Advertisement

ބުދަ ދުވަހުގެ ހަމަ ނުޖެހުމުގެ ތެރެއިން، ފޮޓޯ: މިހާރު

11 Feb 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

ދެވަނަ ޑިވިޝަނުގެ ކުއާޓާ ފައިނަލްގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި

ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގައި މިދިޔަ ބުދަ ދުވަހު ވިކްޓަރީ ސްޕޯޓްސް ކްލަބާއި ކުޑަ ހެންވޭރު ޔުނައިޓެޑް ބައްދަލުކުރި މެޗުގައި ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅިގެން 2 މީހަކު ހައްޔަރުކޮށްފިއެވެ. 

ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހ. ހިލްޓަން، އިބްރާޙިމް އަލީފް ރައޫފް އަދި ގދ. ތިނަދޫ/ފައިވްރޯސް ރިކްޒު އާދަމްއެވެ. އަދި އެ 2 މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހާފައިވެއެވެ. 

ބުދަ ދުވަހުގެ މެޗުގައި މަސްލަހަތު ގޯސްވެ ހަމަނުޖެހުން ހިނގަން ފެށުނީ މެޗު ނިމެން 7 މިނެޓަށް ވެފައިވަނިކޮށެވެ. އޭރު ވިކްޓަރީ އޮތީ 3-1 ގެ ލީޑެއްގައެވެ. މި ހަމަނުޖެހުން ފެށުނީ ވިކްޓަރީގެ ބެންޗާ ދިމާލުން އެ ޓީމުގެ އަނަޓޮލީ ގަސްތުގައި ކުޑަ ހެންވޭރު ޔުނައިޓެޑްގެ ހާޒިމް ރިއްފަތު ގައިގައި ފައިން ޖެހުމުންނެވެ

ހަމަނުޖެހުންތަކާ ގުޅިގެން މެޗު މެދުކަނޑާލާފައި ގިނަ ވަގުތުތަކެއް ވަންދެން އޮތުމަށްފަހު، މެޗު އޮފިޝަލުން ނިންމީ މެޗުގެ ބާކީ ވަގުތު ކުޅުމާމެދު ފަހުން ގޮތެއް ނިންމުމަށެވެއެފްއޭއެމްގެ ޑެޕިޔުޓީ ޖެނަރަލް ސެކްރެޓަރީ އަބްދުﷲ ޝިބާއު ވިދާޅުވީ މެޗާ މެދު ގޮތް ނިންމާނީ އިމަޖެންސީ ކޮމިޓީން ކަމަށެވެ.

އަދި އެއަށްފަހު މެޗުގެ ބާކީ އޮތްބައި ޖެހިގެން އައި ހުކުރު ދުވަހުގެ ހަވީރު ކުޅުމަށް އެފްއޭއެމް އިން ނިންމުމުން، ކުޑަހެންވޭރު ޔުނައިޓެޑުން ވަނީ މެޗުގެ ބާކީބައި އެ ޓީމުން ކުޅެން ބޭނުންނުވާކަމަށް ބުނެފައެވެ

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.