Advertisement

19 Mar 2024
ވީޑިއޯ

ކުޑަ ކަމަކުން ބޮޑު ދަރުމައެއް: ދެމީހެއްގެ ދެމެދުގައި ޞުލްޙަކުރުވުން

ކުޑަ ކަމަކުން ވެސް ގިނަ ދަރުމަ ހޯދިދާނެ.

ހަތްވަނަ އެޕިސޯޑުގައި ޝެއިޙް އިލްޔާސް ޖަމާލް ވާހަކަފުޅު ދެއްކެވީ ދެމީހެއްގެ ދެމެދުގައި ޞުލްޙަ ކުރުވުމުގެ މާތްކަމާ ގުޅޭ ގޮތުންނެވެ.

ކީރިތި ރަސޫލާ صلى الله عليه وسلمޙަދީޘްފުޅުކުރެއްވިއެވެ.

 ((أَلا أُخْبِرُكُمْ بِأَفْضَلَ مِنْ دَرَجَةِ الصِّيَامِ وَالصَّلاةِ وَالصَّدَقَةِ ؟ قَالُوا : بَلَى . قَالَ : صَلاحُ ذَاتِ الْبَيْنِ ،..) [صحيح الترمذي] .

މާނައީ: “ސުންނަތް ރޯދަ ހިފުމާއި ސުންނަތް ނަމާދުކުރުމާއި ޞަދަޤާތްކުރުމަށްވުރެ ހެޔޮކަންބޮޑު ޢަމަލެއް ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ބަޔާންކޮށްނުދެއްވަންހެއްޔެވެ؟ އަޞްޙާބު ބޭކަލުން ދެންނެވި: ނޫނެކެވެ. (ބަޔާންކޮށްދެއްވާށެވެ!) އެކަލޭގެފާނު ޙަދީޘްކުރެއްވި: އެއީ ދެމީހުންގެދެމެދުގައި ޞުލްޙަ ކުރުމެވެ..)

ލޮބުވެތި މުސްލިމުން! މި މާތް މައްސަރުގައި ވެސް އަޅުގަނޑުމެންނާ ދިމާވެދާނެ ދެ މީހެއްގެ ދެމެދުގައި ހަމަނުޖެހުމެއް އުފެދި އަރައިރުންވާ މަންޒަރު. ނުވަތަ ދެ މީހުން އެކަކު އަނެކަކަށް އަނގައިން ނުބުނެ ގުޅުން ކަނޑާފައިވާތަން. އެފަދަ ޙާލަތެއްގައި އެދެމީހުން ޞުލްޙަވެރިކުރުވަން ކުރެވޭ މަސައްކަތަކީ ބޭކާރު މަސައްކަތެއް ނޫން. އަދި އެކަމަށްޓަކައި ހޭދަކުރާ ވަގުތަކީ ވެސް ބޭކާރު ވަގުތެއް ނޫން. އަދިކިއެއް އެއީ އެތައް ހެޔޮ ޢަމަލަކާ ނުބައްދަލު ޢަމަލެއް. އެހެންކަމުން މިފަދަ ކަންކަމުން ގިނަގުނަވެގެންވާ ސަވާބާއި ދަރުމަ ހޯދުމަށް ދަހިވެތި ވަމާތޯ!

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.