Advertisement

އެމްޑީޕީގެ ރައީސް ޢަބުދުﷲ ޝާހިދު --

27 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

ދިވެހި ރައްޔިތުން ގޮވަމުން ދަނީ މިސްރާބު ހަމަމަގަށް އެޅުވުމަށް: ޢަބުދުﷲ ޝާހިދު

ދިވެހި ރައްޔިތުން ގޮވަމުން ދަނީ މިސްރާބު ހަމަމަގަށް އެޅުވުމަށް ކަމަށާއި، މަޖިލިސް އިންތިޚާބުގައި އެމްޑީޕން ނުކުތީ ޤައުމު ހަމަ މަގަށް އެޅުވުމަށްޓަކައި ކަމުގައި އެމްޑީޕީގެ ރައީސް އަދި އެމްޑީޕީ ސަރުކާރުގެ ފޮރިން މިނިސްޓަރ ޢަބުދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ، އެމްޑީޕީން އެޕާޓީގެ ރަސްމީ ކެމްޕޭން ލޯންޗު ކުރުމަށް ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

ޢަބުދުﷲ ޝާހިދު ވިދާޅުވީ، މިއަދު އެމްޑީޕީން ނުކުމެ އޮތީ ދިވެހި ރައްޔިތުން ގޮވާ ގޮވުން އެނގިގެން ކަމަށެވެ. އަދި ރައްޔިތުން ގޮވަމުންދާ ގޮވެއްޔަކީ، މިސަރުކާރުގެ މިސްރާބު ހަމަމަގަށް އަޅުވައިދިނުމަށް ގޮވާ ގޮވުން ކަމަށެވެ.

މީގެ ކުރިންވެސް ޢަބުދުﷲ ޝާހިދު އެމަނިކުފާނުގެ ވާހަކަފުޅުގައި ތަކުރާރު ކުރައްވާ ފަދައިން ރޭ ވެސް ވިދާޅުވީ، މިސަރުކާރު އުފެދިގެން އައީ ރައްޔިތުންގެ މެދުގައި ދޮގުވާހަކަތަކާއި ފިތުނަވެރި ވާހަކަތައް ފަތުރައިގެން ކަމަށެވެ. އަދި ވެރިކަމުގެ ފުރަތަމަ 100 ދުވަސް ނިމިގެން ދިޔައިރު ރައްޔިތުންނަށް އެކަން އެނގި ހާމަވެފައިވާ ކަމުގައިވެސް ޝާހިދު ވިދާޅުވިއެވެ.

"ބުހުތާނު ދޮގުހަދައިފި. ބޮޑުތަނުން އޮޅުވާލައިފި. ޚަރާބުކޮށްފި. މުޅިން ޚަރާބުކޮށްފި. ފިތުނަކޮށްފި. ގަދަޔަށް ފިތުނަކޮށްފި. މިސްރާބު ގެއްލިއްޖެ. ކަތިވެއްޖެ. ފާލުން ނެއްޓިއްޖެ. ދިވެހި ރައްޔިތުން ގޮވަމުން ގެންދަނީ ދޮގު ދޮލަނގު ކުނިވެއްޖެޔޭ." 

ޢަބުދުﷲ ޝާހިދު - އެމްޑީޕީގެ ރައީސް

ޢަބުދުﷲ ޝާހިދު ވިދާޅުވީ، ސަރުކާރުން ހަދަމުންދާ ދޮގުތައް ރައްޔިތުންނަށް އެނގި ހާމަވެ، ފުދިއްޖެ ކަމުގައި ރައްޔިތުން އަންނަނީ ބުނަމުން ކަމަށެވެ. 

ޢަބުދުﷲ ޝާހިދުގެ ވާހަކަފުޅުގައި ވަނީ، މިސަރުކާރުގައި ރާއްޖޭގެ އިޤުތިޞާދީ ޙާލަތު ދަށަށް ގޮސް ދޭދޭ ޤައުމުތަކާއި އެކު އޮތް ޚާރިޖީ ގުޅުންތައް ކެނޑިގެން ގޮސް، މީގެ ކުރިން ޤައުމު ވެއްޓިފައި ނުވާފަދަ ދަރަޖައަކަށް، ޤައުމު ވެއްޓިފައިވާ ކަމަށެވެ.

އެމްޑީޕީން ރޭ ބޭއްވި މަޖިލިސް އިންތިޚާބުގެ ކެމްޕޭން ލޯންޗު ކުރުމުގެ ޖަލްސާގައި އެޕާޓީން ވަނީ، ކެންޑިޑޭޓުން ތަޢާރަފްކޮށް ރަސްމީކޮށް ކެމްޕޭން ފެށިކަން އިޢުލާނުކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.