Advertisement

ހުސައިން ޝާފިޢު ބޮޑު ކަންނެއްޔާއި އެކު --

07 Mar 2024
ޚަބަރު

ހުޅުމާލޭ ގޮނޑުދޮށުން މީހަކު ބޮޑު ކަނެއްޔެއް ހިފައިފި

ހުޅުމާލޭ ގޮނޑުދޮށުން ރޭ މީހަކު ބޮޑު ކަންނެއްޔެއް ހިފައިފިއެވެ.

އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓް ހުސައިން ޝާފިއު، ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، މިޔަރުގެ ހަމަލާއަކުން ސަލާމަތްވާން ގޮނޑުދޮށަށް އައި ބޮޑު ކަންނެއްޔެއް އޭނާ ހިފާފައިވާ ކަމަށެވެ. އެއާއެކު އެކަންނެލީގެ ވީޑިއޯވެސް އޭނާ ވަނީ އާއްމުކޮށްފައެވެ.

ހުސައިން ޝާފިއު އެކްސްގައި ކުރި ޕޯސްޓް --

ކަންނެލި ހުޅުމާލެ އިރުމަތީ ފަރާތު ގޮނޑުދޮށުން ރާޅުޖަހާފަށުގައި ތެޅިތެޅި އޮތް އިރު، އެތާނގެ ކައިރީގައި މިޔަރުތައް އުޅޭ މަންޒަރުވެސް ފެނެއެވެ.

ހުޅުމާލެ ގޮނޑުދޮށުން ރޭ ހިފި އެކަންނެއްޔަކީ، ފަސްދޮޅަހަކަށް ކިލޯ ހުންނަ ވަރުގެ ބޮޑު ރީނދޫ އުރަހަ ކަންނެއްޔެކެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.