Advertisement

ވީބީ ހަސަން އެމްޑީޕީގެ ކެންޑީޑޭޓަށް ތާޢީދުކުރެއްވުން --

28 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ވީބީ ހަސަން އެމްޑީޕީގެ ކެންޑިޑޭޓަަށް ތާޢީދުކޮށްފި

ސާބިތު ދަރަނީގެ މައްސަލައެއް ސާބިތުވެ އިންތިޚާބުގައި ވާދަނުކުރެވޭނެ ކަމަށް ސްޕްރީމްކޯޓުން ކަނޑައެޅުމާއެކު، ވިޔަފާރިވެރިޔާ ޙަސަން ޝިޔާމް (ވީބީ ހަސަން) އޭނާ ވާދަކުރައްވާ ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ކުރެއްވުމަށް ނިންމަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބުގައި ވީބީ ޙަސަން އަމިއްލަ ގޮތުން ކުރިމަތިލެއްވީ، މެދު ހެންވޭރު ދާއިރާއަށެެވެ. އެހެން ނަމަވެސް އޭނާގެ ކެންޑިޑެންސްީ ބާޠިލްކަމަށް ކަނޑައަޅައި ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުން މިއަދު ހުކުމް ކުރުމާއިއެކު، އެދާއިރާއަށް ވާދަކުރައްވާ، އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް އަލީ ޖަލީލު (އިބޫ ޖަލީލު)އަށް ތާޢީދުކުރުމަށް ނިންމަވައި ޙަސަން ވަނީ އޭނާ އާއި އަދި އެމްޑީޕީގެ އިސްބޭފުޅުންނާއިވެސް ބައްދަލު ކުރައްވާފައެވެ.

ވީބީ ހަސަންގެ ސާބިތު ދަރަންޏެއް އޮތްކަމަށް ބުނެ އޭނާގެ ކެންޑިޑެންސީ ބާޠިލްކުރުމަށް ސްޕްރީމްކޯޓަށް މައްސަލަ ހުށައެޅީ، ހ. ކްއީން، އިލްޔާސް އަހުމަދެވެ. ވީބީ ހަސަންގެ ސަޕޯޓަރުން ތުހުމަތުކޮށްފައިވާ ގޮތުގައި، އެމައްސަލަ ހުށައެޅި އިލްޔާސް އަކީ، އެދާއިރާއަށް ދަ ޑިމޮކްރެޓްސްގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓާއި ގުޅުން އޮތް އަދި އެކެނޑިޑޭޓަށްފައިދާ ހޯދައިދިނުމަށް މަސައްކަތް ކުރާ ފަރާތެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.