Advertisement

ގަލޮޅު ދަނޑުގައި ހިނގި ހަމަނުޖެހުމުގެ ތެރެއިން، ފޮޓޯ: މިހާރު

08 Feb 2024
ކުޅިވަރު

ދެވަނަ ޑިވިޝަން: ސަޕޯޓަރުން ދަނޑަށް އަރައި ހަމަނުޖެހުން ހިންގައިފި

އެމްޕީއެލް ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލް ތިން ވަނަމެޗުގައި އިއްޔެ ހަވީރު ވިކްޓްރީ ސްޕޯޓްސް ކްލަބާއި ކުޑަ ހޭންވޭރު ޔުނައިޓެޑު ބައްދަލުކުރި މެޗުގައި ސަޕޯޓަރުން ދަނޑަށް އަރައި ހަމަނުޖެހުން ހިންގައިފިއެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން މެޗުގެ ކުޅުން އިތުރަށް ކުރިޔަށް ގެންގޮސްފައެއް ނުވެއެވެ.

މަސްލަހަތު ގޯސްވެ ހަމަޖެހުން ގެއްލުނީ މެޗުގެ 82 ވަނަ މިނެޓުގައެވެ. އޭރު ވިކްޓަރީ އޮތީ 3-1 ކުރީގައެވެ. ހަމަނުޖެހުން ފެށުނީ ވިކްޓަރީގެ ބެންޗާ ދިމާލުން އެ ޓީމުގެ އަނަޓޯލީ ވްލަޝީޗޭފްއަށް ކުޑަހެންވޭރުގެ މުހައްމަދު ހާޒިމް ރިއްފަތު ކުރި ފައުލަކާ ގުޅިގެން އަނަޓޮލީ ގަސްތުގައި ހާޒިމް ގައިގައި ފައިން ޖެހުމުންނެވެ. މިކަމާ ގުޅިގެން، މެޗު ބަލަން ތިބި ބެލުންތެރިން ދަނޑަށް އަރައި ވިކްޓަރީގެ އަނަޓޯލީއަށް ހަމަލާދޭން މަސައްކަތްކުރިއެވެ. އެއާއެކު، މެޗު އޮފިޝަލުންނަށް ކޮންޓްރޯލް ގެއްލި، މުޅި ދަނޑުގެ މަޝްރަހު ބަދަލުވެގެން ދިޔައެވެ. މި ހަމަނުޖެހުންތަކުގައި ވިކްޓަރީގެ ކޯޗު ސޮބާޙް މުޙައްމަދަށް ވެސް ވަނީ ހަމަލާދީފައެވެ

ހަމަނުޖެހުންތަކާ ގުޅިގެން މެޗު މެދުކަނޑާލާފައި ގިނަ ވަގުތުތަކެއް ވަންދެން އޮތުމަށްފަހު، މެޗު އޮފިޝަލުން ނިންމީ މެޗުގެ ބާކީ ވަގުތު ކުޅުމާމެދު ފަހުން ގޮތެއް ނިންމުމަށެވެ. އެފްއޭއެމްގެ ޑެޕިޔުޓީ ޖެނަރަލް ސެކްރެޓަރީ އަބްދުﷲ ޝިބާއު ވިދާޅުވީ މެޗާ މެދު ގޮތް ނިންމާނީ އިމަޖެންސީ ކޮމިޓީން ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ވިކްޓަރީގެ ކޯޗު ސޮބާ ބުނީ،  ގަލޮޅު ދަނޑުގައި ހިނގި ކަންކަމަކީ ރާއްޖޭގެ ފުޓްބޯޅައިގައި، އޭނާ ކުރިން ކުރިމަތިލާން ޖެހުނު ކަންތައްތަކެއް ނޫން ކަމަށެވެ

"ސަޕޯޓަރުންގެ އެންމެ ފޯރި ނެގި ދުވަސްތައް ކުޅުންތެރިޔެއްގެ ގޮތުގައި އަޅުގަނޑު ތަޖުރިބާކުރިން. ކްލަބް ފުޓްބޯޅަ މެޗުތަކަށް ވެސް މުޅި ދަނޑު ފުރާލާފައި އޮތް މެޗުތަކުގައި ކުޅެ އެ ވާދަވެރިކަން ފެނުނު މީހެއް އަޅުގަނޑަކީ. އެކަމަކު މުޅި ދަނޑު ފުރާލާފައި އޮންނަ އިރު ވެސް މިހާ ހިސާބަށް ކަންކަން ގޮސްފައެއް ނެތް،" ވިކްޓަރީގެ ކެޕްޓަންކަން ވެސް ކުރިން ކުރި ސޮބާ ބުންޏެވެ.

ސޮބާ އިތުރަށް ބުނެފައިވާ ގޮތުން، ޓީމުގެ ކުޅުންތެރިން ހިމާޔަތް ކުރުމަކީ ވެސް، ކޯޗެއްގެ ހައިސިއްޔަތުން އޭނާގެ ޒިންމާއެކެވެ

"ކޯޗެއްގެ ހައިސިއްޔަތުން، އަމިއްލަ ކުޅުންތެރިން ހިމާޔަތް ކުރުމަކީ އަޅުގަނޑުގެ ޒިންމާއެއް. ކުޅުންތެރިއެއްގެ ގޮތުގަ އާއި ކޯޗިން ކެރިއަރުގައި ވެސް މީގެ ކުރިން ދުވަހަކު ވެސް މިފަދަ ކަމެއް ތަޖުރިބާ ނުކުރަން. ވަރަށް ހިތާމަވެރި،" މެޗަށް ފަހު ސޮބާ ބުންޏެވެ.

ދެވަނަ ޑިވިޝަންގެ ކުއާޓާ ފައިނަލް ފަހު މެޗުގައި މިއަދު ބައްދަލުކުރާނީ ޓެންޓު ސްޕޯޓްސް ކްލަބާއި ލެގޫންސް ސްޕޯޓްސް ކްލަބެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.