Advertisement

ފޮޓޯ: އަބްދުﷲ އިޔާން

17 Feb 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

މަސްއޮޑި ސްޕޯޓްސް ކްލަބުން ދެވަނަ ޑިވިޝަން ކާމިޔާބުކޮށްފި

ދިވެހި ފުޓުބޯޅައިގެ ކުލަގަދަ ތާރީހެއް އޮތް ވިކްޓަރީ ސްޕޯޓްސް ކްލަބު ބަލިކޮށް، ދެވަނަ ޑިވިޝަނަށް މުޅިން އަލަށް ކޮލިފައިވި މަސްއޮޑި ސްޕޯޓްސް ކްލަބުން އެމްޕީއެލް ދެވަނަ ޑިވިޝަނުގެ ތަށި ކާމިޔާބުކޮށްފިއެވެ. ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗު މަސްއޮޑިން ކާމިޔާބުކުރީ 3-2 އިންނެވެ

މެޗަށް ނިކުތްއިރު ވިކްޓަރީއަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކަށްވީ، އެ ޓީމުގެ މުހިންމު ކުޅުންތެރިއެއް ކަމުގައިވާ ކިރިގިސްތާނުގެ އަނަޓޯލީ ވްލަޝީޗޭފްއާ ނުލާ ކުޅެންޖެހުމެވެ. އެ ޓީމުން ކުއާޓާ ފައިނަލުގައި ކުޑަ ހެންވޭރު ޔުނައިޓެޑާ ބައްދަލުކުރި މެޗުގައި ހިނގި ހަމަނުޖެހުންތަކުގައި އަނަޓޯލީއަށް އަނިޔާވެފައިވާތީ، އޭނާ ބޭނުންވީ މެޗު ނުކުޅެ ފުރައިގެން ދިއުމަށެވެ. އެ ގޮތުން ސެމީ ފައިނަލް މެޗުގެ ވެސް ކުރިން އޭނާ ވަނީ ފުރާފައެވެ.

ފައިނަލް މެޗުން މޮޅުވި ގޯލު މަސްއޮޑިން ކާމިޔާބުކޮށްފައިވަނީ މެޗުގެ އިތުރު ވަގުތުގައެވެ. ތިން ވަނަ ޑިވިޝަންގެ ރަނަރަޕް ޓީމުގެ ގޮތުގައި ދެވަނަ ޑިވިޝަނަށް ކޮލިފައިވި މަސްއޮޑިން ދެވަނަ ޑިވިޝަން މި ކާމިޔާބުކުރީ ސައްތައިން ސައްތަ ރެކޯޑަކާއެކުއެވެ. އެ ޓީމު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ

ފައިނަލު މެޗުގައި މަސްއޮޑިން ލީޑު ނަގާފައިވަނީ މެޗުގެ 23 ވަނަ މިނެޓުގައި، އިބްރާޙިމް ވަޙީދު (އިއްބެ)ގެ ގޯލަކުންނެވެ. އޭގެ ކުޑަ ވަގުތުކޮޅެއްފަހުން އެ ޓީމުން ލީޑު ފުޅާ ކުރިއެވެ. އެ ގޯލު ކާމިޔާބުކޮށްދިނީ ހުސެއިން ޝަރީފްއެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ވިކްޓަރީއިން ގޯލެއް ޖަހާ، މަސްއޮޑިން ނަގާފައިވާ ލީޑު ކުޑަކުރިއެވެ. ވިކްޓަރީއަށް ގޯލު ކާމިޔާބުކޮށްދިނީ މެޗުގެ 37 ވަނަ މިނެޓުގައި ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ)އެވެ.

ވިކްޓަރީއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 78 ވަނަ މިނެޓުގައި އެ ޓީމުގެ ކެޕްޓަން، އަކުރަމް އަބްދުލް ގަނީ (އަކޫ) ކާމިޔާބުކުރި ގޯލަކުންނެވެ

މެޗުން މޮޅުވި ގޯލު މަސްއޮޑިއަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ބިދޭސީ މިޑްފީލްޑަރު، އޮޑީލީ ޗިޑީ ފެލިކްސްއެވެ.

މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ. އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ ނިއުގެ ގާނާ ފޯވާޑް، ކޯފީ އޮވޫސޫއެވެ. އޭނާ ވަނީ ޖުމްލަ ހަތް ގޯލު ކާމިޔާބުކޮށްފައެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ މަސް އޮޑި ޓީމުގެ އިސްލާމް ފިކްރީއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.