Advertisement

ސްކޫލެއްގެ ޓީޗަރުން --- ފޮޓޯ: މިނިސްޓްރީ އޮފް އެޑިޔުކޭޝަން

28 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ސަރުކާރު މުވައްޒަފުންގެ ބޮޑު ޗުއްޓީ ފެށުނީ، ދެން ސަރުކާރު ހުޅުވޭނީ އޭޕްރީލް 14ގައި

ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތައް ސަރުކާރު ބަންދު ދުވސްތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް ހަމަޖެއްސެވުމާއި ގުޅިގެން ސަރުކާރު މުވައްޒަފުންނަށް ލިބޭ ބޮޑު ޗުއްޓީ ފެށިއްޖެއެވެ. މިގޮތުން މިއަދު ރަސްމީ ގަޑި ނިމުމަށްފަހުގައި، ދެން ސަރުކާރުގެ އޮފީސްތައް ރަސްމީކޮށް ހުޅުވާނީ، އަންނަ އޭޕްރީލް މަހުގެ 14ވާ އާދީއްތަ ދުވަހުގައެވެ. އެހެން ނަމަވެސް، ސަރުކާރު ބަންދުވާ މި 16 ދުވަހުގައި، ސަރުކާރުގެ އިދާރާތަކާއި އޮފީސްތަކުން ކޮންމެހެން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދެއްވުމުގައި، އިންތިޒާމްތައް ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައެވެ.

ސަރުކާރު މުވައްޒަފުންނަށް މާދަމާ ޗުއްޓީ ފެށޭއިރު ކުރިޔަށް އޮތް ދެހަފްތާ ސްކޫލުތައް ވެސް ބަންދުވާނެއެވެ. މިގޮތުން މާރިޗު 29 އިން އޭޕްރީލް 13އަށް އޮންނާނީ ސްކޫލްތަކުގެ މިޑްޓަރމް ބްރޭކެވެ. އެހެންވެ ސްކޫލުތަކުގެ ކިޔެވުންވެސް ރަސްމީކޮށް ދެންފެށޭނީ އޭޕްރީލް 14ވާ އާދީއްތަ ދުވަހުންފެށިގެންނެވެ. އެހެން ނަމަވެސް، އެސްއެސްސީ އިމްތިޙާނާއި އައިޖީއެސްސީ އަދި ޖީސީއީ އޯލެވެލް އިމްތިހާނު އޭޕްރީލް މަހުގައި އޮންނާތީ، ގްރޭޑް 10ގެ ދަރިވަރުންގެ އެކްސްޓްރާ ކްލާސްތައް ސްކޫލުތަކުގައި ކުރިޔަށް ގެންދާނެއެވެ. އެހެންވެ ސަރުކާރު ބަންދުވި ނަމަވެސް ސްކޫލުތަކުގައި މަސައްކަތް ކުރައްވާ ބައެއް ގްރޭޑްތަކުގެ ޓީޗަރުން ސްކޫލުތަކަށް ނުކުންނަން ޖެހޭނެއެވެ.

ސަރުކާރު މުވައްޒަފުންނާއި ސްކޫލު ކުދިންނަށް މާދަމާއިން ފެށިގެން ދެހަފްތާގެ ޗުއްޓީއެއް ލިބޭއިރު، ދެން ޖެހިގެން އަންނަ މެއި މަހު 1އިން 23އަށް ތިންހަފްތާ ސްކޫލު ބޮޑު ޗުއްޓީގެ ގޮތުގައި ސްކޫލު ކުދިންނަށް ލިބޭނެއެވެ. 

މާދަމާފެށޭ ސަރުކާރުގެ ބޮޑު ބަންދަށް ފަހުގައި، އޭޕްރީލް 14ގައި ސަރުކާރު އޮފީސްތަކާއި، ސްކޫލުތައް ހުޅުވޭއިރު، އޭޕްރީލް 16 ފެށިގެން ސްކޫލުތަކުގައި ކުރިޔަށްދާނީ، ދެވަނަ ޓަރމްގެ ޓެސްޓެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.