Advertisement

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

11 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

އަލިރަސްގެފާނުގެ ޖިހާދު މިއަދު ސިޔާސީ މީހުންނާއި، މީޑިއާ އާއި ޒުވާނުންނާއި އެބަ މުޚާތަބުކުރޭ- ރައީސް

އަލިރަސްގެފާނުގެ ޖިހާދު މިއަދު ސިޔާސީ މީހުންނާއި، މީޑިއާ އާއި ޒުވާނުންނާއި އެބަ މުޚާތަބުކުރާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ރާއްޖޭގައި ފާހަގަކުރާ ދިވެހިރާއްޖޭގެ 46 ވަނަ ޝަހީދުންގެ ދުވަހުގެ މުނާޞަބަތުގައި ޤައުމާއި މުޚާޠަބު ކުރައްވައި ދެއްވި ޚިޠާބުގައެވެ.

ދިވެހިރާއްޖޭގެ ޝަހީދުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، ހިޖުރީ ކަލަންޑަރުން ކޮންމެ އަހަރެއްގެވެސް ޝަޢުބާން މަހުގެ 1 ވަނަ ދުވަހެވެ. އެދުވަހަކީ، ދިވެހިތަޚުތުގައި ރެނދަލި ކުރެއްވި އައްސުލްޠާން ޢަލީ 6 ވަނަ، ޕޯޗްގީޒުންނާއި ހަނގުރާމަކުރައްވައި ޝަހީދުވެވަޑައިގެންނެވި ދުވަހެވެ.

ޝަހީދުންގެ ދުވަހުގެ ޒިކުރާ އާއި، އަލި ރަސްގެފާނުގެ ޖިހާދުގެ ޒިކުރާ އައު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ޚިޠާބުގައި ވަނީ، ތާރީޚީގޮތުން އެހާދިސާ ހިނގައި ދިޔަ ގޮތުގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ. އަދި ކަޅުމުޙައްމަދު ރަސްގެފާނާއި، އެރަސްގެފާނުގެ ދަރިކަލުން އައްސުލްޠާން ޙަސަން 9ވަނަ، ދިވެހިޤައުމަށް ވެވަޑައިގެންނެވި ޚިޔާނާތުގެ މައްޗަށްވެސް އެމަނިކުފާނުގެ ޚިޠާބުގައި އަލިއަޅުއްވައި ލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވީ، ޢަލި ރަސްގެފާނުގެ ޖިހާދު އަދުގެ ސިޔާސީ ފަރާތްތަކާއި އެބަ މުޚާތަބުކޮށް، ބޭރުގެ ދަހިވެތި ފަރާތްތަކުގެ ފައިބުޑަށް ތިރިނުވުމަށް ގޮވާލާ ކަމަށާއި، ދިވެހިންގެ ސަލާމަތް ދިވެހިން، ހޯދުމަށް އެބަ ގޮވާލާ ކަމަށެވެ. އަދި އަލި ރަސްގެފާނު މީޑިއާއާއިވެސް އެބަ މުޚާތަބު ކުރާ ކަމަށާއި، މިގޮތުން ޚަބަރު ފަތުރާއިރު ޤައުމާއި އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަޞޭހަތްދޭކަމަށާއި ދޮގު ޚަބަރުތައް ނުފަތުރަން އެބަ އިންޒާރުދޭ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، ޢަލި ރަސްގެފާނުގެ ޖިހާދު ދިވެހި ޒުވާނުންނާއިވެސް އެބަ މުޚާތަބުކުރާ ކަމަށާއި، ޒުވާންކަމުގެ އޮއެވަރުގައި އަމިއްލަ ދީން، އަމިއްލަ ޤައުމު ފަހަނައަޅައި ނުދާން އެބަ ނަޞޭހަތްތެރިވާ ކަމަށެވެ. 

"ޙަޤީޤަތުގައި ޢަލި ރަސްގެފާނުގެ ޖިހާދު ދިވެހިންނަށްދޭ އެންމެ ބޮޑު އެއް ފިލާވަޅަކީ، މާތްﷲ ޙައްޤަށް ނަޞްރު ދެއްވާނެކަން. އެއީ ބިމުގެ ކުޑަކަމަކާއި، އާބާދީގެ މަދުކަމަކާއި ގުޅިފައި އޮންނަ ކަމެއް ނޫން. އަޅުގަނޑުމެންގެ ކާބަފައިން ޕޯޗްގީޒުންގެ އަޅުވެތިކަމުން، ރާއްޖެ މިނިވަންކޮށްފި. އަޅުގަނޑުމެންގެ ކާބަފައިން ބޭރުގެ ބާރަކަށް ނަފާ ލިބޭގޮތަށް، ކަޅު މުޙައްމަދު ރަސްގެފާނު ދޫކުރެއްވި ކިނޮޅަހާއި އެހެންވެސް ރަށްތައް އަލުން ދިވެހިންނަށް ހޯދައިދިން. "

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާުބު ނިންމަވާލައްވަމުން މިސަރުކާރުން، ދިވެހި ކަނޑުން ގެއްލުނު ބައި އަނބުރާ ހޯދާނެ ކަމަށާއި، ދިވެހި ބިމަކީ ބޭރުގެ އަސްކަރީ ބާރުތަކަށް ޖާގަނެތް ބިމެއް ކަމުގައި ހަދާނެ ކަމަށެވެ. އަދި އަމިއްލަ ފަސްގަނޑު އެބައެއްގެ އަތުގައި ނެތް ޤައުމުތަކުގެ މީހުންގެ ޙާލު އަދުގެ ދުނިޔޭގައި ފެންނަމުންދާ ކަމަށާއި، ފަލަސްޠީނަކީ އޭގެ މިސާލެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ، ޝަހީދުންގެ ދުވަހުގެ ޚިޠާބުގައި، ދީނަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ދައުލަތަށް ވަފާތެރިވުމަށް، އަދި ދަރީންގެ ކިބައިގައި އެސިފަތައް ހަރުލެއްވުމަށް އިލްތިމާސްކުރައްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.