Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

19 Feb 2024
ޚަބަރު

އިންތިހާބަށް އިތުރު އޮފިޝަލުން ބޭނުންވާކަމަށް އިލެކްޝަނުން ހާމަކޮށްފި

މަޖިލިސް އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވުމަށް އިތުރު އޮފިޝަލުން ބޭނުންވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައިފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ މިއަދު އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާޢީލް ހަބީބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާން ބޭނުންވާ ފަރާތްތަކުން ވީހާވެސް އަވަހަށް ފޯމު ހުށަހެޅުމަށް ހަބީބުވަނީ އެދިވަޑައިގަންނަވާފައެވެ.

ހަބީބު ވިދާޅުވީ މަޖިލިސް އިންތިޚާބުގައި އޮފިޝަލުންގެ ގޮތުގައި 6000 އެއްހާ މީހުން ބޭނުންވާ ކަމަށެވެ. ނަމަވެސް މިހާތަނަށް އެކަމަށް އެދި ފޯމު ހުށަހަޅާފައިވަނީ 5240 މީހުންނެވެ. އިތުރު އޮފިޝަލުން ބޭނުންވާ ރަށްތަކުގެ ތެރޭގައި ކުޅުދުއްފުށި ސިޓީ އާއި އައްޑޫ ސިޓީ އާއި މާލެ ސިޓީ އާއި ފެލިދެއަތޮޅުގެ ރަށްތައް ހިމެނެއެވެ.

ފޯމު ހުށަހެޅުމުގެ ފުރުސަތު މާޗު މަހުގެ 5 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާއިރު ވީހާވެސް އަވަހަށް ފޯމު ހުށަހެޅުމަށް ހަބީބު އެދިވަޑައިގެންނެވިއެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ މަޖިލިސް އިންތިޚާބުގައި ހަރަކާތްތެރިވާ އޮފިޝަލުންގެ އުޖޫރަވެސް ބޮޑުކުރައްވާފައެވެ.

މަޖިލިސް އިންތިޚާބު މިއަހަރުގެ ރަމަޟާން މަހާ ދިމާވާތީ އޮފިޝަލުންނަށް އުޖޫރައިގެ އިތުރުން ރަމަޟާން މަހުގެ އެލަވަންސެއް ދިނުމަށްވެސް ވަނީ ނިންމަވާފައެވެ. އެގޮތުން ރަމަޟާންމަހުގެ އެލަވަންސްގެ ގޮތުގައި 500 ރުފިޔާ ލިބޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. ކެއުމާއި ސައި، އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސަވައި ނުދެވޭނަމަ ކޮންމެ އޮފިޝަލަކަށް ރޯދަވީއްލުމުގެ ގޮތުގައި 250 ރުފިޔާއާއި ތަރާވީހުގެ ގޮތުގައި 100 ރުފިޔާ ދިނުމަށްވެސް އެ ކޮމިޝަނުން ވަނީ ނިންމަވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.