Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު --

20 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ވީއެންމެ އަވަހަކަށް ބަލި މީހުން އުފުލުމުގެ އުސޫލެއް ކަނޑައަޅައި އަމަލުކުރުމަށް އައިއޭއެސްއަށް ރައީސް އަންގަަވައިފި

ގއ. ވިލިނގިލި ހޮސްޕިޓަލުން އައިޖީއެމްއެޗަށް ރިފަރކުރި އުމުރުން 13 އަހަރުގެ ކުޑަކުއްޖަކު، ނިޔާވުމާއި ގުޅިގެން، ވީ އެންމެ އަވަހަކަށް ބަލިމީހާ ގެނެސްދިނުމަށް އިސްކަން ދިނުމުގެ އުޞޫލެއް ކަނޑައަޅައި، އެގޮތަށް އަމަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ މޯލްޑިވިއަން ހިންގާ އައިއޭއެސްއަށް އަންގަވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، ބަލި ޙާލަތެއް މެދުވެރިވެގެން، އިތުރު ފަރުވާ ދިނުމަށް، ވައިގެ މަގުން ބަލި މީހަކު ގެނެސްދޭންޖެހޭ އެއްވެސް ޙާލަތެއްގައި، އާސަންދަ ފަދަ އިދާރާތަކުން ކަންކަން ހަމަޖެހެންދެން މަޑުނުކުރައްވައި، ޞިއްޙީ ފަރުވާދޭ ތަނަކުން އެފަދަ ކަމަކަށް އެދުމާއެކު، ވީ އެންމެ އަވަހަކަށް ބަލިމީހާ ގެނެސްދިނުމަށް އިސްކަން ދިނުމުގެ އުޞޫލެއް ކަނޑައަޅައި، އެގޮތަށް އައިލެންޑް އޭވިއޭޝަނުން އަބަދުވެސް ޢަމަލުކުރަމުން ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު އެދިވަޑަިއިގެންފައި ވާކަމަށެވެ.

އަދި ކުޑަކުއްޖާ ނިޔާވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ އެކުއްޖާގެ އާއިލާއަށް ތަޢުޒިޔާ ފޮނުއްވާފައެވެ.

އާއިލާއިން ތުހުމަތު ކުރާ ގޮތުގައި މިއަދު ކުއްޖާ ނިޔާވީ، ފަރުވާއަށް މާލެ ގެނައުން ލަސްވުމާއި ގުޅިގެންނެވެ. ޖެނުއަރީ 18 ވަނަދުވަހުގެ ރޭ ފަތިހު 5:03ގައި، ގއ. އަތޮޅު ހޮސްޕިޓަލުން އެމާޖެންސީ ކުއްލަި ހާލަތުގައި، އައިޖީއެމްއެޗަށް ރިފަރކުރި ކުޑަކުއްޖާ، އާސަންދަ މެދުވެރިކޮށް މާލެ ގެނެވުނީ، އެދުވަހުގެ ހަވީރު، 17:15 ގައެވެ. އާސަންދަ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި ކުއްޖާ މާލެ ގެނައުން ލަސްވެގެން ދިޔައީ ޓެކްނިކަލް މައްސަލައެއް ދިމާވެ، ދެވަނަ ފަހަރަށް ފްލައިޓެއް ޗާޓަރުކޮށް ފޮނުވަން ޖެހުމުގެ ސަބަބުންނެވެ.

ފަރުވާއަށް މާލެ ގެނެވުނުލެއް ލަސްވި، އަދި ފަރުވާ ދެމުން ދަނިކޮށް މިއަދު ނިޔާވި ކުޑަކުއްޖަކީ، ގއ. ވިލިނގިލީ، ޕެންޒީއާގޭ، މުޙައްމަދު ޖާހު ޚާލިދު (13އ)އެވެ.

މީގެ ކުރިން އެމާޖެންސީ ކުއްލި ހާލަތުގައި ބަލި މީހުން އެތަނުން އަނެއްތަނަށް އުފުލަމުން ދަނީ، އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކޮށްފައިވާ، ޑޯނިއަރ މަތިންދާ ބޯޓާއި، ހެލިކޮޕްޓަރު ތަކުގައެވެ. އެހެން ނަމަވެސް އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތާއި އެކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމުގެ ހުވާކުރެއްވުމާއި އެކު އެއުޅަނދުތައް ބޭނުންކޮށްގެން ބަލި މީހުން އުފުލުމާއި، ސާރޗް އެންޑް ރެސްކިއު އޮޕަރޭޝަންސްތަކުގައި އެއުޅަނދުތައް ބޭނުން ކުރުން ވަނީ ހުއްޓާލާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.