Advertisement

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ---

26 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

ޕާޓީގައި ދެމި ތިބުމަށް ވަޢުދުވެ އިޤުރާރުވުމާއިއެކު އެމްޑީޕީގެ ކެންޑިޑޭޓުންގެ ރަސްމީކެމްޕޭން ފަށައިފި

ރައްޔިތުންގެ މަޖިލީހުންގެ އިންތިޚާބުގައި، ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުން، މަޖިލީހަށް އިންތިޚާބު ވުމަށްފަހުގައި، ޕާޓީގައި ދެމި ތިބުމަށް ވަޢުދުވެ ވީ ޢިޤުރާރާއި އެކު، އެމްޑީޕީގެ ރަސްމީ މަޖިލިސް ކެމްޕޭން މިރޭ ފަށައިފިއެވެ.

"މިސްރާބު ހަމަމަގަށް" މި ޝިއާރުގެ ދަށުން މިރޭ، އެމްޑީޕީގެ ރަސްމީ ކެމްޕޭން ފަށާފައި ވާއިރު، މިޖަލްސާގައި އެމްޑީޕީގެ އެޑްވައިޒަރ އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙާއި، އެމްޑީޕީގެ އައު ރައީސް ޢަބުދުﷲ ޝާހިދާއި، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި، އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި އާއްމު މެމްބަރުންގެ ތެރެއިން ގިނަ އަދަދެއްގެ މެމްބަރުން ބައިވެރިވިއެވެ.

މިޖަލްސާގައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުން ތަޢާރަފްކޮށްފައެވެ. އަދި ކެންޑިޑޭޓުންނަށް ވާހަކަ ދެއްކުމަށް ފުރުޞަތު ދީފައިވެއެވެ.

މިޖަލްސާގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ހުވާގެ އިޤުރާރު ލައިދެއްވީ އެޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލެވެ. މިއީ މިގޮތަށް އިންތިޚާބެއްގައި ވާދަކުރަން ނުކުންނަ ކެންޑިޑޭޓުން އިންތިޚާބު ކާމިޔާބު ކުރުމަށްފަހުގައި ޕާޓީގައި ދެމި ތިބުމަށް މިގޮތަށް އާއްމުޖަލްސާއެއްގައި ވަޢުދުވެ އިޤުރާރުވި ފުރަތަމަ ފަހަރެވެ.

މިޖަލްސާގައި އެމްޑީޕީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވާހަކަފުޅުގައިވެސް، އެމްޑީޕީގެ ކެންޑިޑޭޓުން އެމްޑީޕީގައި ދެމި ތިއްބެވުމަށް އެދި ވަޑައިގަތެވެ.އަދި މިހާރު ހިނގަމުންދާ މަޖިލީހަށް ހުށައެޅިފައިވާ އެންޓި ޑިފެކްޝަން ޤާނޫނު މިދައުރުގެ ތެރޭގައި ފާސްކޮށްދެއްވުމަށްވެސް އެދިވަޑައިގެންނެވިއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީން ވަނީ، ތާރީޚީ ކާމިޔާބެއް ހޯދައި، މަޖިލީހުގެ ސުޕަރ މެޖޯރިޓީ ހޯދާފައެވެ. އެހެން ނަމަވެސް އެޕާޓީގެ 26 މެމްބަރަކު ވަނީ، އެމްޑީޕީ ދޫކުރައްވައި އެހެން ދެ ޕާޓީއަކާއި ގުޅިވަޑައިގެންފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.