Advertisement

ރޭލު އެކްސިޑެންޓްގެ ތެރެއިން ---

06 Jun 2023
ދުނިޔެ

ރޭލު އެކްސިޑެންޓްތައް ހުއްޓުވުމަށް ބޭނުންކުރާ ކަވަޗް ސިސްޓަމާއި މެދު ސުވާލުތަކެއް!

ރޭލުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ތަޢާރަފްކުރި ކަވާޗް ސިިސްޓަމް މަސައްކަތް ނުކުރީ ކީއްވެތޯ އިންޑިއާގެ އާއްމުރައްޔިތުން ސުވާލު އުފައްދަން ފަށައިފިއެވެ.

ފާއިތުވި ދެ ދަހަރުގެ ތެރޭގައި އިންޑިއާގައި ހިންގި އެންމެ ބޮޑު ރޭލު އެކްސިޑެންޓް ޖޫންމަހުގެ ދެވަނަ ދުވަހު ހިނގީ، އޮޑީޝާގެ ބަލްސޯރުގައެވެ. 3 ރޭލު މުޑިއަރައި ހިނގި އެ އެކްސިޑެންޓްގައި، މަރުވި މީހުންގެ އަދަދު 300އަށް ވުރެ މަތިކަމަށް ކަމާއި ބެހޭ ފަރާތްތަކުން ކުރިން ރިޕޯޓްކުރި ނަމަވެސް މަރުވި މީހުންގެ އަދަދު މިހާރު ވަނީ، 270އަށް ދަށްކޮށްފައެވެ. އެހެން ނަމަވެސް އެހާދިސާގައި ޒަޚަމްވި މީހުންގެ އަދަދު 1100އަށް ވުރެ ގިނަ ކަމުގައި އިންޑިއާގެ ނޫސްތަކުން ބުނެއެވެ.

މި ރޭލު އެކްސިޑެންޓް ހިނގާފައި ވަނީ، ފަސިންޖަރުން އުފުލާ ރޭލެއް، މުދާ އުފުލާ ރޭލެއްގައި ޖެހި މުޑިއަރައި، އެވަގުތު އެ ޕްލެޓްފޯމުގެ ޖެހިގެން އޮތް ޓްރެކުން ދަތުރުކުރަމުން ދިޔަ ރޭލެއްގައި ޖެހިގެންނެވެ. ދެރޭލުގައި ތިބި މީހުންގެ އަދަދު 2500 ވުރެ ގިނަ ކަމުގައިވެސް ނޫސްތަކުން ރިޕޯޓްކޮށްފައި ވެއެވެ.

Advertisement

މިއެކްސިޑެންޓް ހިނގަން ދިމާވީ، އިލެކްޓްރިކް ސިގްނަލް ސިސްޓަމަށް ދިމާވި މައްސަލައަކުން ކަމަށް ބެލެވޭކަމަށް އިންޑިއާގެ ކަމާއި ބެހޭ ފަރާތްތަކުން ބުނެފައި ވާއިރު، އެކްސިޑެންޓާއި ގުޅިގެން އާއްމުން ވަނީ ގިނަ ސުވާލުތަކެއް ކުރިމަތިކޮށްފައެވެ.

މިގޮތުން އާއްމުން އުފައްދާ އެންމެ މުހިއްމު ސުވާލަކީ، ރޭލުތައް މުޑިއެރުން ހުއްޓުވުމަށް ބޭނުން ކުރުމަށް މޯދީގެ ފޮޓޯފުޅުޖަހައިގެން އިޢުލާނުކުރި ކަވަޗް ސިސްޓަމް ކޮބައިތޯއެވެ.

