Advertisement

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ---

09 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

އެމްޑީޕީން މަޖިލީހުން މިހާތަނަށް އެންމެ ބުރަ މަސައްކަތެއް ކުރީ ކޮމަންޑޫ ދާއިރާގެ ގޮނޑި ހޯދުމަށް - ރައީސް ޞާލިޙް

ކޮމަންޑޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރަން މީގެ ކުރިން ދުވަހަކުވެސް ކުރެވިފައި ނުވާހައި ގިނަ މަސައްކަތް ކުރެވުނު ކަމުގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ، މުހައްމަދު ޝިނާން އަށް ތާއިދު ހޯއްދަވައި ދެއްވުމަށް، އެދާއިރާގެ ފޯކައިދޫއަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ޞާލިޙް ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީން ކުރި މަސައްކަތްތައް، އެދާއިރާގެ ގޮނޑިއަށް ވާދަކުރެއްވި، ކެންޑިޑޭޓަށްވެސް ރަނގަޅަށް އެނގިވަޑައިނުގަންނަވާނެ ކަމަށެވެ. 

"ގޮނޑިއެއް ހޯދުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ކާމިޔާބު ކުރުމަށްޓަކައި، އަޅުގަނޑުގެ ޙަޔާތުގައިވެސް އަދި އެމްޑީޕީގެ ޙަޔާތުގައިވެސް ދުވަހަކުވެސް ނުކުރާހައި މަސައްކަތް އަޅުގަނޑުމެން މިގޮނޑި، އެބައި އިލެކްޝަންގެ ގޮނޑި ކާމިޔާބު ކުރުމަށް އަޅުގަނޑުމެން މަސައްކަތް ކުރިން. ކެންޑިޑޭޓަށް ރަނގަޅަށް އެނގިވަޑައި ނުގަންނަވާނެ، އަޅުގަނޑުމެން އެކެމްޕޭން ކުރިޔަށް ގެންދިޔަ ގޮތް."

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް --

ރައީސް ޞާލިޙް ވިދާޅުވީ، ދާއިރާގެ އެމްޑީޕީގެ ސަޕޯޓަރުންގެ އެދޭތީ، އެފަހަރު ބައެއް ޖަލްސާތަކުގައި ކެންޑިޑޭޓަށް ވާހަކަދެއްކުމަށް ފުރުޞަތު ނުދޭންވެސް ޖެހުނު ކަމަށެވެ. އަދި އެކެނޑިޑޭޓާއި އެކު އޭރު ކުރިޔަށް ދިޔައީ އެމްޑީޕީއަށް އެނިންމުން ނިންމިފައި އޮތީމާ ކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ސާލިޙް ވިދާޅުވީ، އެ ގޮނޑި އެމްޑީޕީއަށް ކާމިޔާބުކޮށްދިނުމަށްޓަކައި ބައެއް ބޭފުޅުން ހިތާއި ދެކޮޅަށްވެސް މަސައްކަތްޕުޅު ކުރެއްވިކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބުކޮށް އެގޮނޑިއަށް ހޮވައިދިން މެމްބަރު އެމްޑީޕީ ދޫކޮށް ގޮސްފައިވާކަން ރައީސް ޞާލިޙް ހިތާމަޔާއި އެކު ފާހަގަކުރައްވިއެވެ.

ރައީސް ވިދާޅުވީ، ކުރީފަހަރު އެހެންވި ނަމަވެސް އެމަނިކުފާނުގެ ފުރިހަމަ ޔަޤީންކަން މިފަހަރުގެ ކެންޑިޑޭޓު ޝިނާން އާއި މެދު އެބައޮތް ކަމަށެވެ. އަދި ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް ޝިނާނު ހޮއްވަވައި ދެއްވުމަށް ރައީސް ޞާލިހް އެދިވަޑައިގެންނެވިއެވެ. 

މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިރު، އިންތިޚާބުގެ ކެމްޕޭނަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްވެސް ދަނީ އަތޮޅުތެރެއަށް ދަތުރުފުޅު ކުރައްވަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.