Advertisement

ފޮޓޯ: ހާރިޖީ ވުޒާރާ

20 Jan 2024
ޚަބަރު

ފަލަސްތީނުގެ ރައްޔިތުންނަށް ރައްކާތެރިކަމާއިއެކު ދިރިއުޅުމުގެ ހައްގު ލިބެޖެހޭ: ޚާރިޖީ ވަޒީރު

އިސްރާޢީލުން ލާއިންސާނީ ހަމަލާތައް ދެމުންދާ ފަލަސްޠީނުގެ ރައްޔިތުންނަކީ، ރައްކާތެރިކަމާއި ތަނަވަސްކަމާއެކު ދިރިއުޅުމުގެ ފުރިހަމަ ހައްޤު ލިބިގެންވާ ބައެއް ކަމަށާއި، ދިވެހިން އަބަދުވެސް ފަލަސްޠީނުގެ ރައްޔިތުންނާއި އެއްކޮށް ތިބޭނެކަމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ނަން-އެލައިންޑް މޫވްމަންޓް، ނާމްގެ 19 ވަނަ ސަމިޓްގެ މިނިސްޓަރުންގެ ބައްދަލުވުމުގައި ތަޤްރީރު ކުރައްވަމުންނެވެ.

ޚާރިޖީ ވަޒީރު ވިދާޅުވީ މިޒަމާނުގައި ދިމާވާ ދަތި އުނދަގޫތަކާއި ހަނގުރާމައިގެ ބިރުވެރިކަމުގެ ތެރޭގައި ދިރިއުޅެމުންދާ، ޚާއްސަކޮށް ފަލަސްޠީނުގެ ރައްޔިތުން، އެމީހުންގެ ކަރާމާތް ހިމާޔަތްކޮށް ތަނަވަސް ދިރިއުޅުމެއް އުޅެވޭނެ ހާލަތަކަށް ގެނުވަންޖެހޭކަމަށެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި ހާލުގައި ޖެހި ބޮޑެތި ގޮންޖެހުންތަކާއި އަނިޔާތައް ތަޙައްމަލު ކުރަމުންދާ ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދީ، އެޙާލަތުން އެ ޤައުމުތަކުގެ ރައްޔިތުން ސަލާމަތްކުރުމުގެ ޢަޒުމުގައި އުންމީދާއެކު ކުރިއެރުން ގެންނަން މަސައްކަތްކުރާއިރު، ދުނިޔޭގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ދުޝްމަނުން ކުރިމަތިކުރުވާ ގޮންޖެހުންތަކުގެ ސަބަބުން ބިރުގަނެ، ބަލިކަށިކަން އިހުސާސްވި ކަމުގައިވިޔަސް އެކަން ކުޑަކަމެއްގެ ގޮތުގައި ބަލައިގަނެގެން ނުވާނެކަމަށާއި، އަނިޔާ ލިބެމުންދާ މީހުންގެ ހައްޤުގައި އެމީހުން ސަލާމަތްކުރުމަށް ފުރިހަމަ އެއްބާރުލުމާއި ސަމާލުކަން ދޭންޖެހޭ ކަމަށް ޚާރިޒީ ވަޒީރު ވިދާޅުވިއެވެ.

ނާމްގެ 19 ވަނަ ސަމިޓަކީ ޖުމްލަ 120 މެންބަރު ޤައުމު ހިމެނޭ ސަމިޓެކެވެ. ނާމް ސަމިޓް ރަސްމީކޮށް ފަށާފައިވަނީ 1961 ވަނަ އަހަރު ޔުގަސްލަވިއާގެ ބެލްގްރޭޑުގައެވެ. މިފަހަރުގެ ނާމް-19 ވަނަ ސަމިޓް ކުރިއަށްދަނީ ޔުގަންޑާގެ ވެރިރަށް ކަމްޕާލާގައެވެ. ސަމިޓްގެ ތީމަކީ "Deepening Cooperation for Shared Global Affluence" މިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.