Advertisement

11 Feb 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

މަސްއޮޑި ފުރަތަމަ ޑިވިޝަނަށް ކޮލިފައިވެއްޖެ

އެމްޕީއެލް އެފްއޭއެމް ދެވަނަ ޑިވިޝަނުގައި މިއަދު ކުޅުނު ފުރަތަމަ ސެމީ ފައިނަލް މެޗުގައި މަސްއޮޑި ސްޕޯޓްސް ކްލަބުން ޓެންޓް ސްޕޯޓްސް ކްލަބް 5-1 އިން ބަލިކޮށް، މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ. މިއާއެކު، ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވާނޭކަން އެ ޓީމަށް މި ވަނީ ކަށަވަރުވެފައެވެ.

ތިން ވަނަ ޑިވިޝަނުގެ ރަނާސްއަޕް ޓީމުގެ ގޮތުގައި ދެވަނަ ޑިވިޝަނަށް ޕްރޮމޯޓުވި މަސްއޮޑިއަށް މިއީ ތާރީހީ ސީޒަނެކެވެ. ދެވަނަ ޑިވިޝަނަށް އަލަށް އައިސް، މުޙައްމަދު އާތިފް (އާތީ) ގެ އިރުޝާދާއެކު ކުޅެމުން އަންނަ މަސްއޮޑި ޓީމުން މިވަނީ އެއްބުރުން ފުރަތަމަ ޑިވިޝަނަށް ވެސް ކޮލިފައިވެފައެވެ.

ފުރަތަމަ ޑިވިޝަނަށް ކޮލިފައިވާނީ ދެވަނަ ޑިވިޝަނުގެ ޗެމްޕިއަނުންނާއި ރަނާސްއަޕް ޓީމެވެ. ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވާނެ ދެވަނަ ޓީމެއް އެނގޭނީ، މާދަމާ ކުޅޭ ދެވަނަ ސެމީ ފައިނަލް މެޗަށްފަހުއެވެ. ރާއްޖޭގެ ފުޓުބޯޅައިގެ ބޮޑު ދެ ބާރު ކަމުގައިވާ ވިކްޓަރީ ސްޕޯޓްސް ކްލަބާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ބައްދަލުކުރާ އެ މެޗު ފަށާނީ ހޯމަ ދުވަހުގެ ހަވީރު 3:30 ގައެވެ.

މިއަދުގެ މެޗުގައި ފުރަތަމަ ލީޑު ނެގީ މަސްއޮޑިންނެވެ. އެއީ މެޗުގެ 26 ވަނަ މިނެޓުގައި ހުސެއިން ޝަރީފް ކާމިޔާބުކުރި ގޯލެކެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ޓެންޓުންވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ޓީމުގެ ސްރީލަންކާގެ ކުޅުންތެރިޔާ، ޗަލަނަ ޗަމީރާ މި ގޯލު ކާމިޔާބުކުރީ އިތުރު ވަގުތުގައެވެ.

ދެވަނަ ހާފުގައި މަސްއޮޑިން ވަނީ ހަތަރު ގޯލު ކާމިޔާބުކޮށްފައެވެ. އެ ގޯލުތައް ކާމިޔާބުކޮށްދިނީ އިސްމާއިލް ފިކްރީ އާއި އައްޒާމް އަބްދުﷲ (އެޑޫ) އާއި އަބްދުﷲ ޒިޔާން އަދި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އަބްލާތީ އެލް ސައީދުއެވެ

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.