Advertisement

17 Mar 2024
ވީޑިއޯ

ކުޑަ ކަމަކުން ބޮޑު ދަރުމައެއް: އަޚްލާޤު ރީތިކުރުން

ކުޑަ ކަމަކުން ވެސް ގިނަ ދަރުމަ ހޯދިދާނެ.

ފަސްވަނަ އެޕިސޯޑުގައި ޝެއިޙް އިލްޔާސް ޖަމާލް ވާހަކަފުޅު ދެއްކެވީ ރީތި އަޙުލާޤުގެ މާތްކަމާ ގުޅޭގޮތުން.

ކީރިތި ރަސޫލާ ޙަދީޘްކުރައްވަނީ:

(إِنَّ المُؤْمِنَ لَيُدْرِكُ بِحُسْنِ خُلُقِه درَجةَ الصَّائمِ القَائمِ) صحيح أبي داود  

މާނައީ: "ހަމަކަށަވަރުން މުއުމިނު އަޅާއަށް އޭނާގެ ރީތި ޚުލްޤުގެ ސަބަބުން ސުންނަތް ރޯދަހިފައި ރޭއަޅުކަންކޮށް އުޅޭ މީހާގެ ދަރަޖައާ ހަމައަށް ފޯރާނެއެވެ."

ލޮބުވެތި މުސްލިމު އަޚުންނާއި އުޚްތުން! ކިތައް ކިތައް މީހުންތޯ މި ރޯދަމަހުގައި އެކި އަޅުކަންތައްކުރުމުގައި މަޝްޣޫލުވެ އުޅެނީ. އެކަމަކު އޭނާގެ ރީތި ޚުލްޤެއް ނެތް. އަނބިދަރީންނާ މުޢާމަލާތްކުރަނީ ވަރަށް ނުބައިކޮށް. މައިންބަފައިންނަށް އުރެދޭ. ކިބުރުވެރިވޭ. އެހެން މީހުން ކުޑައިމީސްކުރޭ. ދުލުން ހަޑި ބަސްތައް ބޭރުކުރޭ. ދޮގުހެދުމާއި އޮޅުވާލުމުގައި އޭނާ ވަނީ ހައްދުފަހަނައަޅައި ގޮސްފައި. އެފަދަ މީހާ ކުރާ ގިނަ ގުނަ އަޅުކަމުގެ ބުރަދަނެއް ނުހުރޭ. އެއަށްވުރެ ޚުލްޤު ހެޔޮ މީހާ ކުރާ މަދު އަޅުކަމުގެ ބުރަދަން މާބޮޑު.

އަދި ޚުލްޤު ހެޔޮ މީހާގެ ޚުލްޤުގެ ރީތިކަމުން ގިނަގިނައިން ސުންނަތް ރޯދަހިފައި، ރޭ އަޅުކަންކުރާ މީހެއްގެ ދަރަޖައާހަމައަށް އޭނާއަށް ވާޞިލްވެވޭ. އަދި ކިއެއް އޭނާއަކީ ޤިޔާމަތްދުވަހުން ކީރިތި ރަސޫލާއާ އެންމެ އަރިސް މީހެއް ކަމުގައި ވެވޭ.

އެހެންކަމުން އަޅުގަނޑުމެންގެ އަޚްލާޤް ރީތިކޮށްގެން މަތީ ދަރަޖައާ ހަމައަށް ވާޞިލުވުމަށް ގަދައަޅާ މަސައްކަތްކުރަމާތޯ!

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.