Advertisement

އުތުރުކޮރެއާގެ ރައީސާއި ދަރިކަލުންގެ ފޭކު ޕާސްޕޯޓުކަމުގައި ބުނެ ދައުރު ކުރާ ފޭކު ފޮޓޯ --

22 Mar 2024
ލައިފްސްޓައިލް
ޢަލީ ސުލައިމާން

އުތުރު ކޮރެއާގެ ކުރީގެ ރައީސާއި އޭނާގެ ދަރިކަލުން ވަގު ޕާސްޕޯޓެއްގައި ޑިޒްނީ ލޭންޑަށް ދިޔަތަ؟

ދުނިޔޭގެ އެންމެ ހުދުމުޚުތާރުވެރިކަމެއް ހިންގަމުން އަންނަ ޤައުމަކީ އުތުރުކޮރެއާއެވެ. 21 ވަނަ ޤަރުނުގެ މިޒަމާނުގައިވެސް އުތުރުކޮރެއާއަކީ، މުޅިން އެހެން ދުނިޔެއެއްގައި އޮތް ޤައުމެކެވެ. ހަރުކަށި، ބޯދާ އަދި ތާކުންތާކު ނުޖެހޭ އުސޫލުތަކާއި ޚުރާފީ ޤަބޫލުކުރުންތަކާއި ވިސްނުންތައް އޮތް އުތުރު ކޮރެއާގެ ރައްޔިތުންނަށް، ވަރަށް އަސާސީކަންކަންވެސް ސަރުކާރުން އޮންނަނީ މަނާކޮށްފައެވެ. އޭގެ ތެރޭގައި އުތުރު ކޮރެއާގެ ރައްޔިތުން ޤައުމުން ބޭރަށް ދަތުރުކުރުންވެސް ހިމެނެއެވެ.

އުތުރު ކޮރެއާގައި، ބޭރުގެ ޓީވީޗެނަލްތައް ބެލުމާއި، ބޭރުގެ ރޭޑިއޯ އަޑުއެހުންވެސް މަނަލެވެ. އަދި އިންޓަނެޓާއިއެކު ދުނިޔެ ގުޅިލާމެހިފައިވާ މިޒަމާނުގައި ކޮރެއާގެ ރައްޔިތުންނަށް އެޚިދުމަތް ލިބެނީވެސް ހަރުކަށި ކޮންޓްރޯލެއްގެ ތެރެއިން ސަރކާރުގެ މަތީފަންތީގެ ވެރިންނަށް އެކަންޏެވެ. އެހެންވެ ބޭރުދުނިޔޭގައި ހިނގާ ކަންކަމަކީ، އުތުރުކޮރެއާގެ އާއްމު ރައްޔިތުންނަށް މާ ބޮޑަކަށް އެނގޭ ކަންކަމެއް ނޫނެވެ.

ދުނިޔެއާ ގުޅުން ކެނޑިފައި ވަނީ އުތުރު ކޮރެއާގެ އާމުރައްޔިތުންނަށެވެ. އުތުރުކޮރެއާގެ ބޯޑަރުގެ އުސްފާރުން ބޭރުގައިވާ ދުނިޔޭގެ ރީތި ތަންތަނާއި މަންޒަރުތަކާއި ހިތްގައިމު ވެށި އުތުރު ކޮރެއާގެ މީހުންނަކަށް ނޭނގެއެވެ. އެކަމަކު އެކަން އުތުރުކޮރެއާގެ ވެރިންނާއި، އެމީހުންގެ އާއިލާތަކަށް އެނގެއެވެ. ސިއްރު ސިއްރުން އެމީހުން ގައުމުން ބޭރަށް ގޮސްއުޅޭކަަމަށް ކިޔައެވެ.

ދުނިޔޭގައި އެންމެ ގިނަ މީހުން ދަތުރުކުރާ އަދި އެންމެ ޝަވްޤުވެރި އެއްތަނަކީ، ޖަޕާނުގެ ޑިޒްނީ ލޭންޑެވެ. 40 އަހަރަށް ވުރެ ގިނަ ދުވަސްވީ ޑިޒްނީ ލޭންޑަކީ، ކުޑަކުދިންނާއި ބޮޑެތި މީހުންގެ މެދުގައިވެސް މަޤުބޫލުތަނެކެވެ.

ޓޯކިޔޯ، ޑިޒްނީ ލޭންޑް --

އުތުރު ކޮރެއާ އާއި ބެހޭ ސިއްރު މައުލޫމާތުކަމަށް ބުނެ ސޯޝަލްމީޑިއާގެ އެކި މަންސަ ތަކުގައި ފަތުރާ އެއްވާހަކައަކީ، ޑިޒްނީ ލޭންޑަށް ވަޑައިގެންނެވުމަށްޓަކައި އުތުރު ކޮރެއާގެ ލީޑަރާއި އޭނާގެ ދަރިކަލުން ފޭކް ޕާސްޕޯޓެއް ގެންގުޅުއްވި ވާހަކައެވެ.

އުތުރުކޮރެއާގެ ކުރީގެ ރައީސް، ކިމް ޖޮން އިލް އާއި ދަރިކަލުން، މިހާރުގެ ރައީސް ކިން ޖޮން އުން، 1990ގެ އަހަރުތަކުގެ ތެރޭގައި، ޖަޕާނުގެ ޑިޒްނީ ލޭންޑަށް ވަޑައިގެންނެވި ކަމަށް ބުނެފައި ވަނީ، ބްރެޒިލްގެ ފޭކް ޕާސްޕޯޓެއްގައެވެ. 

އުތުރުކޮރެއާގެ ކުރީގެ ރައީސް، ކިމް ޖޮން އިލް އާއި ދަރިކަލުން، މިހާރުގެ ރައީސް ކިން ޖޮން އުން ފޭކު ޕާސްޕޯޓް ގެންގުޅުއްވި ކަމަށް ދައްކާ ވާހަކައަކީވެސް ފޭކު ވާހަކައެކެވެ. އުތުރުކޮރެއާގެ މިހާރުގެ ރައީސް ކިމްޖޮންއުން ވެސް އަދި އޭނާގެ ބައްޕާފުޅު ކިމްޖޮންއިލްވެސް ޑިޒްނީ ލޭންޑަކަށް ވަޑައެއްއެއް ނުގަންނަވައެވެ. އުތުރު ކޮރެއާގެ ލީޑަރުންނަކީ ވަރަށް ނާދިރު ޙާލަތެއްގައި މެނުވީ ޤައުމުން ބޭރަށް ވަޑައިގަންނަވާ ބޭފުޅުންނެއް ނޫނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.