އިންޑިއާގެ އިންޖިނޭރުން އުފައްދާފައިވާ އަދި ހަމައެކަނި އިންޑިއާގައި ބޭނުންކުރާ ކަވާޗް ސިސްޓަމް އިފްތިތާހްކުރި ދުވަހު، އިންޑިއާގެ ރޭލްވޭ މިނިސްޓަރު ވިދާޅުވީ، ކަވަޗް ސިސްޓަމަކީ، ރޭލު އެކްސިޑެންޓްތައް ހުއްޓުވައިދޭނެ އޮޓަމެޓިކް ބްރޭކް ސިސްޓަމެއް ކަމަށެވެ. މިގޮތުން އެ ޓްރެކްގައި ދެ ރޭލެއް ގާތްވަމުން އަންނަ ނަމަ، ޑްރައިވަރު ބްރެކި ނުޖެއްސިޔަސް ކަވާޗް ސިސްޓަމުން އޮޓެމަޓިކްއިން ބުރެކި ޖައްސައި ރޭލުގެ ދުވެލި ހުއްޓުވާނެ ކަމުގައި އޭނާ ވިދާޅުވެފައިވެއެވެ.

އިންޑިއާގެ އާއްމުން ދަނީ ތިން ރޭލެއް ޖެހި އެކްސިޑެންޓްވި އިރު، އެއްވެސް ރޭލެއްގެ ކަވަޗް ސިސްޓަމް މަސައްކަތް ނުކުރީ ކީއްވެތޯ ސުވާލު އުފައްދާފައެވެ. އަދި ކަވަޗް ސިސްޓަމަކީ، ވުޖޫދުގައިވެސް ނެތް އެއްޗެއްތޯ އަދި އެއީ އޮޅުވާލުމެއްތޯވެސް ބައެއް ފަރާތްތަކުން ސުވާލު އުފައްދާފައިވެއެވެ.

އިތުރު އާޓިކަލް
02 Oct 2023
ޚަބަރު
އެންމެ ބޮޑު ހިތްހަމަޖެހުމަކީ ހެޔޮ ވެރިކަމެއް ކޮށްދެވުން: ރައީސް
ފާއިތުވި ފަސް އަހަރު ހެޔޮވެރިކަމެއް ކޮށްދެވިއްޖެ ކަމުގެ އިހްސާސް ކުރެއްވޭ ކަމަށާއި އެއީ ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވެފައިވަނީ މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ.
02 Oct 2023
ޚަބަރު
ޤާނޫނީ ހުރަހެއް ނެތްނަމަ ނޮވެމްބަރ 11 ގައި ވެރިކަން ބަދަލުވާނެ: ރައީސް
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ނޮވެމްބަރު 11 ވަނަ ދުވަހު ބަދަލުކުރުމަށް ޤާނޫނީ ހުރަހެއް ނެތްނަމަ އެގޮތަށް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
02 Oct 2023
ޚަބަރު
އިންތިހާބުގެ ދާއިމީ ނަތީޖާ އާދިއްތަ ދުވަހުގެ ކުރިން އިއުލާންކުރާނެ: އީސީ
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ، މިމަހުގެ 8 ވަނަ ދުވަހުގެ ކުރިން އިޢުލާންކުރައްވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. ވަގުތީ ނަތީޖާ އަދި ޖުމްލަ ނަތީޖާ އިޢުލާންކޮށް މިހާރު ވަނީ ނިމިފައެވެ.
02 Oct 2023
ޚަބަރު
ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ހަވާލުކުރުން ކުރީގެ ސީއެޗްއެސްއީ އިމާރާތައް
މާލެއިން ގޯތި ލިބުނު މީހުނަށް ރަޖިސްޓްރީ ހަވާލުކުރުން އަންގާރަ ދުވަހުން ފެށިގެން ކުރިއަށްދާނީ ކުރީގެ ސީއެޗްއެސްސީ ޢިމާރާތުގައިކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން ވިދާޅުވެއްޖެއެވެ. މި މަސައްކަތް މިހާތަނަށް ކުރިއަށްގެންގޮސްފައިވަނީ ހުޅުމާލޭގައި ހުންނަ ސިންތެޓިކް ޓްރެކްގައެވެ.