Advertisement

27 Feb 2024
ޚަބަރު
މިފްތާޙް މުޙައްމަދު

އެމްޑީޕީގެ މެޖޯރިޓީ މަޖިލީހުން ފާސްކުރީ ރައްޔިތުންނަށް ލާބައާއި މަންފާ ކުރާނެ ގާނޫނުތައް: ޖީހާން

ފުރަތަމަ ފަހަރަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބުނު 19 ވަނަ މަޖިލީހުގައި އެ ޕާޓީއިން ފާސްކޮށްފައިވާނީ ރައްޔިތުންނަށް ލާބައާއި މަންފާކުރާނެ ގާނޫނުތަކެއްކަމަށް، ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަޙްމޫދު ވިދާޅުވެއްޖެއެވެ. ޖީހާން މިހެން ވިދާޅުވީ، އެމްޑީޕީގެ މަޖިލިސް ކެމްޕޭން  ފެށުމުގެ ގޮތުން "މިސްރާބު ހަމަމަގަށް" މިނަމުގައި އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޖީހާންގެ ވާހަކަފުޅުގައި ޕީޕީއެމްގެ މެޖޯރިޓީ އޮތް 18 ވަނަ މަޖިލީހާއި، އެމްޑީޕީގެ މެޖޯރިޓީ އޮތް 19 ވަނަ މަޖިލީހުގެ މަސައްކަތްތަކުގައި ހުރި ފަރަގަށް އަލިއަޅުވާލެއްވިއެވެ. ޖީހާން ވިދާޅުވީ، އެ ދެ ދައުރުން ފެނިގެންދާނީ، ބާރުވެރިކަމާ، ބިރުވެރިކަމާ އޮތް ފަރަގު ކަމުގައެވެ. އެގޮތުން 18 ވަނަ މަޖިލީހުގެ މަސައްކަތްތައް ބައްޓަންކޮށްފައި އޮތީ ސަރުކާރު ބާރުވެރިކުރުވުމަށް ކަމަށާއި، އެޔާ ޚިލާފަށް 19 ވަނަ މަޖިލީހުގެ މަސައްކަތްތައް ބައްޓަންކޮށް ކުރިޔަށް ގެންދިޔައީ ރައްޔިތުން ބާރުވެރި ކުރުވުމަށް ކަމުގައި ވިދާޅުވިއެވެ

"އެމްޑީޕީގެ މެޖޯރިޓީއެއް އޮތް މަޖިލީހަކާ، އެހެން ޕާޓީތަކެއްގެ މެޖޯރިޓީއެއް އޮތް މަޖިލީހަކާ އޮތް ފަރަގު ވަރަށް ތަފާތު. އެއީ ބާރު-ވެރިކަމާ ބިރު-ވެރިކަމާ އޮތް ތަފާތު. 18 ވަނަ ރައްޔިތުންގެ މަޖިލީހަށް ބައްލަވާލައްވާ. 18 ވަނަ މަޖިލީހުގައި ފާސްކުރި ގާނޫނުތަކުގެ ތެރޭގައި، މުޅިން ވެސް ގާނޫނުތައް ފަރުމާކޮށް ބައްޓަންކޮށްފައިހުރީ، ސަރުކާރުން ބޭނުންވިގޮތަށް ގާނޫނުތައް ބަދަލުކޮށްގެން، ރައްޔިތުންނަށް އޮޅުވާލާ، ރައްޔިތުންނަށް ދެރަ ދިނުމަށް."

އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުގެ ފަރަގަށް އަލިއަޅުވާލަމުން ޖީހާން ވިދާޅުވިއެވެ.

