Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

02 Feb 2024
ޚަބަރު

މަސްވެރިންނަށް ފައިސާ ނުދީ ހުރިކަމަށް ޝިޔާމް ވިދާޅުވާ ވާހަކަ އަމީރު ދޮގުކުރައްވައިފި

މި ސަރުކާރު ހަވާލުވިއިރު މަސްވެރިންނަށް ދޭންޖެހޭ 250 މިލިއަނެއްހާ ރުފިޔާ ހުރި ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވުމަކީ ކަނޑައެޅިގެން ދޮގެއް ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަމީރު ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފަހު ދުވަސް ކަމަށްވާ ނޮވެމްބަރު 16ގެ ނިޔަލަށް މިފްކޯ އިން މަސްވެރިންނަށް ދައްކަން ޖެހޭ ފައިސާގެ އަދަދަކީ 185 މިލިއަން ރުފިޔާ ކަމަށެވެ.

ވަޒީރު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުން މަސްވެރިންނަށް ދޫކޮށްފައިވާ ފައިސާގެ ތަފްސީލްވެސް ހިއްސާކުރައްވާފައެވެ.

އަމީރު ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓް ފާސްވުމާ އެކު ކުރީ ސަރުކާރުން ފައިސާ ދޫކުރުމުގެ އިންތިޒާމްތައް ހަމަޖެއްސި ކަމަށާއި މަސްވެރިންނަށް ފައިސާ ދޭން މިފްކޯ އަށް 100 މިލިއަން ރުފިޔާ އާ ސަރުކާރަށް ހަމަޖައްސައިދީފައިވާނެ ކަމަށެވެ.

އަމީރު ވިދާޅުވީ މަސްވެރިންނަށް ފައިސާދިނުމަށް ވުރެ، އެހެން އިސްރާފްތައް ކުރާ ނަމަ ފައިސާ ނުދެވޭނެ ކަމަށާއި މިއަށްވުރެ މާ ދަތި ދުވަސްތަކުގައި ވެސް ފައިސާ ދޫކޮށްފައިވާނެ ކަމަށެވެ.

މިހާރުގެ ފިޝަރީޒް މިނިސްޓަރު ޝިޔާމް ވިދާޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ރައީސް މުއިއްޒު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން މިހާތަނަށް 276 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު އަދަދެއް ސަރުކާރުން މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށެވެ. އެ ފައިސާ ދޫކުރީ ރައީސްގެ ވަރަށް ބޮޑު އިސްނެންގެވުމާ އެކު އަދި ސަރުކާރުގެ އެހީތެރިކަން ދީގެން މިފްކޯ އިން ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.