Advertisement

އިންތިޚާބެއްގެ ވޯޓުގެ މަސައްކަތުގައި އީސީގެ އޮފިޝަލުން --

17 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ބޭރުގެ ތިން ޤައުމެއްގައި ވޯޓުފޮށި ބެހެއްޓުމަށް ނިންމާފައިވާ ކަމުގައި އީސީން ވިދާޅުވެއްޖެ

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރާއްޖެއިން ބޭރުުގައި ވޯޓުފޮށިތައް ބަހައްޓާނީ ތިން ޤައުމެއްގައި ކަމުގައި އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އެކޮމިޝަނުން ވިދާޅުވީ، ރީރެޖިސްޓްރީ ކުރުމަށް ހުޅުވާލި ފުރުޞަތުގައި، ވޯޓު ފޮށިތައް ބެހެއްޓުމުގައި ކަނޑައަޅާފައިވާ އަދަދަށް މީހުން ރީރެޖިސްޓްރީކޮށްފައި ވަނީ ތިން ޤައުމަކުން ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ، އިންޑިއާ ސްރީލަންކާ އަދި މެލޭޝިއާއެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ތަފާސް ހިސާބުގައި ވާ ގޮތުން އެންމެ ގިނަ މީހުން ވޯޓުލުމަށް ރަޖިސްޓްރީ ކޮށްފައި ވަނީ މެލޭޝިއާގެ ކުއާލަލަމްޕޫރަށެވެ. އެފޮއްޓަށް 702 މީހުން ރަޖިސްޓްރީކޮށްފައިވެއެވެ. ދެވަނައަށް އެންމެ ގިނަ މީހުން ވޯޓުލުމަށް ރަޖިސްޓްރީ ވެފައި ވަނީ ސްރީލަންކާގެ ކޮލަމްބޯއަށެވެ. އެއީ 306 މީހުންނެވެ. އިންޑިއާގެ ޓްރެވިންޑްރަމްގައި ވޯޓުލުމަށް ރަޖިސްޓްރީ ކޮށްފައި ވަނީ 159 މީހުންނެވެ.

ރީރެޖިސްޓްރީ ވުމަށް ހުޅުވާލި ތަންތަނުގެ ތެރެއިން އިނގިރޭސި ވިލާތުގެ ލަންޑަނުގައި ވޯޓުލުމަށް 124 މީހުން ރެޖިސްޓްރީ ކުރިއެވެ.

މިހާރު ހަމަޖެހިފައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮންނާނީ، މިއަންނަ އޭޕްރީލް މަހުގެ 21ވާ އާދީއްތަ ދުވަހުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.