Advertisement

ލަސްވިޔަސްގެ ޕޯސްޓަރ --

17 Mar 2024
މުނިފޫހިފިލުވުން
ޢަލީ ސުލައިމާން

ޓެޑްރީގެ ލަސްވިޔަސްގެ ދެވަނަ ޓްރެއިލާ ދައްކާލައިފި

ރާއްޖޭގައި މިހާތަނަށް އުފެދުނު، އެންމެ މޮޅު ޑައިރެކްޓަރ މުޙައްމަދު ނިޔާޒް (ޓެޑްރ)ގެ ފިލްމު "ލަސްވިޔަސް" ގެ ދެވަނަ ޓްރައިލާ މިރޭ ދޫކޮށްލައިފިއެވެ.

އާއިލީ ގުޅުމާއި ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށްފައިވާ، ފިލްމް "ލަސްވިޔަސް"ގެ ފުރަތަމަ ޓްރައިލާ ދޫކޮށްލާފައި ވަނީ މީގެ އެއްމަސް ކުރިންނެވެ.

ޓެޑްރީ ނޫން.އެމްވީއަށް ވިދާޅުވީ، އޭޕްރީލް 12ގައި ފިލްމް ޕްރިމިއަރ ކުރުމުގެ ކުރިން އަދި އެއް ޓްރައިލާ ދޫކޮށްލާނެ ކަމަށެވެ. ޓެޑްރީ ވިދާޅުވީ، ފުރަތަަމަ ޓްރައިލާގައި ދައްކާލާފައި ވަނީ ފިލުމުގެ ތަރިންގެ ތަޢާރަފެއް ކަމަށެވެ.

މިރޭ ދޫކޮށްލި ޓްރެއިލާގައި ފިލްމުގެ ވާހަކައާއި ގުޅޭ މުހިއްމު ބައެއް މަންޒަރުތައް ހިމަނާފައިވެއެވެ. 1 މިނިޓް 58 ސިކުންތުގެ މިޓްރެއިލާގައި ފިލްމުގެ ވާހަކައާއި ފިލްމާއި މެދު މީހުންގެ ޝައުޤުވެރިކަން އުފެދޭނެ މަންޒަރުތައް ވަނީ ހިމަނާފައެވެ.

ޓެޑްރީގެ ފިލްމް، ލަސްވިޔަސްގެ ޓްރެއިލާ --

"ފިލްމުގެ ވާހަކަޔާއި އެއާއި ގުޅޭ މާގިނަ މައުލޫމާތެ ފުރަތަމަ ޓްރެއިލާއަކުން ނުފެންނާނެ. މިފިލްމަކީ ކައިވެންޏާއި ލޯތްބާއި، ކައިވެނި ރޫޅުމާއި، ކުދިންނަށް އަންނަ އޭގެ އިމްޕެކްޓް މިއޮތީ."

މުހައްމަދު ނިޔާޒް (ޓެޑްރީ)

ޓެޑްރީ ވިދާޅުވީ ފިލްމުގައި އުޅޭ ކުޑަކުއްޖާގެ ބައެއް މަންޒަރުތަކާއި އެކުއްޖާގެ ވާހަކަތައް މިރޭ ނެރުނު ޓްރެއިލާގައި ހިމަނާފައިވާނެކަމަށެވެ. 

"ވަރަށް ބޮޑަށް ފޯކަސްކުރެވިފައި ހުންނާނީ ކައިވެންޏެއް ދެމެހެއްޓުމާއި، އެކަމުގައި ކުރެވޭ ތަޖުރިބާގެ މައްޗަށް. އެއީ ދެމީހެއްގެ ދޭތެރޭގައި އެއޮންނަ ލޯބީގެ އިިތުރުން ކުރަންޖެހޭ އިތުބާރު. ދެން އެކަމަކު ގިނަ ކަންތައްތައް އަދި އެހެރީ ނުސީދާކޮށް މީގައި މެސެޖް ޑެލިވަރކޮށްފައި. ވަރަށް ބޮޑު ވާހަކައެއް މީގައި ކުޑަކުއްޖާ އެބުނަނީ."

މުހައްމަދު ނިޔާޒް (ޓެޑްރީ)

"ލަސްވިޔަސް" މިއަހަރުގެ އޭޕްރީލް 12ގައި ޕްރިމިއަރކުރުމަށް ހަމަޖައްސާފައި ވާއިރު، ފިލްމްގެ ޓިކެޓްވެސް މިހާރުވަނީ ވިއްކަން ފަށާފައެވެ. މިގޮތުން އޮލިމްޕަހުންނާއި ލަސްވިޔަސް ފިލްމުގެ ވެބްސައިޓް، ލަސްވިޔަސް ޑޮޓްކޮމްއިން މިހާރު ޓިކެޓް ގަންނަން ލިބޭނެއެވެ. އޮލިމްޕަހުން ޓިކެޓް ވިއްކަމުންދާނީ، ހެނދުނު 10އިން ހަވީރު 5އަށް އަދި ރޭގަނޑު 9:30 އިން 11:00އަށެވެ. 

ކުޅަދާނަ ޑައިރެކްޓަރ މުޙައްމަދު ނިޔާޒް (ޓެޑްރީ) އަކީ، ރާއްޖޭގެ ފިލްމް އިންޑަސްޓްރީއަށް އިންގިލާބީ ބަދަލުތަކެއް ގެނެސް ދެއްވި މޮޅު ޑައިރެކްޓަރެކެވެ. ޓެޑްރީގެ ފިލްމްތަކުގެ ތެރެއިން "ދެރިޔާ" އާއި "އަމާނާތް" އަދި އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުގައި ހުށައަޅުއްވައި ދެއްވި، "ހުޅުކޮޅު" އަކީ ހުރިހާ ގޮތަކުންވެސް އޭރާއި އަދި މިހާރަށް ބަލާއިރުވެސް މޮޅު އުފެއްދުންތަކެކެވެ. 

ޓެޑްރީގެ "ލަސްވިޔަސް" އަކީވެސް އެފަދަ މޮޅު ފިލްމަކަށް ވާނޭ ކަމަށް މިހާރުވެސް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.