Advertisement

މޯލްޑިވިއަންގެ ފްލީޓް -- ފޮޓޯ: ނޫން.އެމްވީ

20 Jan 2024
ޚަބަރު

ވިލިނގިލިން 13 އަހަރުގެ ކުއްޖާ މާލެ ގެނައުން ލަސްވީ ޓެކްނިކަލް މައްސަލައެއް ދިމާވުމުން: އާސަންދަ

މިއަދު ނިޔާވި، ގއ. ވިލިނގިއްޔަށް ނިސްބަތްވާ އުމުރުން 13 އަހަރުގެ ކުޑަކުއްޖާ އިތުރު ފަރުވާއަށް މާލެ ގެނައުން ލަސްވީ، ފްލައިޓަށް ޓެކްނިކަލް މައްސަލައެއް ދިމާވެ ޕްލޭން ކުރި ގޮތަށް ކަންކަން ނުދިޔުމުން ކަމުގައި އާސަންދަ ކުންފުނިން ބުނެފިއެވެ.

އާސަންދަ ކުންފުނިން މިރޭނެރުނު ބަޔާނެއްގައި ވަނީ، އުމުރުން 13 އަހަރުގެ ކުއްޖާ އިތުރު ފަރުވާއަށް މާލެ ގެނައުމުގެ ކަންކަން ކުރިޔަށް ދިޔަ ގޮތް ހާމަކޮށް ބަޔާނެއް ނެރެފައެވެ.

އެބަޔާނުގައި ބުނެފައި ވަނީ، ގއ. ވިލިނގިލީގައި ހުންނަ، ގއ. އަތޮޅު ހޮސްޕިޓަލްްގައި އޮތް ހާލު ބޮޑު ބަލިކުއްޖަކު މާލެ ފޮނުވުމަށް އެހޮސްޕިޓަލުން އާސަންދަ ކުންފުންޏަށް ރިކުއެސްޓް ކުރީ، ޖެނުއަރީ 18 ވަނަ ދުވަހުގެ ރޭ ފަތިހު 5:03 ގައި ކަމަށެވެ. އެރިކުއެސްޓް ލިބުމުން 12 މިނިޓް ތެރޭގައި ފަތިހު 5:19ގައި ރިކުއެސްޓް އެޕްރޫވްކޮށް އެންމެ އަވަހަށް ފްލައިޓެއް ލިބެން އޮތް ގޮތެއް ބެލި ކަމަށެވެ. މިގޮތުން އެންމެ އަވަހަށްވެސް ކޫއްޑޫއިން މަލެ އަންނަ ފްލައިޓެއް އޮތީ، އޭގެ އަނެއް ދުވަހުގެ ފަތިހު 5:55ގައި ކަމަށްވާތީ، ޝެޑިއުލް ފްލައިޓެއް ހަމަޖެއްސުމުގެ މަސައްކަތް ކުރެވުނު ކަމަށެވެ.

މިގޮތުން އެދުވަހުގެ ހެނދުނު 14:55ގައި ކޫއްޑޫއަށް ޗާޓަރ ފްލައިޓެއް ފޮނުވުމަށް އަދި 16:20 ގައި އެފްލައިޓް މާލެ އާދެވޭނެކަމަށް މޯލްޑިވިއަނުން ޝެޑިއުލް ދީފައި ވަނިކޮށް، އެއަށްވުރެ އަވަހަށް މާލެއިން، ކައްދޫއަށް އަންނަ ޝެޑިއުލް ފްލައިޓްގައި ޖާގަ އޮތް ކަމަށާއި، އެފްލައިޓް ކޫއްޑޫއަށް ޑައިވާޓް ކުރެވިދާނެކަން ކޫއްޑޫ އެއާޕޯޓުން މައުލޫމާތު ދިންކަމަށް އާސަންދަ ކުންފުނިން ބުންޏެވެ. އެހެން ނަމަވެސް އެންމެ ފަހު ވަގުތު ޓެކްނިކަލް މައްސަލައެއް ދިމާވެ، އެގޮތަށް އެދަތުރު ހަމަނުޖެހުމުން، އަނެއްކާ އަލުން ފްލައިޓެއް ޗާޓަރުކޮށްގެން ކޫއްޑޫއިން ބަލިމީހާ މާލެއަށް ގެނެވުނީ، ހަވީރު 17:15 ގައި ކަމަށް އާސަންދައިން ބުންޏެވެ.

އާސަންދައި ނެރުނު ބަޔާނުގައިވާ މައުލޫމާތަށް ބަލާއިރުވެސް، 13 އަހަރުގެ ކުޑަ ފިރިހެންކުއްޖާ އިތުރުފަރުވާއަށް މާލެ ގެނައުމަށް 12 ގަޑިއިރާއި 12 މިނިޓް ހޭދަވިއެވެ.

އާއިލާއިން ތުހުމަތު ކޮށްފައިވާ ގޮތުގައި ކުއްޖާ ނިޔާވީ އިތުރު ފަރުވާއަށް މާލެ ގެނައުން ލަސްވުމުގެ ސަބަބުންނެވެ. ނިޔާވި ކުއްޖާގެ ޖަނާޒާ މިރޭގެ މަޣުރިބު ނަމާދަށް ފަހުގައި ވަނީ، ހުޅުމާލެ ސަހަރާގައި ބާއްވާފައެވެ.

އާސަންދަ ކުންފުނިން ނެރުނު ބަޔާނުގައި ވަނީ، ނިޔާވި ކުޑަކުއްޖާގެ އާއިލާއަށް ތަޢުޒިޔާ ފޮނުވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.