Advertisement

ކުރީ ސަރުކާރުން ގޯތި ލިބުނު މީހުންނަށް ބިން ކަނޑައިދިނުން ---

06 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބިފައިވާ މީހުންނަށް ރެޖިސްޓްރީ ދޫކުރުމުގެ މަސައްކަތް މިއަދު އަލުން ފަށަނީ

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބިފައިވާ މީހުންނަށް ރެޖިސްޓްރީ ދޫކުރުމުގެ މަސައްކަތް މިއަދު އަލުން ފަށާނެ ކަމުގައި ހައުސިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ހައުސިން މިނިސްޓްރީން ނެރުނު ނޫސް ބަޔާނުގައި ވިދާޅުވީ، ގޯތި ލިބިފައިވާ ފަރާތްތަކަށް، ގޯތި ލިބުނު ކަމުގެ ލިޔުމާއި ގޯތި ރެޖިސްޓަރީ ހަވާލު ކުރުން ކުރިއަށް ގެންދާނީ އަންނަ ބުދަ ދުވަހުން ފެށިގެން ރަސްމީ ކޮންމެ ދުވަހެއްގެ މެންދުރު 2:00 އިން ފެށިގެން އިރުއޮއްސި 6:00 އާ ދެމެދު އެމިނިސްޓްރީން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމުގެ ގޮތުން ބިންވެރިޔާ ސްކީމްގެ ދަށުން، ހުޅުމާލެއާއި ގުޅީފަޅު އަދި ގިރާވަރު ފަޅުން ބިން ހިއްކައިގެން ޖުމުލަ 9003 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން ހުޅުމާލެއިން 1351 ގޯއްޗާއި ގުޅީފަޅުން 2219 ގޯތީގެ އިތުރުން ގިރާވަރުފަޅުން ދޫކުރާ 5433 ގޯތި ލިބޭ ފަރާތްތަކަށް ކަނޑައަޅައި އެފަރާތްތަކަށް ގޯތި ލިބުނު ކަމުގެ ލިޔުމާއި ރެޖިސްޓްރީ ހަވާލުކޮށް، ބިން ކަނޑައި ދިނުމުގެ މަސައްކަތް ސަރުކާރު ބަދަލުވުމާއި ހަމައަށް ކުރިޔަށް ގެންދިޔައެވެ.

މިސަރުކާރު ފެށުނު ފަހުންވެސް ގޯތި ލިބިފައިވާ ބައެއް ފަރާތްތަކަށް ބިން ކަނޑައިދިން ނަމަވެސް، ގޯތި ލިޔުމާއި ރަޖިސްޓްރީ ދޫކުރުން މިހާތަނަށް އޮތީ ހުއްޓާލާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.