Advertisement

21 Feb 2024
ކުޅިވަރު

އުނދަގޫ މޮޅަކާއެކު ލީގުގެ ދެވަނައަށް މެންޗެސްޓަރ ސިޓީ

އިންގްލިޝް ޕްރިމިއަ ލީގުގައި އަންގާރަ ދުވަހުގެރޭ މެންޗެސްޓަރ ސިޓީ އާއި ލީގުގެ 14 ވަނައިގައި އޮތް ބްރެންޓްފޯޑު ބައްދަލުކުރި މެޗު މެންޗެސްޓަރ ސިޓީއިން ކާމިޔާބުކޮށްފިއެވެ. މި މެޗު މެންޗެސްޓަރ ސިޓީއިން ކާމިޔާބުކުރީ މެޗުގެ 71 ވަނަ މިނެޓުގައި ނޯވޭގެ ފޯވާޑް އާލިން ހާލަންޑު ޖަހައިދިން ގޯލަކާއެކު 1-0 އިންނެވެ.  

މި ނަތީޖާއާއެކު މެންޗެސްޓަރ ސިޓީ އިން މިވަނީ ލީގުގެ ދެވަނައަށް ކުރިޔަށް ޖެހިލައިފިއެވެ. އެގޮތުން ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ސިޓީއަށް މިހާރު ލިބިފައިވަނީ 56 ޕޮއިންޓެވެ. އެއީ ލީގުގެ 1 ވަނައިގައި އޮތް ލިވަޕޫލަށް ވުރެން 1 ޕޮއިންޓު މަދުންނެވެ. އަދި 3 ވަނައިގައި އޮތް އާސެނަލްއަށް ވުރެން 1 ޕޮއިންޓު ގިނައިންނެވެ

މިދިޔަ ހަފްތާ ބަންދުގައި މެންޗެސްޓަރ ސިޓީއިން ޗެލްސީއާ ބައްދަލުކުރި މެޗު އެ ޓީމަށޤ ކާމިޔާބު ކުރެވުނުނަމަ، ބްރެންޓްފޯޑާ ދެކޮޅަށް ހޯދި ނަތީޖާއާ އެކީ އެ ޓީމު ލީގުގެ އެއްވަނައަށް އެރީހެވެ. ނަމަވެސް އެ މެޗު ވަނީ 1-1 އިން އެއްވަރުވެފައެވެ. އެ މެޗުގައި ހާލަންޑަށް ވަނީ ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި، ބޭކާރުވެފައެވެ. ނަމަވެސް ބްރެންޓްފޯޑާ ދެކޮޅަށް ހާލަންޑުވަނީ ރަގަޅު ކުޅުމެއް ދައްކާފައެވެ. ސިޓީއިން މެޗު ކާމިޔާބުކުރި ގޯލަކީ ވެސް ހާލަންޑުގެ ގޯލެކެވެ

ބްރެންޓްފޯޑަކީ މެންޗެސްޓަރ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި އެ ޓީމު އެންމެ ފަހުން ބަލިކުރި ޓީމެވެ. އެއީ 2022 ވަނަ އަހަރުގެ ނޮވެމްބަރުގައެވެ. އަދި މިދިޔަ ސީޒަނުގައި ބްރެންޓްފޯޑުން ވަނީ ދެފަހަރަށް މެންޗެސްޓަރ ސިޓީ ބަލިކޮށްފައެވެ. އެއީ ފުރަތަމަ މެޗުގައި 2-1 އިން އަދި ދެވަނަ މެޗުގައި 1-0 އިންނެވެ. ނަމަވެސް މި ސީޒަނުގައި މި ދެ ޓީމު ކުރިން ބައްދަލުކުރި މެޗު 3-1 އިން ކާމިޔާބުކުރީ މެންޗެސްޓަރ ސިޓީއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.