Advertisement

25 Feb 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ލީގުގެ ވަރުގަދަ އޮއިގައި ސިޓީ އާއި އާސެނަލް ވެސް އޮތީ ގަދަކޮށް

އިންގްލިޝް ޕްރިމިއަ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ މެންޗެސްޓަރ ސިޓީ އާއި އާސެނަލް ވެސް އެ ދެ ޓީމުން ކުޅުނު މެޗުތައް ކާމިޔާބުކޮށް 3 ޕޮއިންޓު ކަށަވަރުކޮށްފިއެވެ. ދެ ޓީމުން ވެސް އޮތީ ލީގު ރޭހުގައި ދުލެއް ނުދީ ކުރިޔަށް ދިއުމުގެ ވަރުގަދަ އަޒުމުގައެވެ.

ހޮނިހިރު ދުވަހުގެރޭ މެންޗެސްޓަރ ސިޓީއިން 1-0 އިން ބޯންމައުތު ބަލިކުރިފަހުން، އެ ރޭ ދަންވަރު އާސެނަލް ވަނީ 4-1 އިން ނިއުކާސްލް ޔުނައިޓެޑް ބަލިކޮށްފައެވެ. މި މޮޅާއެކު ލިބުނު 3 ޕޮއިންޓުން މެންޗެސްޓާ ސިޓީ ވަނީ ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލާ 1 ޕޮއިންޓު ކައިރިޔަށް ޖެހިލާފައެވެ. އަދި އާސެނަލް އޮތީ ލިވަޕޫލަށް ވުރެން 2 ޕޮއިންޓު މަދުން ލީގުގެ ތިންވަނައިގައެވެ

މެންޗެސްޓަރ ސިޓީއިން ބޯންމައުތު ކޮޅަށް ޖެހި ހަމައެކަނި ގޯލު ކާމިޔާބުކޮށްދީފައިވަނީ މިހާރު ރަގަޅު ފޯމެއްގައި ކުޅެމުން އަންނަ ފިލް ފޯޑެންއެވެ. މިއީ މި އަހަރު ފެށުނުފަހުން ގޯލާއި ބީރަށްޓެހި އާލިން ހާލަންޑު ޖެހި ބާރު ޝޮޓެއް، ބޯންމައުތު ކީޕަރު މަތަކުރަން އުޅުމުގެ ތެރޭގައި ފޯޑަން ކާމިޔާބު ކުރި ގޯލެކެވެ. މުޅި މެޗުގައި ވެސް ފޯޑަން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މެޗަށްފަހު ގާޑިއޯލާ ވަނީ އޭނާގެ ކުރިއެރުމާއި މޮޅު ހުނަރު ފާހަގަކޮށް، އެކަމަށް ތައުރީފު ވެސް ކޮށްފައެވެ.

ނިއުކާސްލްއާ ދެކޮޅަށް ކުޅުނު މެޗުގައި އާސެނަލް ފެނުނީ ނުހިފެހެއްޓޭވަރުގެ ޓީމެއްހާ ވަރުގަދަކޮށެވެ. އެއީ މި މެޗުގައި ނޫނަސް، މި އަހަރު ފެށުނު ފަހުން އެ ޓީމުން ދައްކަމުން އަންނަ ތަފާތު މޮޅު ކުޅުމެކެވެ

ނިއުކާސްލްގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް ގޯލަކާއެކު އާސެނަލްއަށް ލީޑު ލިބިފައިވަނިކޮށް، ކައި ހަވަޓްސް އެޓީމަށް ލީޑު ފުޅާކޮށްދިނީ މެޗުގެ 24 ވަނަ މިނެޓުގައެވެ. އާސެނަލްގެ ތިން ވަނަ ގޯލާއި ހަތަރު ވަނަ ގޯލު ކާމިޔާބުކުރީ ދެވަނަ ހާފުގައި ބުކަޔޯ ސަކާއާއި ޖަކުބް ކިވިއޯއެވެ

މި ނަތީޖާއާއެކު އާސެނަލް މިވަނީ ޕްރިމިއަ ލީގުގެ ރެކޯޑެއް ވެސް މުގުރާލާފައެވެ. އެއީ ޖެހިޖެހިގެން 7 ހާފުގައި 2 ގޯލު ނުވަތަ އެއަށްވުރެން ގިނަ ގޯލު ކާމިޔާބުކޮށްގެން ހަދާފައިވާ ރެކޯޑެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.