ހަނދާން ހުންނާނެ ކަމަށެވެ.

މިގޮތުން އައްޑޫ ސިޓީގެ މަގުތައް ހެދުމާއި އެއާޕޯޓު ތަރައްޤީ ކުރުމާއި، ބިންހިއްކުމާއި އެނޫންވެސް އުމުރާނީ ތަރައްޤީއަށް ކުރެވިފައި ހުރި ގިނަ މަސައްކަތްތައް ރައީސް ޞާލިޙް ވަނީ ފާހަގަކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، އައްޑޫ ސިޓީގެ ތަރައްޤީއަށް ކުރީ ސަރުކާރުގައި ކުރަން ފަށާފައި ހުރި މަސައްކަތްތައް ބަލާލުމުން، އެމްޑީޕީ ސަރުކާރުންް އައްޑޫ ސިޓީއަށް ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރިކަން ފެނިގެންދާނެ ކަމަށެވެ.

"އަޅުގަނޑު އެދެނީ މިސަރުކާރުގައިވެސް ލަސް ނުކުރައްވައި، މިކަންތައްތައް ތަންފީޒް ކުރައްވާށޭ! އެއީ ފައިސާވެސް ހޯދާފައި ހުރި ޕްރޮޖެކްޓްތައް. ޕްލޭންތައް ކުރެވިފައި ހުރި ޕްރޮޖެކްޓްތައް. ދިރާސާތައް ކުރެވިފައި ހުރި ޕްރޮޖެކްޓްތައް. އެކަންތައްތައް ނިމުމުން ހަމަގައިމުވެސް އަޅުގަނޑުމެންނަށް އައްޑޫ ސިޓީގައި، ހަމަޖެހިގެން އައްޑޫގެ ރައްޔިތުންނަށް އުޅެވޭނެ." 

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް --

ރައީސް ޞާލިޙް ވިދާޅުވީ، އައްޑޫ ސިޓީގެ ރައްޔިތުންނަށް އެންމެ މުހިއްމު ކަމަކީ ވަޒީފާ ކަމަށެވެ. އެގޮތުން ވަޒީފާތައް އިތުރުކުރުމަށްޓަކައި، ކުރެވެން އޮތް އެންމެ މުހިއްމު ކަމަކީ ޓުއަރިޒްމް އިންޑަސްޓްރީ ކުރިއެރުވުން ކަމަށާއި އެއީ އައްޑޫ ސިޓީއަށް ގެންނަން ބޭނުންވި ބަދަލުކަމުގައި ރައީސް ޞާލިޙް ވިދާޅުވިއެވެ. 

ރައީސް ޞާލިޙް ވިދާޅުވީ، ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގައިވެސް ކުރިއެކޭ އެއްގޮތަށް އައްޑޫ ސިޓީގެ ތާއީދާއި އެކުގައި، ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އެމްޑީޕީން މިފަހަރުވެސް ނަގާނެ ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.