Advertisement

27 Feb 2024
ޚަބަރު
މިފްތާޙް މުޙައްމަދު

ވެރިކަން ބަދަލުވުމާއެކީ އައްޑޫގެ ތަރައްގީ މަޑު ޖެހިއްޖެ: މެމްބަރު ނާޒިލް

ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި އައްޑޫ ސިޓީ ދެކެމުން އައި ތަރައްގީ މަޑުޖެހިއްޖެ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު، އަދި ވިހި ވަނަ މަޖިލީހުގައި ވެސް އެ ދާއިރާއަށް އެމްޑީޕީ ޓިކެޓުގައި ވާދަކުރައްވާ އިބްރާޙިމް ނާޒިލް ވިދާޅުވެއްޖެއެވެ. ނާޒިލް މިހެން ވިދާޅުވީ، އެމްޑީޕީގެ މަޖިލިސް ކެމްޕޭން  ފެށުމުގެ ގޮތުން "މިސްރާބު ހަމަމަގަށް" މި ނަމުގައި މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނާޒިލް ވިދާޅުވީ އައްޑޫ ސިޓީއަށް ނިމިދިޔަ ސަރުކާރުން ގެންނަމުން ދިޔަ ތަރައްގީ މިހާރު މަޑުޖެހިފައިވާ ކަމަށާއި، މަޝްރޫއުތައް ހިނގަމުން އައި ދުވެއްޔަށް ބޮޑު ތަނުން ބަދަލު އައިސްފާވާކަމުގައެވެ. އެގޮތުން، މަޝްރޫއުތައް ހިންގުމަށް ބޭނުންކުރާ ބައެއް އާލާތްތައް ގެއްލި، އެކަންކަމާ ޒިންމާވާނެ ފަރާތެއް ވެސް މިހާރު ނެތް ކަމަށް ނާޒިލް ވިދާޅުވިއެވެ.

"ނިމިދިޔަ ފަސް އަހަރު އައްޑޫ ސިޓީ ދެކެމުން އައި ތަރައްގީ އަނެއްކާ މަޑުޖެހިއްޖެ. މަޝްރޫއުތައް ލަސްވެއްޖެ. ސްލޯވެއްޖެ."

އައްޑޫ ސިޓީގެ މަޝްރޫއުތަކާ ގުޅިގެން ނާޒިލް ވިދާޅުވިއެވެ.

އައްޑޫގެ ހާލަތައް އަންނަމުންދާ ބަދަލުތަކަށް އަލިއަޅުވާލަމުން ނާޒިލް ދެން ފާހަގަކުރެއްވީ އައްޑޫ ސިޓީގެ ކަރަންޓުގެ ޚިދުމަތުގެ ވާހަކައެވެ. އެގޮތުން މާޒީއަށް އިޝާރާތް ކުރައްވައި ނާޒިލް ވިދާޅުވީ، ޕީޕީއެމްގެ ވެރިކަމުގައި ދެއިރު ދެދަޅައަށް އައްޑޫއިން ކަރަންޓު ކެނޑިގެން ދިޔަކަމަށެވެ. އަދި މިހާރު އަނެއްކާ އެ ދުވަސް އިޔާދަވާން އުޅޭކަމުގެ އިހުސާސް ކުރެވެން ފަށައިފިކަމަށް އޭނާ ވިދާޅުވިއެވެ.

"ކަރަންޓު ކެނޑެން ފަށައިފި. މީގެ ފަސް އަހަރު ކުރިން ޕީޕީއެމް ވެރިކަމުގައި ހެނދުނު އެއް ގަޑިއިރު، ހަވީރު އެއް ގަޑިއިރު އައްޑޫގައި ކަރަންޓު ކެނޑުނު. މިއީ ހަގީގަތް. އަޅުގަނޑުމެންގެ ސިކުނޑީގައި އެ ހަނދާންތައް ކްލިކްވާން ފަށައިފި."

އައްޑޫގެ ކަރަންޓުގެ ހިދުމަތަށް އަލިއަޅުވާލަމުން ނާޒިލް ވިދާޅުވިއެވެ.

ނާޒިލް ވިދާޅުވީ އަލުން އަނބުރާ އެ ދުވަސް ދެކެން ބޭނުން ނުވާކަމަށާއި، މިސްރާބު ހަމަ މަގަށް އަޅުވަން ޖެހޭ ކަމުގައެވެ. އަދި އެމްޑީޕީގެ ސަރުކާރުގައި އައްޑޫ ސިޓީގެ ރައްޔިތުން ކަނު އަނދިރީގައި އުޅެން ނުޖެހޭ ކަމުގައި ވެސް ފާހަގަކުރެއްވެވިއެވެ.

ނާޒިލްގެ ވާހަކަފުޅު ނިންމަވާލެއްވުމުގެ ކުރިން ދެކުނުގެ މަސްވެރިންގެ އަޑު ވެސް އިއްވަވާފައިވެއެވެ. އެގޮތުން، މަސް ކިރުމަށްފަހު 75 ދުވަސްވެފައިވާ މަސްވެރިންގެ ބިލުތަކަށް ފައިސާ ދިނުމަށް ސަރުކާރަށް ގޮވާލެއްވިއެވެ.

"އައްޑޫ ސިޓީގެ ރައްޔިތުން، ހާއްސަކޮށް ދެކުނުގެ މަސްވެރިން ބުނަމުން އެދަނީ 48 ގަޑިއިރުގެ ތެރޭގައި ޑޮލަރުން ނުލިބުނަސް، ދިވެހި ރުފިޔާއިން ނަމަވެސް ބިލުގެ ލާރިކޮޅު ދޭށޭ. 75 ދުވަސް ވެއްޖެ، ބައި ރުފިޔާއެއް ވެސް ނުލިބި. ގަޑިއިރުން ގުނާލިއިރު މިހާރު 2000 ގަޑިއިރާ ކައިރިޔަށް ގޮއްސި. އަވަސްކުރާށޭ!"

މަސްވެރިންގެ އާދޭސް އިއްވަމުން ނާޒިލް ވިދާޅުވިއެވެ.

މިކަންކަން ހަމަ މަގަށް އަޅުވައި، ހައްލު ހޯދޭނެ ގޮތެއް ކޮންމެހެން ވެސް ބޭނުންވާކަމުގައި ނާޒިލް ވަނީ ވިދާޅުވެފައެވެ. އެގޮތުން ކަންތައްތައް ބޮއްސުންލައި، ސަރުކާރުގެ ފުށުން ރައްޔިތުންނާ ގުޅުންހުރި މިފަދަ ކަންކަމުގައި ފަރުވާ ކުޑަކުރަމުން އަންނާތީ، މިކަން ކަމުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އައްޑޫގެ ރައްޔިތުން އެމްޑީޕީގެ ކެނޑިޑޭޓުންނަށް ވޯޓު ދޭން ޖެހޭކަމުގައި އޭނާ ވިދާޅުވިއެވެ. އަދި ސަރުކާރުގެ މި ކަންކަމަށް ފާރަވެރި ނުވެއްޖެނަމަ، ނަތީޖާ ހިތިވާނެކަމަށް ނާޒިލް ސިފަކުރެއްވިއެވެ

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.