Advertisement

އެމްޑީޕީގެ ޗެއާ ޕަރސަން ފައްޔާޒް އިސްމާޢީލް --

16 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

މިޤައުމު މިދަނީ ވަރަށް ނުބައި ދިމާލަކަށް - ފައްޔާޒް

މިޤައުމު މިދަނީ ވަރަށް ނުބައި ދިމާލަކަށް ކަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއާ ޕަރސަން ފައްޔާޒް އިސްމާޢިލް މިސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ މިސްރާބު ހަމަ މަގަށް ކެމްޕޭންގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް ފަތުޙުއްﷲ ޖަމީލުގެ ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ފައްޔާޒް ވިދާޅުވީ، ރައިސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރާއިއެކު ޤައުމު މިހާރު މިދަނީ ވަރަށް ނުބައި ދިމާލަކަށް ކަމަށެވެ. ފައްޔާޒް ވިދާޅުވީ، ޕްރޮޖެކްޓްތައް ނުހިންގުމުގެ އިތުރުން، އާއްމު ތަންތަނުގައި ސިޔާސީ ވާހަކަތައް ނުދެކެވޭ ހިސާބަށް ކަންކަން ގޯސްވެގެންދާނޭ ކަމާއި މެދު ޝައްކު ނުކުރައްވާ ކަމަށެވެ. 

"ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތެއް، ވާނުވާ ސަރުކާރަށް ލިބިއްޖެ ކަމަށް ވަންޏާ، އަޅުގަނޑުމެން މިވޭތުވެ ދިޔަ 10 ވަރަކަށް އަހަރު އަޅުގަނޑުމެންނަށް މި ލިބިފައިވާ ބަސްބުނުމުގެ މިނިވަންކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އެންމެ ފުރަތަމަ ދުއްވާލާނީ."

ފައްޔާޒް އިސްމާޢީލް - އެމްޑީޕީގެ ޗެއާޕަރސަން

އެމްޑީޕީގެ ޗެއާޕާރސަން ފައްޔާޒް އިސްމާޢީލް ވިދާޅުވީ، ނޫސްތަކުގައި ތަޅުއަޅުވަން ރައީސް މުއިއްޒުގެ ސަރުކާރުން މަސައްކަތް ކުރައްވާފައިވާ ކަމަށާއި، އެކަން ހުއްޓަވާލައްވަން ޖެހިވަޑައިގަތީ މަޖިލީހުގައި އެމްޑީޕީގެ މެޖޯރިޓީ އޮތުމުން ކަމަށެވެ.

ފައްޔާޒް ވިދާޅުވީ، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމުން ފަތުހުﷲ ޖަމީލް އިސްތިޢުފާ ދެއްވުމުން، އެމަޤާމަށް އަލުން ޔަޒީދު އައްޔަނުކުރެއްވުމަށް ސަރުކާރުން ނަން ފޮނުވުމަކީ، ސަރުކާރުގެ ނުބައިކަން ހާމަވާ ހެއްްކެއް ކަމަށެވެ.

ފައްޔާޒު ވިދާޅުވީ ސަރުކާރުގެ އެ އަމަލަކީ ދިވެހި ރައްޔިތުންގެ މޫނުމަތީގައި ތަފާލެއް އެޅުން ކަމަށެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.