Advertisement

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް --

26 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

މިފްކޯ އެސްޓީއޯގެ ދަށުން ވަކިކުރުމަކީ، ހެދި ގޯހެއް: ރައީސް ޞާލިޙް

ސަރުކާރުގެ މަސް މަސްކުންފުނި އެސްޓީއޯގެ ދަށުން ވަކިކުރުމަކީ މިސަރުކާރުން ހެދި ގޯހެއްކަމުގައި، ކުރީގެ ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އެމްޑީޕީގެ މަޖިލިސް ކެމްޕޭން  ފެށުމުގެ ގޮތުން "މިސްރާބު ހަމަމަގަށް" މިނަމުގައި މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމްޑީޕީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައިވެސް މިފްކޯ އެސްޓީއޯގެ ދަށުން ވަކިކުރުމަށް، ފިސީބިލިޓީތައް ހެދިކަމަށާއި އެހެން ނަމަވެސް އެގޮތް ރަނގަޅު ނުވި ކަމަށެވެ. އަދި މިއަދު މިފްކޯ އެސްޓީއޯގެ ދަށުގައި އޮތް ނަމަ އެކުންފުންނަށް ލޯނު ލިބޭނެ ގޮތްތައްވެސް ހޯދުނީސް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޞާލިޙް ވިދާޅުވީ، މަސްވެރިންނަށް ފައިދާ ހުރި ކަމެއްވެސް އަދި މިސަރުކާރަށް ކޮށްދެއްވިފައި ނުވާ ކަމަށެވެ.

"ޚާއްސަކޮށް މަސްވެރިންނަށް ފައިދާ ވާކަހަަލަ އެއްބަސްވުމެއް ހަދާ ތަނެއް އަދިއެއް އަޅުގަނޑަކަށް ގައިމުވެސް ނުފެނޭ. ޤައުމަކާއި އެކުގައި ފްރީ ޓްރޭޑް އެގްރިމެންޓެއް ތަންފީޒް ކުރަން ތައްޔާރަށް އޮތް ވާހަކަ ވިދާޅުވި. އެއަކުން ދިވެހިރާއްޖެއަށް ކުރާނެ މާބޮޑު ފައިދާއެއް ނެތް. އަޅުގަނޑުމެންނަށް ފައިދާއެއް ވާނީ، މަސްވެރިންނަށް ފައިދާއެއް ވާނީ، ރާއްޖެއިން ބޭރުކުރާ މަސް ގަންނަ ބަޔަކާއި އެކީގައި އެއްބަސްވުމެއް ހެދިގެން"

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް 

މިފްކޯ އެސްޓީއޯގެ ދަށަށް ގެނައީ، 2016 ވަނަ އަހަރު، ރައީސް ޔާމީނުގެ ސަރުކާރުގައެވެ. ރައީސް ޑޮކްޓަރ މުޙައްމަދު މުއިއްޒު ސަރުކާރާއި ހަވާލުވެވަޑައިގެންނެވުމަށްފަހުގައި، ހުސްވި އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު ވަނީ އެކުންފުނި އެސްޓީއޯގެ ދަށުން ވަކިކުރައްވައި ވަކިން ހިންގަންފަށާފައެވެ.

އެހެން ނަމަވެސް މިފްކޯގެ ކޭޝް ފްލޯއަށް ދިމާވެފައިވާ ދަތިތަކާއި އެކު އެކުންފުންޏަށް މަސްވެރިން ކިރުވާ މަހަށް ފައިސާ ނުދެވި، ސަރުކާރުން ދަނީ އެކުންފުންޏަށް ފައިސާ ދެމުންނެވެ.

މިފްކޯއަކީ ސަރުކާރުގެ މަސްކުންފުނީގެ ގޮތުގައި 1993 ވަނަ އަހަރު އުފައްދާފައިވާ ކުންފުންޏެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.