Advertisement

ޒިކުރާ މިސްކިތް އެޅުމުގެ އެއްބަސްވުމުގައި ސޮއެކުރުން --

24 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ޒިކުރާ މިސްކިތް އެޅުން އަނެއްކާވެސް އެސްޖޭ ކޮންސްޓްރަކްޝަނަށް!

މާލޭ މަޖީދީމަގަށް ވާގޮތަށް ހުންނަ މަސްޖިދުލްޒިކުރާ އަލުން އިމާރާތް ކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އަނެއްކާވެސް އެސްޖޭ ކޮންސްޓަރަކްޝަނާއި ހަވާލުކޮށްފިއެވެ.

އެމިސްކިތް އެޅުމުގެ މަސައްކަތް މިއަދު އެސްޖޭ ކޮންސްޓްރަކްޝަނާއި ހަވާލުކޮށްފައި ވަނީ، އެކުންފުނީގެ އަމިއްލަ ޚަރަދުގައި ތިން ބުރިއަށް އިމާރާތް ކުރާ ގޮތަށެވެ.

ރައީސް ޔާމީނުގެ ސަރުކާރުގައި ޒިކުރާ މިސްކިތް ހުރި ބިމުގައި މިސްކިތާއިއެކު 10 ބުރީގެ އިމާރާތެއް އެޅުމަށްވެސް އެސްޖޭ ކޮންސްޓްރަކްޝަނާއި ހަވާލުކުރިއެވެ. އެމަޝްރޫޢު ކުރިޔަށް ގެންދިޔުމަށް ޒިކުރާ މިސްކިތުގެ ކުރީ އިމާރާތް ތަޅާލުމަށްފަހު، އެމަޝްރޫޢުގައި ދިމާވި މައްސަލަ ތަކާއި އެކު މިހާރު އެތަނުގައި އަޅާފައި ހުރީ ވަގުތީ މިސްކިތެކެވެ.

ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް ހަދަށް އެކުންފުންނާއި އެކުވީ އެއްބަސްވުން ބާޠިލްކުރީ އެމްޑީޕީ ސަރުކާރުންނެވެ.

މީގެ އިތުރުން ހުޅުމާލޭގައި އިތުރު ދެމިސްކިތެއް އެޅުމަށްވެސް ދެފަރާތަކާއި މިއަދު ވަނީ ހަވާލުކޮށްފައެވެ. މިގޮތުން ލިސާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި، އަލީމް ފައުންޑޭޝަނާއި މިސްކިތް އެޅުން ހަވާލުކޮށްފައި ވަނީ އެފަރާތްތަކުގެ އަމިއްލަ ޚަރަދުގައި މިސްކިތް ޢިމާރާތްކުރާ ގޮތަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.