Advertisement

ފޮޓޯ: ސިޑިބަރި

12 Feb 2024
ކުޅިވަރު

ވިކްޓަރީ އެނބުރި ފުރަތަމަ ޑިވިޝަނަށް

އެމްޕީއެލް ދެވަނަ ޑިވިޝަނުގެ ދެވަނަ ސެމީ ފައިނަލް މެޗުގައި ނިއުރޭޑިއަންޓް 2-0 އިން ބަލިކޮށް، ފުރަތަމަ ޑިވިޝަން ފުޓުބޯޅައަށް ވިކްޓަރީގެ އިރު އަލުން އަރައިފިއެވެ.

މުސާރަ ނުދޭ މައްސަލަ އާއި އެޑްމިނިސްޓްރޭޓިވް މައްސަލަތަކުގެ ސަބަބުން 2020 ވަނަ އަހަރު ވިކްޓަރީ އަދި ނިއުރޭޑިއަންޓު ސަސްޕެންޑު ކުރުމާ ގުޅިގެން ދެވަނަ ޑިވިޝަނަށް ރެލިގޭޓުވުމުން، މި ދެ ޓީމުން އަލުން އަނބުރާ ފުރަތަމަ ޑިވިޝަނަށް އެރުމަށް މަސައްކަތް ފެށީ މިދިޔަ ސީޒަނުގައެވެ. ނަމަވެސް ދެ ސީޒަނުން އެކަން އަދި މި ހާސިލް ކުރެވުނީ ވިކްޓަރީއަށް އެކަންޏެވެ.

ދެވަނަ ޑިވިޝަނުގެ ފައިނަލަށް ދަތުރުކުރާ ދެ ޓީމު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވާއިރު، ވިކްޓަރީއާ އެކީ ދެން ޕްރޮމޯޓުވީ މަސްއޮޑި ސްޕޯޓްސް ކްލަބެވެ.

މި މެޗަށް ވިކްޓަރީއިން ނިކުތީ އެ ޓީމުގެ މުހިންމު ކުޅުންތެރިއެއް ކަމުގައިވާ ކިރިގިސްތާނުގެ އަނަޓޯލީ ވްލަޝީޗޭފްއާ ނުލައެވެ. އެ ޓީމުން ކުއާޓާ ފައިނަލުގައި ކުޑަ ހެންވޭރު ޔުނައިޓެޑާ ބައްދަލުކުރި މެޗުގައި ހިނގި ހަމަނުޖެހުންތަކުގައި އޭނާއަށް އަނިޔާވެފައިވާތީ، އޭނާ ބޭނުންވީ މެޗު ނުކުޅެ ފުރައިގެން ދިއުމަށެވެ.

ވިކްޓަރީއިން އެމީހުންގެ ފުރަތަމަ ގޯލު ކާމިޔާބުކުރީ މެޗުގެ 25 ވަނަ މިނެޓުގައި ހުސެއިން ފައިސަލް (ފައިޓޯ)އެވެ. އެ ޓީމުގެ ދެވަނަ ގޯލު ފެނިގެން ދިޔައީ ދެވަނަ ހާފުގައެވެ. އެއީ މެޗުގެ 67 ވަނަ މިނެޓުގައި ރިޒްކޯ ކާމިޔާބުކުރި ގޯލެކެވެ.

ވިކްޓަރީއިން މި ސީޒަނަށް ނިކުތީ ޓީމު ވަރުގަދަކުރުމަށް، ފުރަތަމަ ޑިވިޝަނުގައި ކުޅެފައިވާ ގިނަ ކުޅުންތެރިންތަކެއް ގޮވައިގެންނެވެ. އަދި މިއީ ސޮބާހު މުހައްމަދު (ސޮބާ) އިރުޝާދުގެ ދަށުން، ދެ ވަނަ ޑިވިޝަނުން ޓީމެއް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވި ދެ ވަނަ ފަހަރެވެ. މީގެ ކުރިން، 2016 ވަނަ އަހަރު ކްލަބް ގްރީން ސްޓްރީޓްސް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވީ ވެސް ސޮބާގެ އިރުޝާދުގެ ދަށުންނެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.