Advertisement

ސޯޝަލް މީޑިއާގައި މެޑަމް ފަޒުނާ ޕޯސްޓު ކުރެއްވި ދެ ފޮޓޯގެ ތެރެއިން ފޮޓޮއެއް - މާލެގެ މަގުމަތީގައި ކާރެއް ޕާކުކޮށްފައިވާ މަންޒަރު

10 Feb 2024
ޚަބަރު
މިފްތާޙް މުޙައްމަދު

ރިޔާސީ ވައުދެއް ފުއްދުމަށް ގާނޫނާ ޚިލާފު ސަގާފަތެއް އާންމު ކުރަނީ: މެޑަމް ފަޒުނާ

މާލޭގެ މަގުމަތީގައި ހަމައެއް ލަމައެއްނެތި ހަތަރު ފުރޮޅުލީ އުޅަނދު ޕާކުކުރުން މިހާރު އާންމު ކަމަކަށްވެފައި ވާއިރު، ކުރީގެ ފަސްޓް ލޭޑި ފަޒްނާ އަޙުމަދު އެކަމަށް ފާޑު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި މެޑަމް ފަޒްނާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވާ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދެއް ފުއްދުމުގެ ބޭނުމުގައި، އެމީހަކު ކުރާނެ ގޮތަކަށް ޕާކު ކުރަން ދޫކޮށްލާފައި އޮތުމުން، ގާނޫނާ ޚިލާފު ސަގާފަތެއް މިހާރު ދަނީ އާންމުވަމުންނެވެ.

މެޑަމް އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި، މަގުތަކުގެ އަރިމަތީގައި މީހުން ހިނގުމަށް ހާއްސަކޮށްފައިވާ ޕޭމަންޓުތަކުގަ އާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހިނގަން ފަސޭހަ ކުރުމަށް ބައެއް މަގުތަކުގައި ހަދާފައިވާ ""ޓެކްޓައިލް ޕޭވިން" މަތީގައި ވެހިކަލްތައް ޕާކު ކުރަމުންދާތީ، ހިނގާބިނގާވެ އުޅޭ މީހުންނަށް މިކަމުގެ ސަބަބުން ދަނީ ބޮޑެތި ދަތިތަކާ ކުރިމަތިވަމުންނެވެ.

ސޯޝަލް މީޑިއާގައި މެޑަމް ފަޒްނާ ކުރެއްވި ޕޯސްޓް

އާންމުންނަށް މިހާ ބޮޑު އުނދަގުލެއް ކުރިމަތިވާ ކަމެއްގައި މިހާބޮޑަށް ސަރުކާރުން އިހުމާލުވެފައިވަނީ ކީއްވެތޯ ވެސް މި ޕޯސްޓުގައި މެޑަމް ސުވާލުކޮށްފައިވެއެވެ.

"މި ގޮތަށް މިކަން ހިނގުމަށް ދޫކޮށްލާފައި މިއޮތީ ކީއްވެބާއެވެ؟ ބެލެވޭ ގޮތުގައި މިއީ މާލެގައި ޕާކު ކުރުމަށް ޖާގަ ނެތުމުން"، އިނގިރޭސި ބަހުން މެޑަމް ލިޔުނު ބަސްކޮޅުގައި ވެއެވެ.

އަދި އެއަށްފަހު މަޖާޒީ ގޮތަކަށް ވިދާޅުވެފައިވަނީ، މި ގޮތަށް އަމަލު ކުރުމަށް ދޫކޮށްލާފައި މިއޮތީ، އެއީ މިހާރުގެ ގަވާއިދުތަކާ އުސޫލުތަކުގައި އޮންނަ ގޮތަކީ އެއީ ކަމުގައި ވާތީތޯއެވެ.

ހަތަރު ފުރޮޅުލީ އުދަނޑުގެ އިތުރުން ދެ ފުރޮޅުލީ އުޅނދުތައް ވެސް މިހާރު މަގުގެ ދެ ފަރާތުގައި ޕާކު ކުރެއެވެ. މިކަމުގެ ސަބަބުން މިގުތައް ހުއްޓުމަކަށް އަންނަ ފަހަރުތައް ވެސް މިހާރު މާލޭގައި ގިނައެވެ. މިކަން މިހާބޮޑަށް އާންމުވާން ފެށި، ޕާކިން ވައިލޭޝަން ސްޓިކަރ ޖެހުން ފުލުހުން ހުއްޓާލުމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.