Advertisement

ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

06 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

ކުރިޔަށް އޮތީ އިޤުތިޞާދީ ގޮތުން ދަތި ދުވަސް ވަރެއް ކަމަށާއި އެކަން ރައްޔިތުން ޤަބޫލު ކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ކުރިޔަށް އޮތް ދުވަސްތަކަކީ އިޤުތިޞާދީ ގޮތުން ދަތިތަކާއި ކުރިމަތިވާނެ ޙައްޞާސް ދުވަސްތަކަކަށް ވާނެ ކަމުގައި ރައީސުލްޖުްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ކޮޅުމަޑުލުގެ ރަށްތަކަށް ފެއްޓެވި، ރަސްމީ ދަތުރުފުޅުގައި، ތ. ގުރައިދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ، ކުރިއަށް އޮތް މިއޮތް ދެ މަހެއްހާ ދުވަހަކީ، ސަރުކާރަށް އެންމެ ބޮޑަށް އިޤުތިޞާދީ ދަތިތަކާއި ކުރިމަތިވާނެ ދެމަސް ދުވަސްކަމަށެވެ.

"ހުރިހާ ރަށެއްގެ ރައްޔިތުންވެސް މިވަގުތު ގަބޫލުކުރަންވީ މި ޙަޤީޤަތް. ކުރިއަށް މިއޮތް ދެ މަހެއްހާ ދުވަސް، ދެތިން މަސްދުވަސް އެންމެ އުނދަގުލީ، ކަންދިމާކުރި ގޮތުން. އަޅުގަނޑުމެންގެ އާމްދަނީ ހޯދުމުގެ ކަންތައްތައް ވަރުގަދަކުރަން ޖެހިފައި އޮތް މި ދަނޑިވަޅުގައި، އެންމެ ޙައްޞާޞް ވަގުތު މިއީ."

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

އިޤުތިޞާދީ ގޮތުން ދަތިކަން ބޮޑު ދުވަސްތަކެއް ކުރިމަތިވަމުން އަންނަކަމުގެ ސިގްނަލް ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެހަޤީޤަތް ރައްޔިތުން ޤަބޫލުކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މީގެ އިތުރުން، ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިޤުތިޞާދީ ޙާލަތު މިހާދަށުގައި އޮއްވައި އިންތިޚާބާއި ދިމާކޮށް، މަޝްރޫޢުތައް އިއުލާނުކުރުމަކީ، ނަތީޖާއެއް ނުކުންނާނޭ ކަމަކަށް ނުވާނެ ކަމަށާއި އެމަނިކުފާނު ބޭނުންވަނީ ޙަޤީޤީ މާނައިގައި ތަރައްޤީ ގެނެސްދޭން ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ މިމޭރުމުން ވާހަކަފުޅު ދެއްކެވި އިރު، އެއްވެސް ތަރައްޤީގެ ޕްލޭނެއް ނެތި އަދި، މަޝްރޫޢު ހިންގާނެ ފައިސާ ނުހޯދައި ފުށި ދިއްގަރުފަޅު ހިއްކައިގެން ރަސްމާލޭގެ ނަމުގައި މުޅިން އައު ސިޓީއެއް ބިނާކުރުމަށް ފެށި މަޝްރޫޢުގެ މަސައްކަތްތައްވެސް ވަނީ މަޑުޖެހިފައެވެ. އެ މަޝްރޫޢަކީ އިދިކޮޅު ފަރާތްތަކުން އެންމެ ބޮޑަށް ފާޑުކިޔާފައިވާ މަޝްރޫޢެވެ.

އިޤުތިޞާދީ ހާލަތު ދަށްވެ ކުރިއަށް އޮތް ދެތިން މަހަކީ، ޙައްޞާސް އަދި އުނދަގޫ ދެމަހަށް ވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއިރު، ކުރިޔަށް އޮތީ ރަމަޟާން މަހެވެ. ރަމަޟާން މަހުުގެ ޢިނާޔަތުގެ ގޮތުގައި އަންނަ މަހުގެ ކުރީ ކޮޅު ނުވަތަ މިމަހުގެ މުސާރަ އާއި އެކު ދައުލަތުގެ މުވައްޒަފުންނަށް އިނާޔަތު ފައިސާ ދޭން ޖެހޭއިރު، ސަރުކާރު މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތްތައް ދިނުން ދަތިވާ ދަރަޖައަށް ދައުލަތުގެ މާލީ ހާލަތު ގޯސްވެއްޖެކަމުގައި، މާލީ ދާއިރާގެ ކަންކަން އެނގޭ ތަޖުރިބާކާރު ބޭފުޅުން ވަނީ ވިދާޅުވެފައެވެ.

ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި އިރު، ރާއްޖޭގެ އިޤުތިޞާދު އޮތީ ހަލާކުކޮށްލާފައި ކަމަށާއި، ޤައުމު އޮތީ ދަރަނިވެރިވެފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވަމުން ގެންދަވާއިރު، ކުރީ ސަރުކާރުގައި މާލީ ދާއިރާތަކުގައި މަސައްކަތް ކުރެއްވި ބޭފުޅުން ވިދާޅުވެފައި ވަނީ، ދައުލަތުގެ މާލީ ހާލަތު ގޯސްވަމުން ދަނީ، މިސަރުކާރަށް އިޤުތިޞާދު މެނޭޖް ނުކުރެވިގެން ކަމަށާއި، އިޤުތިޞާދީ ގޮތުން އަޅަމުންދާ ގޯސްފިޔަވަޅު ތަކުގެ ސަބަބުން ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.