Advertisement

އިބްރާހީމް މުޙައްމަދު ޞާލިޙް - ކުރީގެ ރައީސުލްޖުމްހޫރިއްޔާ

28 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

މަޖިލީހުގައި ސަރުކާރަށް ނިސްބަތްވާ މެމްބަރުންވެސް ތިބީ ސަރުކާރާއި އިދިކޮޅަށް: ރައީސް ޞާލިޙް

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރުގެ ކެންޑިޑޭޓުން ނުހޮވަންޖެހޭ ސަބަބު ތަކުގެ ތެރޭގައިވެސް އެ މެމްބަރުން ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރެއްވުން ހިމެނޭ ކަމުގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ އެމްޑީޕީގެ މިސްރާބު ހަމަމަގަށް ކެމްޕޭނުގެ ތެރެއިން ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަަކަފުޅު ދައްކަވަމުންނެެވެ.

ރައީސް ޞާލިޙް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ސަރުކާރާއި އިދިކޮޅަށް ތިބި ބަޔަކީ، ސަރުކާރަށް ނިސްބަތްވާ މެމްބަރުން ކަމަށެވެ.

"އެހެންވެ ސަރުކާރަށް ނިސްބަތްވާ މެމްބަރުން ނުހޮވަންވީ. އެހެންނަމަ އެދުވަހު މަޖިލީހަށް ވަދެ ވޯޓު ދެއްވަންވީ ނޫންތޯ؟ ވޯޓަށް އެހި ގަޑީގައި ސަރުކާރަށް ތާއީދު ކުރާ، ސަރުކާރަށް ނިސްބަތްވާ އެއްވެސް މެމްބަރެއް އެތާނގައި ނެތްކަމަށް ވަނީ. އެހެންވީމާ ސަރުކާރުގެ ސިޔާސަތު ޤަބޫލު ނުކުރަނީ ކޮންބައެއްކަން ވަރަށް ސާފުކޮށް އެބަ އެނގޭ."  

އިބްރާހީމް މުޙައްމަދު ޞާލިޙް - ކުރީގެ ރައީސުލްޖުމްހޫރިއްޔާ

ސަރުކާރުން މަޖިލީހަށް ހުށައެޅި ސޮވްރިން ޑިވެލޮޕްމެންޓް ފަންޑުގެ ބިލު ބަލައިގަތުމާއި މެދު ރައްޔިތުންގެ މަޖިލީހުގައި ވޯޓުނެގިއިރު ތަޅުމުގައި ސަރުކާރުގެ އެއްވެސް މެމްބަރަކު ނެތުމާއި އެކު އެބިލު ބަލައިގަތުމަށް ފާސްނުވެ މަޖިލީހުގެ ތަޅުމުން އެބިލް ޖެހުނީ ބޭރުކޮށްލާށެވެ. 

ރައީސް ޞާލިޙް ވިދާޅުވީ، ސަރުކާރުން ހުށައަޅާ ކަންކަމަށް އެއްބާރުލުންދީ ފާސްކުރަން ސަރުކާރުގެ މެމްބަރުން މަސައްކަތް ކުރާނަމަ، އެކަމުގައި އިދިކޮޅު ޕާޓީން  ކުރާނެ ކަމެެއް ނޯންނާނެ ކަމަށެވެ. އެހެން ނަމަވެސް މަޖިލީހުގެ ތެރެއިން ކުރަންޖެހޭ ބައެއް ކަންކަމަކީ، ސަރުކާރުން އިދިކޮޅު ފަރާތްތަކާއި ވާހަކަ ދައްކައިގެންވެސް ކުރެވިދާނެ ކަންތައް ތަކެއްކަން ރައީސް ޞާލިޙް ފާހަގަ ކުރެއްވިއެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ ފެންނަމުން ދަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ގޮތް ދޫނުކުރުމާއި ބޯހަރު ސިޔާސަތު ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.