Advertisement

ފަރެސް މާތޮޑާ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް، އަޙްމަދު ޒައީމް ---

07 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ފަރެސް މާތޮޑާ ދާއިރާގެ ކެންޑިޑޭޓަށް ހަމަލާދިނުން އެމްޑީޕީން ކުއްވެރިކޮށްފި

މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހުގެ ފަރެސް މާތޮޑާ ދާއިރާގެ ކެންޑިޑޭޓް، އަޙްމަދު ޒައީމްގެ ގަޔަށް ކަޅުތެޔި ޖަހައި ދިން ހަމަލާ އެމްޑީޕީން ކުއްވެރިކޮށްފިއެވެ.

އެމްޑީޕީން ބުނެފައި ވަނީ އެއަމަލަކީ ވަރަށް ދަށުދަރަޖައިގެ ފިނޑިއަމަލެއް ކަަމަށާއި އެކަން އެޕާޓިން ކުއްވެރިކުރާ ކަމަށެވެ.

ފަރެސް މާތޮޑާ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް، އަޙްމަދު ޒައީމްގެ ގަޔަށް ބަޔަކު ކަޅުތެޔޮ ޖަހާފައި ވަނީ، ދައުލަތުގެ މީޑިއާއިން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ ބަހުސްގައި ބައިވެރިވެވަޑައިގެންނެވުމަށް ތައްޔާރުވެވަޑައިގެން، ބަހުސަށް ޓީވީ ބިލްޑިންގއަށް ދިޔަ މަގުމަތީގައެވެ. 

އެމްޑީޕީ ކެންޑިޑޭޓް، އަޙްމަދު ޒައީމްގެ ގަޔަށް ކަޅުތެޔޮޖެހުން ކުއްވެރިކުރައްވައި، އެމްޑީޕީގެ ރައީސް ޢަބުދުﷲ ޝާހިދުވެސް ވަނީ އެމައްސަލަ ބެލުމަށް ކަމާބެހޭ ފަރާތްތަކަށް ވަނީ ގޮވާލައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާގެ ގޮނޑި އެންމެ ފަހުން ފުރުއްވާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުހައްމަދު ލަޠީފެވެ. އެމަނިކުފާނު އެގޮނޑިން އިސްތިއުފާ ދެއްވީ، 2023 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމަށް އެމަނިކުފާނު އިންތިޚާބުވެވަޑައިގެންނެވުމާއި ގުޅިގެންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.