Advertisement

14 Mar 2024
ވީޑިއޯ

ކުޑަ ކަމަކުން ބޮޑު ދަރުމައެއް: އިމާމު މީހާއާ އެއްވަރަށް އާމީން ކިޔުން

ކުޑަ ކަމަކުން ވެސް ގިނަ ދަރުމަ ހޯދިދާނެއެވެ.

ދެވަނަ އެޕިސޯޑުގައި ޝެއިޙް އިލްޔާސް ޖަމާލް އަލިއަޅުވާލެއްވީ އިމާމު މީހާއާ އެއްވަރަށް އާމީން ކިޔުމާ ގުޅޭގޮތުންނެވެ.

ކީރިތި ރަސޫލާ ޙަދީޘްކުރެއްވި: ( إِذَا أمَّنَ الإمَامُ، فأمِّنُوا، فإنَّه مَن وافَقَ تَأْمِينُهُ تَأْمِينَ المَلَائِكَةِ غُفِرَ له ما تَقَدَّمَ مِن ذَنْبِهِ) صحيح البخاري މާނައީ: "އިމާމު މީހާ އާމީން ކިޔަން ފެށުމުން ތިޔަބައިމީހުން އާމީންކިޔާށެވެ! ފަހެ ހަމަކަށަވަރުން އެމީހެއްގެ އާމީން ކިޔުމާއި މަލާއިކަތުންގެ އާމީން ކިޔުމާ ދިމާވެއްޖެނަމަ، އެމީހެއްގެ އިސްވެދިޔަ ފާފަތައް ފުހެވޭހުއްޓެވެ."

ލޮބުވެތި މުސްލިމް އަޚުންނާ އުޚްތުން! ނިކަން ވިސްނަވާ! ނަމާދުގައި އިމާމާއެކު އާމީން ކިޔުމަކީ މާ ބޮޑުކަމެއް ނޫން. އަދި އެހާ ގިނަ ވަގުތު ހޭދަވާކަމެއް ވެސް ނޫން. ނަމަވެސް ބައެއް މީހުން މިކަމުގައި ފަރުވާކުޑަކުރޭ. ބައެއް މީހުން އިމާމާގެ ކުރިން އާމީން ކިޔަން ފަށާ. އަނެއްބައި މީހުން އިމާމާ އާމީން ކިޔައި ނިމުމުން ވެސް އާމީން ކިޔަން ފަށާ. ނަމަވެސް މާތް ނަބިއްޔާ އަމުރުކުރެއްވީ އިމާމު މީހާ އާމީން ކިޔަން ފެށުމާއެކު އާމީން ކިޔުމަށް. އެވަގުތުގައި މަލާއިކަތުން އާމީން ކިޔުއްވާނެ. އެ ބޭކަލުންނާ އެއްވަރަކަށް އާމީން ކިޔިއްޖެނަމަ، އެމީހެއްގެ އިސްވެދިޔަ ފާފަތައް ފުހެވޭނެ. ބައްލަވާ! ކުޑަ ކަމަކުން ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ޙާޞިލްވެގެން އެދަނީ ވަރަށް ބޮޑު ކަމެއް. އެހެންކަމުން މިކަމުގައި ފަރުވާކުޑަ ނުކުރައްވަމާތޯ!

ކޮމެންޓް
އިތުރު އާޓިކަލް
02 Apr 2025
ޚަބަރު
ހޮޅުދޫ ބޯޓުގައި ރޯވެ އެބޯޓުގައި ހުރި ޒުވާނަކު ގެއްލިއްޖެ
އެމްއެންޑީއެފުން ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނީ، ލ.މާވަށަށް ނިސްބަތްވާ 25 އަހަރުގެ އަލީ މުޝްފިގް މުހައްމަދު ކަމަށެވެ. އޭނާގެ އިތުރުން އެބޯޓުން ދަތުރު ކުރި އެހެން މީހުން ވަނީ، ސަލާމަތް ވެފައެވެ. އޭގެ ތެރެއިން ދެމީހަކަށް، ތ. ކަނޑޫދޫ ޞިއްޙީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
02 Apr 2025
ޒަކާތު ހައުސް
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް 5 ލައްކަ ރުފިޔާ ހަވާލުކޮށްފި
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާއިން ފަސް ލައްކަ ރުފިޔާ އިސްރާ އެސޯސިއޭޝަންއާ ހަވާލުކޮށްފި
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށް: ރައީސް
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށްކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތުގެ ވިޔަފާރި ދޫކޮށްލުމަށް ރައީސް އިލްތިމާސްކުރައްވައިފި
ރާއްޖޭގައި ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން އެ ވިޔަފާރި ދޫކޮށްލައި، އެހެން ވިޔަފާރިއަކަށް ބަދަލުވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފިއެވެ.