Advertisement

ފައްޔާޒް އިސްމާއީލް- އެމްޑީޕީގެ ޗެއާޕާސަން

28 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ހާޟިރު ކުރީ ކުށުގެ ތުހުމަތަކަށް ނޫން މައުލޫމާތު ސާފުކުރަން: ފައްޔާޒު

އެމްޑީޕީގެ ޗެއާ ޕާރސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް، މިއަދު ފުލުސް އޮފީހަށް ހާޒިރުކުރީ ޖިނާއީ ކުށެއްގެ ތުހުމަތުގައި ނޫންކަމަށާއި މައުލޫމާތު ސާފުކުރަންކަމުގައި ފުލުހުން ވިދާޅުވެފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ފައްްޔާޒު ވިދާޅުވީ، ފުލުހުން ސާފުކުރަން ބޭނުން ވި މައުލޫމާތަކީ، އެމަނިކުފާނުގެ އޮޑިޓް ރިޕޯޓުތަކުގައި ހާމަކުރެވި، އާންމުވެސް ކުރެވިފައިވާ މައުލޫމާތުތަކެއް ކަމުގައި ވިދާޅުވެފައި ވާނެ ކަމަށާއި،  މި ތަހުގީގު ހިންގުމުގައި ސަރުކާރުގެ ބޭނުމަކީ އެމަނިކުފާނަށް، އަނިޔާވެރިވާ މަންޒަރު ދައްކައިގެން އެކަމުން ދިވެހި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުންކަމުގައިވެސް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ، ސިޔާސީ ބޭނުމަށް ފުލުހުންގެ އިދާރާ ބޭނުންކުރުމަކީ ފުލުހުންގެ އާންމު ވާޖިބު އަދާކުރުމަށް ހުރަސް އެޅޭނޭ ކަމެއްކަމަށާއި، އެފަދަ ނޭނގާނީ ކަންކަން ހުއްޓާލުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.

ފައްޔާޒު ވިދާޅުވީ، ވޭތުވެ ދިޔަ ފަސްއަހަރު އެމްޑީޕީގެ ސަރުކާރުން ކުރަމުން ދިޔަ މަސައްކަތަކީ، ފުލުހުންގެ އިދާރާއަކީ، ޕްރޮފެޝަނަލް ސްޓޭންޑަރޑްއެއްގައި ޒަމާނާއި ގުޅޭ ގޮތަށް ހިނގާތަނެއްގެ ގޮތުގައި ހެދުން ކަމަށެވެ. އަދި އެކަމަށް ވަރަށް ގިނަ މަސައްކަތްތަކަކާއި، ވަރަށް ގިނަ ޚަރަދުތަކެއް ކުރެވުނު ކަމަށާއި، އެހެންނަމަވެސް މިއަދު މިފެންނަނީ އެމްޑީޕީން ވެރިކަމާއި ދުރުވިތާ، ހަތަރުމަސް ވީއިރުގައި، އެކަން ސޮއްސާލައިގެން ގޮސް ސިޔާސީ މަޤުޞަދުތައް ހާސިލްކުރުމަށްޓަކައި ފުލުހުންގެ މުއައްސަސާ ބޭނުންކުރާ މަންޒަރު ކަމުގައިވެސް ފައްޔާޒު ވިދާޅުވިއެވެ.

އަދި އެކަމަކީ މަޖިލިސް އިންތިޚާބާއި ދިމާކޮށް ބިރުވެރިކަން އުފެއްދުމަށް ކުރާ މަސައްކަތެއް ކަމުގައި ވެސް ފައްޔާޒު ވިދާޅުވިއެވެ. 

"އަޅުގަނޑު ބިރު ނުގަންނަނާނެކަން ފުލުހުންނަށް އެނގޭނެ. އެހެން ނަމަވެސް ބިރުގަންނަވަން އުޅެނީ އާއްމު ރައްޔިތުން. "

ފައްޔާޒު އިސްމާޢީލް - އެމްޑީޕީގެ ޗެއާ ޕާރސަން

އާރްޑީސީގެ ޚިޔާނާތާއި ގުޅޭ ގޮތުން ފުލުހުން ހިންގާ ތަހްޤީޤަށް ފައްޔާޒް އިސްމާއީލް ފުލުހުންގެ އިދާރާއަށް ހާޟިރުކޮށްފައި ވަނީ، މިއަދުގެ 15:00އަށެވެ. ފައްޔާޒުގެ ވަކީލެއްގެ ގޮތުގައި ވަޑައިގެންނެވީ މަޝްހޫރު ޤާނޫނީ ވަކީލު މަހްފޫޒް ސަޢީދެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.