Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

19 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

ރާއްޖެއަށް ދިމާވެފައިވާ އޮތް މައްސަަލަތައް އެނގޭ: ރައީސް

ދިވެހިރާއްޖެއަށް ދިމާވެފައިވާ މައްސަލަތަކަކީ ކޮބައިކަން އެނގިވަޑައިގަންނަވާކަމަށާއި، ކެމްޕެއިނަށް ނުކުމެވަޑައިގަތީވެސް އެކަންކަން އެނގި ހުންނަވައިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިހާރު އެމަނިކުފާނު ދެކުނުގެ ހަތަރު އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެެރެއިން، އިއްޔެ އައްޑޫ ސިޓީ މަރަދޫ އަދި މަރަދޫ ފޭދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖެއަށް ދިމާވެފައިވާ މައްސަލަތަކުގެ ތެރެއިން އިޤުތިޞާދީ މައްސަލަތައް ހައްލުކުރުމަށް މިސަރުކާރުން މަސައްކަތްތައް ކުރަމުން ގެންދާ ކަމަށެވެ. މިގޮތުން ރާއްޖޭގެ އިޤުތިޞާދީ އެޖެންޑާއަށް އައިއެމްއެފްއިން މަރުޙަބާ ކިޔާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިޤުތިޞާދު މިއަދު އޮތް ހާލަތުން އަރައިގަންނަން އުނދަގޫ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ.

"ކެމްޕެއިންގައި އެ ވަޢުދުތައް އަޅުގަނޑުވީ. އެއީ، ކުއްލިއަކަށް އަޅުގަނޑު ދެއްކި ވާހަކައެއް ނޫން. އަޅުގަނޑު ކެމްޕެއިންގެ ތެރޭގައި މަސައްކަތް ކުރަމުންދިޔައިރުގައި، އަޅުގަނޑުމެންގެ އިޤްތިޞާދީ ޓީމުން ވަރަށް ރަނގަޅަށް ދިރާސާ ކުރެއްވި. ވަރަށް ތަޖުރިބާކާރު ބޭފުޅުން ތިއްބެވީ. އެ ބޭފުޅުން ކުރެއްވި ދިރާސާގެ މައްޗަށް ބިނާކޮށް ކަނޑައެޅީ، ކޮންކަހަލަ ފިޔަވަޅުތަކެއްތޯ އަޅަންޖެހޭނީ."

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ވަޢުދުތައް ވެވަޑައިގެންނެވީ ރާއްޖޭގެ ހާލަތު އެނގި ހުންނަވައިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އިރު އެމަނިކުފާނުގެ ސަރުކާރާއި ހަވާލުވެ ވަޑައިގެން އެޅުއްވވި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތު އިތުރަށް ގޯސްވެފައިވާކަމަށް މާލީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުން ގެންދަވަަނީ ވިދާޅުވަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.