Advertisement

އިންތިޚާބެއްގައި އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުން ހަރަކާތްތެރިވަނީ -- ފޮޓޯ: އިލެކްޝަންސް ކޮމިޝަން

17 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

އޮބްޒާވަރުންނާއި މޮނީޓަރުންނާއި، ކެންޑިޑޭޓުންގެ މަންދޫބުން އައްޔަނު ކުރުމަށް އިތުރު ފުރުޞަތެއްދީފި

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ބާއްވާ ތާރީޚު އެޕްރީލް 21 ވާ އާދީއްތަ ދުވަހަށް ބަދަލުކުރުމާއި ގުޅިގެން، އިންތިޚާބުގެ އޮބްޒާވަރުންނާއި މޮނީޓަރުންނާއި، ކެންޑިޑޭޓުންގެ މަންދޫބުން އައްޔަނު ކުރުމަށް އިތުރު ފުރުޞަތެއް ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އެކޮމިޝަނުން ވިދާޅުވީ، އިންތިޚާބުގެ އޮބްޒާވަރުންނާއި މޮނީޓަރުންނާއި، ކެންޑިޑޭޓުންގެ މަންދޫބުން އައްޔަނު ކުރުމަށް އިތުރު ފުރުޞަތެއް ދިނުމަށް ނިންމަވާފައި ވަނީ، 2024 މާރިޗު 19 އިން 21 ގެ ނިޔަލަށް ކަމަށެވެ.

އެހެންކަމުން އިންތިޚާބުގައި އޮބްޒާވަރުންނާއި މޮނީޓަރުންގެ ގޮތުގައި އަދި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި އަލުން ފާސް ބޭނުންވާ ފަރާތްތަކުން އަލުން ދިން މުއްދަތުގެ ތެރޭގައި އެކަަމަށް އެދޭ ފޯމާއި ލިޔެކިޔުންތައް ފުރިހަމަކޮށް ހުށައެޅުއްވުން އެދޭ ކަމުގައި އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، 93 ދާއިރާއަކަށް މެމްބަރުން އިންތިޚާބު ކުރާނެއެވެ. އަދި އެދާއިރާތަކަށް ވާދަކުރުމަށް، 386 ކެންޑިޑޭޓުން ވަނީ އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށައަޅުއްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.