Advertisement

15 Mar 2024
ވީޑިއޯ

ކުޑަ ކަމަކުން ބޮޑު ދަރުމައެއް: ދަރަނި އަދާކުރުމަށް ދަތިވެފައިވާ މީހާއަށް ލުއި ދިނުން

ކުޑަ ކަމަކުން ވެސް ގިނަ ދަރުމަ ހޯދިދާނެ.

ތިންވަނަ އެޕިސޯޑުގައި ޝެއިޙް އިލްޔާސް ޖަމާލް ވާހަކަފުޅު ދެއްކެވީ ދަރަނި އަދާކުރުމަށް ދަތިވެފައިވާ މީހާއަށް ލުއި ދިނުން ނުވަތަ މުއްދަތު ފަސްކޮށްދިނުމާ ގުޅޭގޮތުން.

ކީރިތި ރަސޫލާ ޙަދީޘްކުރައްވަނީ:

"من أنظرَ معسرًا كانَ لَه بِكلِّ يومٍ صدقةٌ " (رواه ابن ماجه وصححه الألباني)   

މާނައީ: "ދަރަނި އަދާކުރުމަށް ދަތިވާ މީހަކަށް، މުއްދަތު ފަސްކޮށްދީފި މީހާ ދަންނާށެވެ! އެ ވާހުށީ އޭނާއަށް ކޮންމެ ދުވަހަކަށްވާ ޞަދަޤާތެއް ކަމުގައެވެ." އޭގެ މާނައަކީ: މިސާލަކަށް މީހަކު އެއްލައްކަ ރުފިޔާގެ ދަރަންޏެއް މިދެނީ މީހަކަށް ވަކި މުއްދަތެއްގެ ތެރޭގައި ދެއްކުމަށް. ނަމަވެސް ދަރަނިވެރިޔާގެ ނިކަމެތި ޙާލަތު ހުރިގޮތުން އެ މުއްދަތުގެ ތެރޭގައި އެ ދަރަނި އަދާކުރުމަށް ޢުޛުރުވެރިވޭ. އޭނާއަށް އިތުރު ވަގުތު ބޭނުންވޭ. އެހިނދު ﷲ ގެ ވަޖުހުފުޅު އަދައިގެން ދަރަނިދޭމީހާ ދަރަނިވެރިޔާއަށް މުއްދަތު އިތުރުކޮށްދީފިނަމަ، އެ އިތުރުކޮށްދިން މުއްދަތުގައި ހޭދަވާ ކޮންމެ ދުވަހަކަށް އެއްލައްކަ ރުފިޔާއިން ޞަދަޤާތްކުރުމުގެ ސަވާބު އޭނާއަށް ލިބިލިބި ހުންނާނެ.

އާދެ! ކާކުތޯ ބޭނުން ނުވާނީ މި ރޯދަމަހުގައި އޭނާއަކީ ކޮންމެ ދުވަހަކު މިފަދަ ބޮޑު ޢަދަދަކުން ޞަދަޤާތްކުރާ މީހަކަށް ވާން. އެއްވެސް ޝައްކެއްނެތް ކޮންމެ މީހަކު ވެސް ބޭނުންވާނެ. އެހެންކަމުގައި ވާނަމަ، މިފަދަ ކުޑަކުޑަ ކަމަކުންވެސް އަޅުގަނޑުމެންނަށް އެތައް ދަރުމައާއި ސަވާބެއް ޙާޞިލްކުރެވިދާނެ.

ކޮމެންޓް
އިތުރު އާޓިކަލް
02 Apr 2025
ޚަބަރު
ހޮޅުދޫ ބޯޓުގައި ރޯވެ އެބޯޓުގައި ހުރި ޒުވާނަކު ގެއްލިއްޖެ
އެމްއެންޑީއެފުން ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނީ، ލ.މާވަށަށް ނިސްބަތްވާ 25 އަހަރުގެ އަލީ މުޝްފިގް މުހައްމަދު ކަމަށެވެ. އޭނާގެ އިތުރުން އެބޯޓުން ދަތުރު ކުރި އެހެން މީހުން ވަނީ، ސަލާމަތް ވެފައެވެ. އޭގެ ތެރެއިން ދެމީހަކަށް، ތ. ކަނޑޫދޫ ޞިއްޙީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
02 Apr 2025
ޒަކާތު ހައުސް
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް 5 ލައްކަ ރުފިޔާ ހަވާލުކޮށްފި
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާއިން ފަސް ލައްކަ ރުފިޔާ އިސްރާ އެސޯސިއޭޝަންއާ ހަވާލުކޮށްފި
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށް: ރައީސް
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށްކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތުގެ ވިޔަފާރި ދޫކޮށްލުމަށް ރައީސް އިލްތިމާސްކުރައްވައިފި
ރާއްޖޭގައި ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން އެ ވިޔަފާރި ދޫކޮށްލައި، އެހެން ވިޔަފާރިއަކަށް ބަދަލުވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފިއެވެ.