Advertisement

އިންތިޚާބާއި ގުޅޭ މަސައްކަތުގައި އިލެކްޝަންސް ކޮމިޝަންގެ މުވައްޒަފުން ހަރަކާތްތެރިވަނީ -- ފޮޓޯ: އިލެކްޝަންސް ކޮމިޝަން

17 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ރީރެޖިސްޓްރީ ކުރުމަށް 11000 ވުރެ ގިނަ މީހުން ހުށައެޅި: އިލެކްޝަންސް

މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމަށް ރީރެޖިސްޓްރީ ވުމަށް ހުޅުވާލި ފުރުޞަތުގައި، 11000 ވުރެ ގިނަ މީހުން ރެޖިސްޓްރީ ކޮށްފައިވާ ކަމުގައި އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އެކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި ރީ-ރެޖިސްޓްރީ ކުރުމަށް ދީފައިވާ މުއްދަތު ހޮނިހިރު ދުވަހުގެ 3:00އަށް ހަމަވިއިރު، ޖުމުލަ 11،169 މީހުން ވަނީ ރީ- ރެޖިސްޓްރޭޝަނަށް ހުށައަޅާފައެވެ. މިގޮތުން ހުށައަޅާފައިވާ ފޯމުތަކުގެ ތެރެއިން 10،028 ފޯމްގެ ސައްޙަކަން ކަށަވަރުކޮށް އެމީހުން ވަނީ ރީރެޖިސްޓްރީކޮށްދެވިފައި ކަމުގައިވެސް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވެއެވެ.

ރީރެޖިސްޓްރީ ކުރުމަށް ހުޅުވާލި ފުރުޞަތުގައި ރާއްޖެއިން ބޭރުގައި ވޯޓުލުމަށް ރީރެޖިސްޓްރީ ކުރި އަދަދުތަކަށް ބަލާއިރު، ވޯޓު ފޮށި ބެހެއްޓޭނީ 3 ޤައުމެއްގައި ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.

މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ބޭއްވުމަށް ހަމަޖައްސާފައި ވަނީ 21 އޭޕްރީލް 2024ވާ އާދީއްތަ ދުވަހުގައެވެ. މިފަހަރުގެ އިންތިޚާބުގައި ރައްޔިތުންގެ މަޖިލީހުގެ 93 ދާއިރާއަކަށް މެމްބަރުން އިންތިޚާބު ކުރާނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.