މި ފަރަގު ތިލަކޮށްދިނުމަށް މިސާލު ޖައްސަވަމުން ޖީހާން ވިދާޅުވީ، ސަރުކާރު ބާރުވެރި ކުރުވުމަށް 18 ވަނަ މަޖިލީހުން އަބުރުގެ ގާނޫނާއި، ޓެރަރިޒަމްގެ ގާނޫނުތައް ފަދަ ގާނޫނުތަކާއެކު ރައްޔިތުންގެ އެތައް މިނިވަންކަމެއް ނިގުޅައިގަނެ، އެމްޑީޕީގެ އެތައް މެމްބަރުންނަކަށް ނުހައްގުން އަނިޔާ ދިން ކަމަށެވެ. ނަމަވެސް އެމްޑީޕީގެ މެޖޯރިޓީ އޮތް 19 ވަނަ މަޖިލީހުން ފާސްކުރި ގާނޫނުތަކުގެ ތެރޭގައި، ކުޑަކުދިންގެ ހައްގުތަކުގެ ގާނޫނު، ކުޑަކުދިންގެ އަދުލުގެ ގާނޫނު، މިނިމަމް ވޭޖް، ސާވިސް ޗާޖު ލާޒިމްކުރުން، ތައުލީމުގެ ގާނޫނު، މަތީ ތައުލީމުގެ ގާނޫނު، އާމްދަނީގެ ޓެކްސް، މަސްވެރިކަން، ފެނާއި ނަރުދަމާގެ ގާނޫނު، އިންޑަސްޓްރިއަލް ރިލޭޝަންސް ބިލް އަދި ޖަމްއިއްޔާތަކުގެ ގާނޫނު ހިމެނޭކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، މިހާރުގެ ސަރުކާރުން ވެރިކަމަށް އައުމަށް ރައްޔިތުންނަށް ދޮގުހަދާ އޮޅުވާލާފައިވާކަން ފަޅާ އަރަމުން އަންނަކަމަށް ވެސް ޖީހާންގެ ވާހަކަުފުޅުގައި ފާހަގަކުރެއްވިއެވެ. އެގޮތުން، ވެންޓިލޭޓަރު މައްސަލައިގައި ދިވެހި ދައުލަތަށް ބަދަލު ދޭންޖެހޭ ގޮތަށް ހޯމަ ދުވަހު ނިމިގެން ދިއުމުގެ މާނައަކީ، ވެންޓިލޭޓަރު ވައްކަމޭ ކިޔައިގެން ދެކެވުނު ވާހަކައަކީ ހަގީގަތެއް ނޫންކަމަށެވެ.

"ފަހަރަކު ދޮގެއް، ފަހަރަކު ދޮގެއް ދަނީ ފަޅާއަރަމުން. މިއަދު އަޅުގަނޑުމެނަށް ޔަގީން ވެއްޖެ، ވެންޓިލޭޓަރު ވައްކަމޭ ކިޔައިގެން އެ ދެއްކި ވާހަކައަކީ ރޯ ބުހުތާނު ދޮގުކަން. އާބިޓްރޭޝަން ކޯޓުން މިއަދު ހުކުމްކޮށްފި، ދިވެހި ސަރުކާރަށް ދުބާއީ ކުންފުނިން 34 މިލިއަން ރުފިޔާ ދައްކަން. އޭގެ މާނައަކީ އެ ދެއްކި ހުރިހާ ވާހަކައަކީ ދޮގު ވާހަކައޭ، ދިވެހި ސަރުކާރުން ވައްކަމެއް ނުކުރެއޭ، އެ ކުންފުނިން އެއްބަސްވިގޮތަށް، ދިވެހި ރާއްޖެއަށް ވެންޓިލޭޓަރު ފޯރުކޮށް ނުދެވުނީއޭ."

ވެންޓިލޭޓަރު މައްސަލައާ ގުޅިގެން ޖީހާން ވިދާޅުވިއެވެ.

މީގެ އިތުރުން، ޗާގޯސް މައްސަލައާ ގުޅިގެން އެޓާނީ ޖެނެރަލް އޮފީހުން ހޯމަ ދުވަހު ނެރުނު ބަޔާނުން ދޭހަވަނީ، ކަނޑު ވިއްކާލީއޭ ކިޔައިގެން ދެއްކި ވާހަކައަކީ ވެސް ދޮގު ވާހަކައެއް ކަމަށް ޖީހާން ވިދާޅުވިއެވެ. އެ މައްސަލާގައި ރައީސް ޞާލިޙްގެ ސަރުކާރުން ބުނަމުން ދިޔައީ އެއީ ދިވެހިރާއްޖެއަށް އިޓްލޮސްގައި އެޕީލް ކުރެވޭނެ މައްސަލައެއް ނޫންކަމަށެވެ. އަދި އޭޖީއިން ނެރުނު ބަޔާނުގައި ވެސް އޮތީ އެހެންނެވެ.

މި ހުރިހާ ކަމަކަށް ރިއާޔަތްކޮށް، އެމްޑީޕީއަށް ވިހި ވަނަ މަޖިލީހުގެ މެޖޯރިޓީ ދިނުމަށް ޖީހާން ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.