Advertisement

ވިކްޓަރީގެ ކޯޗުގެ ޒިންމާއާއި ސޮބާ ހަވާލުވި ރަސްމިއްޔާތުގައި ވާހަކަ ދައްކަނީ

17 Feb 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

އަޅުގަނޑާ ހަވާލުކުރި ޒިންމާ އަދާކުރެވިއްޖެ: ސޮބާ

ދިވެހި ފުޓުބޯޅައިގެ ކުލަގަދަ ތާރީހެއް އޮތް ވިކްޓަރީ ސްޕޯޓްސް ކްލަބް އަލުން އަނބުރާ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުކޮށްދެވުމަކީ، އެ ޓީމުގެ ކޯޗުގެ ހައިސިއްޔަތުން ސޮބާޙް މުޙައްމަދު (ސޮބާ)ގެ ޒިންމާއެއްކަމަށާއި، އަދި އެ ޒިންމާ ފުރިހަމަ ގޮތުގައި އަދާކުރެވުނީތީ، އެކަމާއި އުފާކުރެވޭކަމަށް ސޮބާ ބުނެފިއެވެ

އިއްޔެ ކުޅުނު މުބާރާތުގެ ފައިނަލް މެޗަށްފަހު، ސޯސަލް މީޑިއާގައި ސޮބާ ކުރި ޕޯސްޓެއްގައި މި ކާމިޔާބީ އޭނާ ސިފަކުރަނީ، މިއީ ވިކްޓަރީއަށާއި ފުޓުބޯޅައަށްކޮށްދެވުނު ހިދުމަތެއްގެ ގޮތުގައެވެ.

"އަލްޙަމްދުލިއްލާހި. އަޅުގަނޑަށް ހަވާލުކުރި ޓާސްކް ވިކްޓަރީ ސްޕޯޓްސް ކްލަބް އަލުން އަނބުރާ ފަސްޓު ޑިވިޝަނަށް ގެނަސް ދެވުނީތީ. ވިކްޓަރީ ސްޕޯޓްސް ކްލަބަށް އަދި ފުޓުބޯޅައަށް ހިދުމަތެއް ކޮށްދެވުންކަމަށް ހިތުގެ އަޑިން ގަބޫކުރަން"، އެ ޕޯސްޓުގައި ސޮބާ ބުނެފައިވެއެވެ.

މީގެއިތުރުން، ވިކްޓަރީގެ ކޯޗެއްގެ ހައިސިއްޔަތުން، ކުޅުންތެރިންނާއި ޓީމުގެ މެނޭޖުމެންޓުންކުރި ބުރަ މަސައްކަތް، ކާމިޔާބު ކަމާއެކު ނިންމާލެވުނީތީ، އެކަމާ ނުހަނު އުފާކުރާކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ދެވަނަ ޑިވިޝަންގެ ފައިނަލު މެޗުގައި ވިކްޓަރީއިން ވަނީ މަސްއޮޑި ސްޕޯޓްސް ކްލަބާއި ބައްދަލުކޮށް 3-2 އިން ބަލިވެފައެވެ. ނަމަވެސް ފައިނަލަށް ދަތުރުކުރާ ދެ ޓީމު ވެސް ފުރަތަމަ ޑިވިޝަނަށް ކޮލިފައިވާނެކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ ނިންމާފައެވެ

ފައިނަލް މެޗަށް ނިކުތްއިރު ވިކްޓަރީއަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކަށްވީ، އެ ޓީމުގެ މުހިންމު ކުޅުންތެރިއެއް ކަމުގައިވާ ކިރިގިސްތާނުގެ އަނަޓޯލީ ވްލަޝީޗޭފްއާ ނުލާ ކުޅެންޖެހުމެވެ. އެ ޓީމުން ކުއާޓާ ފައިނަލުގައި ކުޑަ ހެންވޭރު ޔުނައިޓެޑާ ބައްދަލުކުރި މެޗުގައި ހިނގި ހަމަނުޖެހުންތަކުގައި އަނަޓޯލީއަށް އަނިޔާވެފައިވާތީ، އޭނާ ބޭނުންވީ މެޗު ނުކުޅެ ފުރައިގެން ދިއުމަށެވެ. އެ ގޮތުން ސެމީ ފައިނަލް މެޗުގެ ވެސް ކުރިން އޭނާ ވަނީ ފުރާފައެވެ.

މުސާރަ ނުދޭ މައްސަލަ އާއި އެޑްމިނިސްޓްރޭޓިވް މައްސަލަތަކުގެ ސަބަބުން 2020 ވަނަ އަހަރު ވިކްޓަރީ އަދި ނިއުރޭޑިއަންޓު ސަސްޕެންޑު ކުރުމާ ގުޅިގެން އެ ދެ ޓީމުވަނީ ދެވަނަ ޑިވިޝަނަށް ރެލިގޭޓުވެފައެވެ. މި ދެ ޓީމުން އަލުން އަނބުރާ ފުރަތަމަ ޑިވިޝަނަށް އެރުމަށް މަސައްކަތް ފެށީ މިދިޔަ ސީޒަނުގައެވެ. ނަމަވެސް ދެ ސީޒަނުން އެކަން އަދި މި ހާސިލް ކުރެވުނީ ވިކްޓަރީއަށް އެކަންޏެވެ.

ވިކްޓަރީއިން މި ސީޒަނަށް ނިކުތީ ޓީމު ވަރުގަދަކުރުމަށް، ފުރަތަމަ ޑިވިޝަނުގައި ކުޅެފައިވާ ގިނަ ކުޅުންތެރިންތަކެއް ގޮވައިގެންނެވެ. އަދި އެ ޓީމުގެ ކޯޗަކަށް ސޮބާ އައްޔަނު ކުރީވެސް މި ސީޒަނުގައި ފުރަތަމަ ޑިވިޝަނަށް އެރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ. އަދި މި ސީޒަންގެ ކާމިޔާބާއެކު ވިކްޓަރީ ވެގެން މި ދިޔައީ ސޮބާގެ އިރުޝާދާއެކު، ދެ ވަނަ ޑިވިޝަނުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވި ދެ ވަނަ ޓީމަށެވެ. މީގެ ކުރިން، 2016 ވަނަ އަހަރު ކްލަބް ގްރީން ސްޓްރީޓްސް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވިއިރު އެ ކްލަބާ ހަވާލުވެގެން ވެސް ހުރީ ސޮބާއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.