Advertisement

ހުޅުމާލެ ފޭސް 2- ގައި އިމާރާތްކުރި ދެވަނަ ދާއިމީ މިސްކިތް ހުޅުވުން --

08 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ހުޅުމާލެ ފޭސް 2 ގައި ބިނާ ކުރި ދެވަނަ ދާއިމީ މިސްކިތް ހުޅުވައިފި

ހުޅުމާލޭގައި އިމާރާތްކުރި ދެވަނަ މިސްކިތް ހުޅުވައިފިއެވެ.

މިމިސްކިތަކީ، އަމިއްލަ ފަރާތަކުން އިމާރާތްކޮށްފައިވާ މިސްކިތެކެވެ. މިއަދުގެ ހުކުރު ނަމާދު ވަގުތަށް މިމިސްކިތް ހުޅުއްވައި ދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދެވެ.

މިސްކިތް ހުޅުއްވައި ދެއްވުމަށްފަހު އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވަނީ، މިސްކިތްތައް ސާފުތާހިރު ކަމާއި އެކު ބެލެހެއްޓުމުގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.

މިއަދު ހުުޅުވި، މި މިސްކިތަށް ދީފައިނަމަކީ، "މަސްޖިދުލް ޙަސަން އާދަމް" އެވެ.

އިސްލާމީ އާޓްގެ ފަރުމާތަކާއި، ފަންނުވެރިކަން ފެނިގެންދާ މި މިސްކިތަކީ، މިޒަމާނުގެ ފެންވަރަށް ބިނާކޮށްފައިވާ ވަރަށް ފުރިހަމަ މިސްކިތެކެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހާމަކޮށްފައިވާ ގޮތުގައި، ދެބުރިއަށް ޢިމާރާތްކޮށްފައިވާ މި މިސްކިތުގައި، ދަތިނުވެ 1500 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެއެވެ. އަދި މިމިސްކިތުގައި އަންހެނުންނަށް ނަމާދު ކުރުމަށް ޚާއްޞަ ބަޔަކާއި އިސްކުރުބަރިއެއްވެސް ހަދާފައި ވެއެވެ.

ހުޅުމާލެ ފޭސް 2ގައި ހުޅުވުނު އެންމެ ފުރަތަމަ ދާއިމީ މިސްކިތަކީ، މަސްޖިދު ޢަމީލް ޖަލީލު އެވެ. 

ހުޅުމާލެ ފޭސް 2 ގައި ދާއިމީ އިތުރު މިސްކިތްތައް ބިނާކުރުމަށްޓަކައި މިހާރުވެސް، 4 ފަރާތަކަށް ވަނީ ބިން ދޫކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.