Advertisement

އެމްޑީޕީގެ ޗެއާ ޕަރސަން، ފައްޔާޒް އިސްމާޢީލް

26 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

ރާއްޖެ އިތުރު އަނދަވަޅަކަށް ވައްޓާ ނުލާ އަދިވެސް ހިފެހެއްޓޭނީ އެމްޑީޕީއަށް މެޖޯރިޓީ އޮވެގެން: ފައްޔާޒް

ރާއްޖެ އިތުރު އަނދަވަޅަކަށް ވައްޓާ ނުލާ އަދިވެސް ހިފެހެއްޓޭނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް އޮވެގެން ކަމުގައި އެމްޑީޕީގެ ޗެއާ ޕާރސަން ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް މިހެން ވިދާޅުވީ، އެމްޑީޕީގެ މަޖިލިސް ކެމްޕޭންޝިއާރު "މިސްރާބު ހަމަަގަށް" މި ޝިއާރުގެ ދަށުން މިރޭ ބޭއްވި މަޖިލިސް ކެމްޕޭން ލޯންޗު ކުރުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފައްޔާޒު ވިދާޅުވީ، މިއަދުވެސް ސަރުކާރަށް އަނިޔާވެރިކަމަށް ދާން ނުކެރިގެން އެއުޅެނީ އެމްޑީޕީ އަތުގައި މެޖޯރިޓީ އޮތީމާ ކަމަށެވެ.

ފައްޔާޒް ވިދާޅުވީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ރައްޔިތުން ކުރިޔަށްލާ ރައްޔިތުންގެ ހައްޤުގައި ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. އެހެން ނަމަވެސް އެސަރުކާރު ވައްޓާލީ ރައްޔިތުންގެ ތެރޭގައި އަނިޔާވެރިކަން ޤާއިމްކުރުމަށް ބޭނުންވާ ބައެއް ކަމުގައެވެ.

ފައްޔާޒް ވިދާޅުވީ، 2013އިން 2018އަށް އުފެދުނު ވެރިކަމަކީ، ވޯޓު އޮޅުވާލައިގެން އުފެދުނު ސަރުކާރެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި އެއީ މިހާތަނަށް ފެނުނު އެންމެ އަނިޔާވެރި ސަރުކާރު ކަމަށެވެ. އެހެން ނަމަވެސް އެކަން ގިނަ ބަޔަކު ހަނދާން ނެތިއްޖެ ކަމަށާއި، އެކަމުގެ ސަބަބަކީ، 2018 ވަަނަ އަހަރު އުފެދިގެން ދިޔަ އެމްޑީޕީގެ ސަރުކާރާއި އެކު ޤާއިމްވި ހެޔޮވެރިކަން ކަމުގައި ފައްޔާޒް ވިދާޅުވިއެވެ.

"އެހަނދާން ނެތުނު ސަބަބަކީ، 2018 ވަނަ އަހަރު އަނެއްކާވެސް، ރައީސް ޞާލިޙް އެމްޑިޕީގެ ރިޔާސީ ކެންޑިޑޭޓް، ދިވެހިރާއްޖޭގެ ވެރިކަމަށް ވަޑައިގެން ވޭތުވެ ދިޔަ 5 އަހަރު، ކުރެއްވި ހެޔޮވެރިކަމުގެ ސަބަބުން، އަޅުގަނޑުމެން މިޕާޓީ ފުރަތަމަ ވުޖޫދަށް އައި ކަންތައްތައް ތަންފީޒް ކުރެވުނީމާ، އަޅުގަނޑުމެންގެ އަމާޒުތައް ޙާސިލްވެ ނިމެނީ. އޭގެ ސަބަބުން އަޅުގަނޑުމެން މިތިބީ ވަރަށް ބޮޑަށް ހަނދާން ނެތިފައި، ކިހިނެއް ކިހިނެއްކަން ކުރިން ކަންތައްތައް ދިޔައީ. އެހާވަރަށް އަޅުގަނޑުމެންނަށް އެ ޙައްޤުތައް ވަނީ ޙިމާޔަތްކުރެވިފައި. އަޅުގަނޑުމެންނަށް ވަނީ ދިވެހިރާއްޖެއަށް ތަރައްޤީ ގެނެވިފައި"

އެމްޑީޕީގެ ޗެއާ ޕާރސަން ފައްޔާޒް އިސްމާއީލް 

ފައްޔާޒް ވިދާޅުވީ، ވެރިކަން ބަދަލުވެގެން ދިޔައީ އެމްޑީޕީގެ އެތެރޭގަައި ހިނގައި ދިޔަ ކަންތައްތަކުގެ ސަބަބުންނާއި، މިސަރުކާރުގެ ވެރިން ދޮގާއި ފިތުނަވެރި ވާހަކަތައް ފަތުރައި ކުރި މަސައްކަތް ތަކުގެ ސަބަބުން ކަމަށެވެ. 

ފައްޔާޒު ވިދާޅުވީ، ޕީޕީއެމް ޕީއެންސީގެ ވެރިކަމެއް އައިސްފިނަމަ އަނެއްކާވެސް ކުރީގައި އޮތް ފަދަ އަނިޔާވެރި ވެރިކަމެއް ޢިއާދަ ވެދާނެ ކަމުގެ ކޮޅުމަތި ފެންނަމުންދާ ކަމުގައި، ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ތެރޭގައިވެސް ދަންނަވާފައި ވާނެ ކަމަށެވެ.

ފައްޔާޒް ވިދާޅުވީ، ޑިމޮކްރެޓިކް ހަމަތައް ޤަބޫލު ނުކުރާ ބަޔަކަށް ޑިމޮކްރެޓިކް ވެރިކަމެއް ކުރެވޭނެ ކަމަށް ޤަބޫލު ނުކުރެވޭނެ ކަަމަށެވެ. އަދި މިސަރުކާރަށް 3 މަސްދުވަސް ވެގެން ދިޔައިރު، ފެންނަމުން މިދަނީ އެމަގަށް (އަނިޔާވެރި ކަމަށް) ދާތަން ކަމަށާއި، ވެރިކަމަށް 100 ދުވަސް ވީއިރު 300 ދޮގު ހަދައިފި ކަމުގައިވެސް ފައްޔާޒު ވިދާޅުވިއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އެމްޑީޕީން ސުޕަ މެޖޯރިޓީ ހޯދި އިރު، މިހާރުވެސް ރައްޔިތުން މަޖިލީހުގައި 43 މެމްބަރުންނާއި އެކު މަޖިލީހުގެ މެޖޯރިޓީ ޕާޓީއަކީ އެމްޑީޕީއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.