Advertisement

ރައްޔިތުންގެ މަޖިލީހުގެ ކާށީދޫ ދާއިރާގެ މެމްބަރު ޢަބުދުﷲ ޖާބިރު --

08 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

ޖާބިރުގެ މައްސަލަ މޯލްޑިވިއަނުން ފުލުހުންނަށް ހުށައަޅައިފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ޢަބުދުﷲ ޖާބިރު، މޯލްޑިވިއަންގެ ސީޕްލޭން ޕައިލެޓުންނާއި ކްރޫއަށް، ހަޑިހުތުރު ބަހުން މުއާމަލާތުކޮށް، އަވަގުރާނަގޮވައި އިންޒާރުދީ ބިރުދެއްކި މައްސަލަ މޯލްޑިވިއަންގެ ފަރާތުން ފުލުހުންނަށް ހުށައަޅައިފިއެވެ.

މޯލްޑިވިއަންގެ އޮފިޝަލަކު ވިދާޅުވީ، މޯލްޑިވިއަންގެ އޮޕަރޭޝަންސްތަކުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އެކުންފުނިން ފަސްނުޖެހޭނެ ކަމަށެވެ. އަދި ކާށިދޫ ދާއިރާގެ މަޖިލިސް މެމްބަރު ޢަބުދުﷲ ޖާބިރު، މޯލްޑިވިއަންގެ ޕައިލެޓުންނާއި މެދު އަމަލުކުރި ގޮތުގެ މައްސަލަ ފުލުހުންނަށް މިހާރު ހުށައަޅާފައިވާ ކަމަށާއި، އެމައްސަލައިގައި މޯލްޑިވިއަނުން ދެން އަމަލުކުރާނެ ގޮތެއް ނިންމާނީ ފުލުހުންގެ ތަޙްޤީޤަށްފަހުގައި ސިވިލްއޭވިއޭޝަނާއި އެކުވެސް މަޝްވަރާކުރެވިގެން ކަމުގައި އެ އޮފިޝަލް ވިދާޅުވިއެވެ. އެހެން ނަމަވެސް މައްސަލައިގެ ތަޙްޤީޤު ހިނގަމުންދާ މި މަރުހަލާގައި މޯލްޑިވިއަންގެ ފްލައިޓްތަކުން ދަތުރުކުރުމުގެ ފުރުޞަތު ވަގުތީ ގޮތުން ޖާބިރަށް ނުދިނުމަށް ނިންމާފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ.

ކާށިދޫ ދާއިރާގެ މަޖިލިސް މެމްބަރު ޢަބުދުﷲ ޖާބިރު މޯލްޑިވިއަންގެ ސީޕްލޭން ޕްލެޓްފޯމެއްގެ މަތީގައި ހުންނަަވައިގެން، ޕައިލެޓުންނާއި ކްރޫންނަށް ވަރަށް ހަޑި ހުތުރުބަހުން އެއްޗެހި ގޮވައި އަވަގުރާނަ ގޮވާ މަންޒަރު ފެންނަ ވީޑިއޯއެއް ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި، ޖާބިރު ކޯފާވެގެން އުޅުއްވީ، ޕައިލެޓް ފްލައިޓް ދުއްވި ގޮތާއި މެދު ހިތްހަމަ ނުޖެހިގެންނާއި، އަދި، ފްލައިޓްގެ ކުރޫއަށް ޖާބިރަކީ ކާކުކަން ނޭނގިގެން ކަމަށް ޖާބިރުގެ ބައެއް ވާހަކަތަކުން ދޭހަވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.