Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ---

07 Feb 2024
ޚަބަރު

އުނދަގޫ، ދަތި، އިޤްތިޞާދީ ފިޔަވަޅުތައް އަޅަނީ، ރައްޔިތުންގެ ޙައްޤުގައި - ރައީސް

 އުނދަގޫ، ދަތި، އިޤްތިޞާދީ ފިޔަވަޅުތައް އަޅަނީ، ރައްޔިތުންގެ ޙައްޤުގައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެންވިދާޅުވީ، އިއްްޔެ ކޮޅުމަޑުލަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު، ކޮޅުމަަޑުލު ކަނޑޫދޫއަށްވަޑައިގެން، އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިއްޔެ ކޮޅުމަޑުލުގެ ރަށްރަށަށް ފެއްޓެވި ދަތުރުފުޅުގައި ކޮޅުމަޑުލު ގުރައިދޫ އާއި ދިޔަމިގިލީގައި ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަށް ކުރިމަތިވަމުން އަންނަ އިޤުތިޞާދީ ދަތިކަމުގެ ވާހަކަ ޚާއްޞަ ގޮތެއްގައި ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިޤުތިޞާދީ ދަތިތަކުން އަރައިގަތުމަށް ސަރުކާރުން މުހިއްމު ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަން ވަނީ ފާހަގަކުރައްވާފައެވެ. މިގޮތުން ރާއްޖޭގެ އިޤުތިޞާދު ހަމަ މަގަށް އެޅުވުމަށް މިސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ރަނގަޅުކަން ބޭރުގެ މާލީ އިދާރާތަކުން ފާހަގަކޮށްފައިވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ، ރަށްރަށުގައި ދެއްކެވި ވާހަކަފުޅުގައި ފާހަގަކުރައްވާފައެވެ.

ކަނޑޫދޫގައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އިޤުތިޞާދީ ދަތިތަކުން އަރައިގަނެ ރަށްރަށުގެ ތަރައްޤީއަށް ކުރަން ހުރި މަސައްކަތްތައް ކޮށްދެއްވާނޭ ކަމުގައި ވިދާޅުވެފައެވެ.

"މި ފެށޭ މަސައްކަތްތައް އުނދަގޫ، ދަތި، އިޤްތިޞާދީ ފިޔަވަޅުތައް އަޅުގަނޑުމެން އަޅަނީ، ރައްޔިތުންގެ ޙައްޤުގައި. އެ އަޅާ ފިޔަވަޅުތަކުން އަންނަ ކޮންފިޑެންސާ އެކީގައި އިރާދަކުރެއްވިއްޔާ ރިޒޯޓް އިންޑަސްޓްރީތައްވެސް އިތުރަށް ފުޅާވާނެ. އިންވެސްޓް ކުރާނެ ފަރާތްތައް އަންނާނެ. މައި އެއަރޕޯރޓް ފުޅާ ކުރުމާއި، މި ހުރިހާ ކަމެއް މި ކުރަނީ އެ ބޭނުމުގައި."

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 

ރައީސުލްޖުމްހޫރިއްޔާ އިއްޔެ ގުރައިދޫގައި ދެއްކެވި ވާހަކަފުޅުގައި ވަނީ، ކުރިޔަށް އޮތް ދެމަހުގައި އިޤުތިޞާދީ ގޮތުން ދަތި ޙައްސާސް ދުވަސްވަރަކަށް ވެގެން ހިނގައިދާނެކަން ފާހަގަކުރައްވައި އެކަން ރައްޔިތުން ޤަބޫލުކުރެއްވުމަށް އެދިވަޑައިގަންނަވާފައެވެ. އަދި އިޤުތިޞާދީ ޙާލަތު ރަނގަޅުވުމާއި އެކު، ރަށްރަށުގެ މަޝްރޫޢުތައް ފައްޓަވާނެ ކަމުގައިވެސް ވިދާޅުވިއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާ ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރެއްވި ރަށްރަށުގައި، އެރަށްރަށުގެ އުމުރާނީ އަދި އިޤުތިޞާދީ ތަރައްޤީއަށް ކުރެއްވުމަށް ސަރުކާރުން ވަޢުދުވިކަންކަން ކޮށްދެއްވާނެ ކަމުގެ ޔަޤިންކަން ވަނީ ދެއްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.