Advertisement

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ރައްޔިތުންގެ މަޖިލީހުގެ އަލިފުށި ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ޙުސައިން -- ފޮޓޯ: މަޖިލިސް

19 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

ރިޔާސީ ބަޔާނަށް ދިން ޖަވާބު: ޤައުމަށް ކުރިމަތިވެފައިވާ މުހިއްމު މައްސަލަތަކަށް އަލިއަޅުވާލާފައެއް ނެތް - އެމްޑީޕީ

ފެބުރުއަރީ މަހުގެ 5 ވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ، ޑރ މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވި ރިޔާސީ ބަޔާނުގައި، ޤައުމަށް ދިމާވެފައިވާ މުޙިއްމު މައްސަލަތަކަށް އަލި އަޅުވާލާފައި ނުވާކަމުގައި، އެމްޑީޕީން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުގެ މަތިން އިދިކޮޅު ޕާޓީން މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށައަޅުއްވާ ރިޔާސީ ބަޔާނަށް ޖަވާބުދޭން ޖެހެއެވެ. އެމްޑީޕީގެ ފަރާތުން ރިޔާސީ ބަޔާނަށް ޖަވާބު ދެއްވީ އެޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ރައްޔިތުންގެ މަޖިލީހުގެ އަލިފުށި ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ޙުސައިން (ބިގޭ)އެވެ.

މެމްބަރު ރަޝީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށައެޅުއްވި ރިޔާސީ ބަޔާނުގައި، ޤައުމަށް މިވަގުތު ދިމާވެފައިވާ މުޙިއްމު މައްސަލަތަކަށް އަލި އަޅުއްވާލާފައި ނުވާ ކަމަށާއި، ސަރުކާރުން ކުރެއްވުމަށް ގަސްތުކުރައްވާ ނުވަތަ ޕްލޭން ކުރައްވާ ކަންކަންވެސް ހިމަނުއްވާފައި ނުވާ ކަމަށެވެ. މިގޮތުން ރާއްޖޭގައި އޮތް އެންމެ ބޮޑު އިޖުތިމާޢީ މައްސަލަކަމުގައިވާ މަސްތުވާތަކެތީގެ މައްސަލައަށް އެއްވެސް މިންވަރަކަށް ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި އަލިއަޅުއްވާލައްވާފައި ނުވާކަން މެމްބަރު ރަޝީދު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ޤައުމުގެ އިޤުތިޞާދީ ހާލަތާއި މެދު ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި އިތުރުފުޅު ހައްދަވައި ސައްޙަ ނޫން މައުލޫމާތު ހިމަނުއްވާފައިވާ ކަމަށާއި، ރާއްޖެއަށް ކުރިމަތިވި އިޤުތިޞާދީ ދަތިކަން މެދުވެރިވާން ޖެހުނު ސަބަބުތައްވެސް ރިޔާސީ ބަޔާނުގައި އޮޅުވާލައްވާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މިސަރުކާރުން ދައުލަތުގެ ދަރަނީގެ ވާހަކަތައް ދައްކަވާއިރު، ދަރަނި އަދާކުރާއި ގުޅޭ ޕްލޭންތަކަކީ ކޮބައިކަން ހާމަކޮށްދެއްވާފައި ނުވުމަކީވެސް ޒިންމާދާރުކަން ކުޑައަމަލެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން ހުށައެޅުއްވީ، މިފެބުރުއަރީ މަހުގެ 5 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިސް މިދައުރަށް ހުޅުވުމުގެ ޖަލްސާގެއެވެ. ރައީސުލްޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްގައި ވަނީ ޝާއިޢުކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.